ވެރިކަން ލިބުމުން މަހުޖަނުން މިހާރު ގޯސްވެއްޖެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް މިރޭ ފާޑުވިދާޅުވެއްޖެއެވެ.

މިރޭ ޖޭޕީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ "ރާއްޖޭގެ މައްސަލައަކީ ފައިސާ ބަހާ މަހުޖަނު" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދުދެއްވާފައެވެ.

ގާސިމް ވިދާޅުވީ މަހުޖަނުން ހުރިހާ ކަމެއް ބޭނުން ވަނީ ކަމަށް މިހާރު އެބަވިދާޅުވާ ކަމަށެވެ. އެހެން ވިދާޅުވާއިރު ކަންތައްތައް ހަވާލު ކުރަންވީ އެއްވެސް ޒިންމާއެއް ނެތް މީހުންނާތޯ ގާސިމް ތަކުރާރުކޮށް ސުވާލު ކުރެއްވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ ނަމަވެސް ނަޝީދަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ "(އެއީ) ލިބިފައިވާ އަނބިދަރިން ވެސް ބަލަން ނުޖެހޭ މީހެއް" ކަމަށެވެ.

"ލިބިފައި ތިބި އަނބިދަރިން ވެސް ބަލަން ނުޖެހޭ ހާލަތުގައި ހުންނަ މީހަކު ދެން ގައުމު ރަނގަޅު ކުރަން ކުރާނީ ކޮންކަމެއްތޯ؟ އޭނާގެ އަމިއްލަ ނަފްސު އެންޖޯއީ ކުރުން ފިޔަވައި ދެން ކޮންކަމެއްތޯ އޭނާ ކުރާނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމުގެ އިންޖީނަކީ ޕްރައިވެޓް ސެކްޓަރާއި ވިޔަފާރިތައް ކަމަށެވެ.

"ބޭނުންހާ ބާރެއް ލިބުނީ މިކަންކަން ކުރަން ތިބި މީހުން ގޯސްވެއްޖެ. މިއަދު ވިލާ ވެސް ގޯސް. ޗަމްޕާ ވެސް ގޯސް. އެމްޔޫ މަނިކު ވެސް ގޯސް. ޔުނިވާސަލް ވެސް ގޯސް. ހުރިހާ ރިސޯޓެއް ވެސް ގޯސް" ގާސިމް ވިދާޅުވިއެވެ.

ކަންތައް ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ކަމަށް ވަކި ބޭފުޅަކު ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ ހަޤީޤަތެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ނަޝީދަށް 2008 ގައި ވެރިކަން ލިބިވަޑައިގަތުމުން ކަންކަން ކުރެއްވި ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ފަހަރު ކަމެއް ރަނގަޅަށް ކުރެވުނު ނަމަ އެކަމުގެ 50 ޕަސެންޓް ހިއްސާ ވަނީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އެހެންވެ، އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭ ނަމަ ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވުން އެއީ ވަރަށް ހައިރާންވާ ވާހަކަފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އޮޅުވާލަން، ވަކި ޕާޓީ އަކަށް މެޖޯރިޓީ ނުލިބުނިއްޔާ، އާދެ އެމްޑީޕީ އަށް މެޖޯރިޓީ ނުލިބުނިއްޔާ މި ސަރުކާރެއް ނޯންނާނެއޭ. އެވެނި ކަމެއް ނުކުރެވޭނެއޭ. މިވެނި ކަމެއް ނުކުރެވޭނެއޭ. މި ދައްކަނީ ކޮން ވާހަކައެއްތޯ؟،" ގާސިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ވާނުވާ

    މިޤައުމުގެ ޤައުމީހަލާކަކީ {މޭސްތިރިޔަކީ} މަހުޖަނު ޤާސިމް

    • Anonymous

      ދެފަހަރަށް ކަށި ޖެހިއިރުވެސް ނޭނގުނު މީހަކަށް ދެން އެނގޭނީ ކޯންޗެއް. 2008 އިން 2012 އަށް މިގައުމު ދުއް އަނދިރި ކަމަށްވުރެ އެތަށް ގުނައެއް ބޮޑު އަނދި ކަމެއްގެ ތެރެއަށް ގައުމު ވައްޓާލުމުގައި 75 ޕަސެންޓު ހިއްސާ ކުރަނީ ގާސިމް. ދެންވެސް ކަމެއް ކުރަންޏާ މިގައުުމު މިހަލާކުން ސަލާމަތްކޮށްދީ. ގާސިމަށް ވެރިކަންވެސް ދީފާނަށް. އަހަރެމެން ބޭނުމީ މިނިވަންކަމާ އިސްލާމީ ނޫރު މިގައުމުގައި އޮތުން.

