ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޒައިދު އަލީ ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޝައިޚް ޒައިދު ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ތަހުގީގަކަށް އޭނާ ފުލުހަށް ހާޒިރުވުމަށް، ފުލުހުން އަންގާފައިވާކަމަށެވެ.

"ދެއްކި ވާހަކަ އެހެރީ ޓްވިޓާގައި. އޭގެ އިތުރުން މީސް މީހުން އަޅުގަނޑޭ ކިޔައިގެން ރޯ ބުހުތާނު ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު އެކަމަށް ފިޔަވަޅު ނާޅުއްވައި، ހާޒިރު މި ކުރަނީ އަޅުގަނޑު". ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޝައިހް ޒައިދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ނޭގެއެވެ.

ޝައިހް ޒައިދަކީ، އެ އިރެއްގެ ހަލަތާއި ގުޅޭގޮތުން އާއްމުގޮތެއްގައި ދީނީ ނަޒަރަކުން އެކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާ ބޭފުޅެކެވެ.

މިކަމާ ގުޅިގެން އާއްމުން ގެންދަނީ ކަންބޮޑުވުމާއި ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން، މިއީ މިހާރުގެ ސަރުކާރުން، ދީނީ ޢިލްމުވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައިވެސް ދަނީ އެތައް ބަޔަކު ސިފަކޮށް، އެވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ އަލީ

    ނަންވާނީ ރައީސް ޔާމީނު!

  2. ޜަނާ

    ތިޔަކަހަލަ ހުރިހާ ކަމެއްވެސް ކުރިއަށް އޮތްތަނުގަ އިތުރަށް ފެންނަމުން ދާނީ ރަސޫލާ ދުޢާ ދެއްވާފަވާ ބޭފުޅެކޭ އިލްޔާސް ބުނިއިރު އިލްޔާސަށް ރަގަޅަށް މިބައި މީހުންނަކީ ކިހާ ވަރެއްގެ ކޮންގޮތަކަށް އުޅޭ ބަޔެއް ކަމެއްވެސް ނޭނގުނީތީ އަޖައި ބެެއް ނުވޭ އެކަމަކު ވަކި މީހަކުދެކެ އައި ރުޅީގައި ކްލަބްތަކަށް ގޮސްއުޅޭ .މީހަކަށް ވަލީވެރިއެއްގެ ދަރަޖަ ދިނީމަ އަޖައިބުވަން

  3. Anonymous

    ހައްހައްހައްހާ ހަމަ ބަރާބަރު!

  4. އިންސާފު

    ރައްޔިތުން ބޭނުންވި ބަދަލު ނޫން ތޯ މީ؟

  5. Anonymous

    ލާދީނީ ޖަޒީރާ

  6. ޢަލީ

    އަދިވެސް ބުނާނެ ދީން ހިމާޔަތްކޮށް ދީނީޢިލްމުވެރިންނަށް މިނިވަންކަން ދޭނެޔޭ. ތިއޮތީ ބޯން އުޅުނު ބޮޑި ބޮވިފަ..

  7. Aniya

    ? dhoonukuraathi

  8. ގަމާާރު

    ބިރު ދައްކާ ބަޔަކީ މިއީތަ ނޫނީ ފުލުހުންތަ؟

  9. ކެޔޮޅު

    މިއީ ހަމަރަނގަޅައްވެސް ލާދީނީ ސަރުކާރެއް ދީނައް ފުރައްސާރަކުރާނެ އަލްމުވެރިންނައް މަލާމާތާއި ޖެއްސުން ކުރާނެ ބޭނުމަކީ ދީން ބަލިކަށިކޮއްލުން އެއީ ޔަހޫދީންގެ މޮޱޯއެއް!!

  10. ޢަޒާ

    ޥެރިކަން ބަދަލުކުރަން ވޯޓުއެޅި މީހުންންނަށް މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފަ،

  11. ކުރަަފި

    ކަލޭމެން ދީން ހިމާޔަތްކޮށްގެން އެންމެން ގޮވައިގެން އަރާ މިސްކިތްތަކުގައި ތިބެން ވެއްޖެއެއްނު؟

    • ޙަޖަމް

      ޙަޖަމް ނުވަންޔާ ބޭކާރު ވާހަކަ ނުދައްކަ ގޭގަ އޮވެބަލަ.. ދީނަށް ކުރަފި ނާރުވަ