ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމް ފަދަ ވަރުގަދަ ސިޔާސީ ލީޑަރަކަށް، އޭނާގެ އަނބިކަނބަލުން، އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވެވަޑައިގަންނަވަމުން އަންނަކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މުއައްސިސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަދުރޭ މިހެން ވިދާޅުވީ މިއަދު ޕީއެންސީ އިން ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައެވެ.

"އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހިމް ކަހަލަ ވަރުގަދަ ލީޑަރަކަށް ހަމަ ނަހުލާ ވެވަޑައިގަންނަވާތަނޭ މި ފެންނަނީ." އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އަދުރޭ ވިދާޅުވީ ފެންނަމުންދާ މަންޒަރަކީ ކުރީގެ ސަރުކާރުތަކުގައިވެސް މިނިސްޓަރުކަން ކޮށްފައިވާ ފަރާތްތައް ނަހުލާގެ އަރިހުގައި ހިފަހައްޓައި ނުލެވިގެން އުޅޭ މަންޒަރުކަމުގައެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ވަރުގަދަ މިނިސްޓަރަކަށް ވެވަޑައިގަންނަވާނީވެސް ނަހުލާކަމަށް ޤަބޫލު ކުރެވޭކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރައްވާފައި ތިއްބެވި ވަޒީރުންނަށް އެކަމަނާ ކައިރީ ހިފަހައްޓާ ނުލެވިގެން އެ އުޅެނީ. މި ސަރުކާރުގެ އެންމެ ވަރުގަދަ ވަޒީރަކަށް އަޅުގަނޑު ގަބޫލުކުރަނީ ޓްރާންސްޕޯޓު މިނިސްޓަރު" އަދުރޭ އިތުރަށް ވިދާޅުވިއެވެ.

މި ސަރުކާރަށް ތަރައްޤީގެ މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭކަމަށް އަދުރޭ ވިދާޅުވިއިރު ސަރުކާރަށް މިހާތަނަށް ހިންގުނު ތަރައްޤީގެ މަޝްރޫޢުތަކަކީ ތަންތަނުގެ ނަން ބަދަލުކުރުމާއި ފޯރަމް ބޭއްވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ރާއްޖޭގެ ތަންތަން ޖަޒީރާ ތަންތަނަށް ބަދަލުކުރުންވެސް ހިމެނޭ.

  2. ޙައްވަ

    ޢަދުރޭ ވައިޖަހަނީ????

  3. عبدالله

    ނަހުލާ އަދާކުރައްވާ ވަޒީރުކަމަކީ، މިސަރުކާރުގައި އަދާކުރައްވާ ވަޒީރުކަމަކަށްވާނަމަ، ނަހުލާ ކުރައްވާ ކަންތައްތައްވެސް ވާންޖެހޭނީ މިސަރުކާރުން ކުރައްވާކަންކަމަށެވެ. ނަހުލާގެ މަސައްކަތަށް ހިތްވަރު ދެއްވުމަކީ، މިސަރުކާރުގެ މަސައްކަތަށް ހިތްވަރު ދެއްވުމެވެ.