  2. ރައްޔިތުމީހާ

    ހައްގު މިންވަރަކީ ހަމައެކަނި މޑޕ އަށް ލިބެންވާ އެއްޗެއްނޫން.
    ގާސިމް އަށް ލިބެންވީ ހައްގު މިންވަރު ހޯދުމަށް ތެދުވޭސޭޓު.
    އަހަރެންނަކީ ޔާމީން އަށްތާއީދު ކުރި މީހެއް އެކަމަކުވެސްކެރި ހުރެ މި ބުނަނީ ވީހާލެއްގައި ރައްޔިތުން ގޮވައިގެން އުޅުނީ ގާސިމް އިބްރާހީމް . އަންނި އެއް ނޫން

    • ފަޔާޒް

      ގާސިމަށް ހައްގުވަނީ ޖަލު

  3. ހަދިީޖަާ 16 ގަނަވަރިީ

    ގަަާސިމް އައް ހިީވެޭކަމެއް ހެން އަދިމިކަހަލަ ކިތައްމެ ވަާހަކަ އެއްދައްކަާނެ މަމެން ތިބެޭނައް
    ކުލިބަލަން

  4. ބަލާބޮޑު

    ޢަދިކިރިޔާ މަނިކުފާނައް ތިޔަވިސްނެނި. ޜައްޔިތުންނެވެ. ޢަންނި އަކީ މިދިވެހި ގައުމައް ހުރި ބޮޑު ބަލާއެ ރައީސް ސޯލިހުއައް ގޮވާލަން މިކަލޭގެ ހިފާ ހައްރުކޮއް ކައްޓަލަފުށިކީ ޖަޒީރާ އައް މިކަލޭގެ ފޮނުވާލުމައް އޭރުން މިބާއިން މިގައުމް ސަާމެއްވާނި

  5. އެދުރު

    ކުރިން ވެސް އެނގޭ ނަޝީދު ހުރިހާ ކަމެއް ފަނިކުރާނެކަން ، އިބޫގެ އެއްވެސް ބާރެއް ނެތް ، މެޖޯރިޓީ ނަގައިގެން ބޮޑު ވަޒީރަށް ވާން އުޅޭ މީހެއް އަންނި އަކީ ، އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ދޭން ހެޔޮނުވާނެ

  6. ޚޮސް

    ތާއީދެއް ނެތަސް ޖެހޭ ދޯ މަޖްލިހުގެ ގޮނޑިތަކެއް ލިބެން. ޕާޓީ އެއްގެ ރައީސް އެޕާޓީ އަށް ތާއީދު ހޮދަން މަސައްކަތް ކުރީމާ ކޮން ... ކޭ ކިޔނީ، އަމިއްލަ ޕާޓީ އަށް ގޮނޑި ހޯދީމާ ނިމުނީނު ، ކަލެއަކަށް ނޫޅެވޭނެ. ޥެރިކަން ނިލިބޭ ކޯލިޝަނެއްގާ. ޢަވަހަށް ނުކުމޭ ބަޣާވާތަށް

  7. މަހުޖަނު

    އެމްޑީޕީއަށް މަޖްލިސް މެޖޯރިޓީ ދީގެން ނުވާނެ.

  8. ޖިންނި

    އަންނި އެއީ މުނާފިގުކަން ބޮއްސުންލާފަހުރި މީހެއް

  9. ރައްޔިތު ހަސަނު

    ނަށީދު އެބުނަނީ އިންކަމްޓެކްސް ވާހަކަ ތިޔައިން އެއްވެސް ވިޔަފާރި ވެރިއަކު އެކަން ކުރަން އެއްބަސް ނުވާނެ ވާހަކަ، ވީމާ ރައްޔިތުމީހާ ގުނބޯހައްދަން ނޫޅުއްވާ

  10. Anonymous

    ނަށީދެއް ކަމަކު އެކަހަލަވާ ހަކަނުދައްކަވާ އަވަހައް ގައުމާއިގެން ކުރިޔައް އެކަތިގަނދަކަށްވެ ތިބެ ދިއުން ރަނގަޅު ކަމަށްފެނޭ.....

  11. ލޮލް

    ރައީސް ޔާމީނު ކުރިޔަސް ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކަށް، ގާސިމް ހިފައި ހައްޔަރު ކުރަން މާބޮޑަށް ވެސް ލސްވެސް ވެއްޖެ.

  12. ޔާމިން

    ސާބަހޭގާސިމް އެބުނާގޮތެއްނުވާނެ

  13. ޢާން

    އަތަށް ގޮވަނީ???.... ސޭޓް ހާޑު ވެއްޖެ. ދެން އަތްޖަހާ???

  14. ށަކުވާ

    މިހުރިހާވެސް މައްސަލައަކީ ރައްޔިތުމީހާއަށް ނޭނގި ޕާޓީތަކުން ކެމްޕެއިނަށް ލާރިހޯދުން. މިގޮތަށްލާރި ދިނަސް ވޯޓުލާ އެއްކަލަ ރައްޔިތުމީހާއަކަށް މިކަމެއް ނޭގޭ.
    ދެން މިހާރު މަހުޖަނު މެން ހިތުޖެހޭ ގޮތް މުޅިންވެސް ވާނީ.
    މާރީތި އަންބަކު ލިބިގެން ހިނގާހާތަނަކަށް އެމަންޖެ ގޮވައިގެން ދިޔަޔަސް ދެންތިބި އަނބިންގެ މިންވަރަކީ ފައިސާގެ އުފާ. ޥީއިރު ވައްބަހުން ނަޝީދަށް ގޮވާނެ ކަމެއްނެތް. ޢޭނަ ނޫޅޭ އަންހެނުން ތަބަކަށް ލައިގެން މެޑަމް ފާތުމަ ކިޔަމުން މެޑަމް އައިޝާގޮވަމުން.

  15. ދޮންބެ

    މަހުޖަނުންގެ ވާހަކައެއް ބުނާއިރަށް މަނިކުފާނަށް ތިޔަ ވާގޮތަކުން ހަމަ އަންތަރީސްވެއްޖެ، އާނ ފަހެ، އެންމެފަހުން ހިސާބުޖެހިއިރުވެސް އެންމެ ލޯބިފުޅުވާ އަނބިކަބަލުން، އަދި ކުދިންގެ މަންމަގެ މިލްކިއްޔާތުގައި އެންމެ 2000 ރުފިޔާ، ގައިމު ކަމެއް ފޮރުވުން ނޫންކަމެއް އޮތް ހެނެއް ހިއެއްނުވޭ، ކޮންމެ ވެރިކަމެއް އަޔަސް މަނިކުފާނަށް ބައިވަރުތަކެއް ނުލިބެންޏާ އެ ބަޔަކު ކަމަކު ނުދޭ، މަޖިލީހުގައި މިހާރު ތިއްބެވި އެއްވެސް މެންބަރަކު އިތުރު ދައުރަކަށް ހޮވާކަށް ނުފެނޭ، މި ނިމިދާ ދައުރަކީ މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާއިން މިލިއަނުން މުސާރަ ނެންގެވި ޖާހިލު މެންބަރުން ތަކެއް. މިކޮމެންޓް ޖަހާދޭތި ޕްލީސް

  16. Miadhu

    މިގައުމުގެ ނިކަމެތި ފަޤީރުންނަށްވުރެ ސިޔާސީ ލީޑަރުންކަމަށް ހެދިގެންއުޅޭ މަހުޖަނުންނާއި ޢިލްމުވެރިންނާއި ޝަރަފްވެރިން މާބޮޑަށްވެސް ގޯސް ގައުމުގެފޮޓޯ ރަޢިއްޔަތުންނަށް ދައްކައިގެން އެވެރިންގެ100% މަސައްކަތް ބިނާކުރެވިފައި އޮންނާނީ އަމިއްލަނަފްސުގެ ޖާހުމަތިކުރުމަށް

  17. ޖޮއްބެ

    އަލްޙަމްދު ލިﷲ. ތިޔައީ ނިޢުމަތަށް ޝުކުރު ނުވެވޭ މީހުންނަށް ލިބޭނެ އެއްމެބޮޑު އިނާމު. އަދި ތިޔަކަން ތިޔަހެންވާނެކަން ގާސިމަށް ހެޔޮއެދޭ ކިތައްމެ ބަޔަކު ގޮވާ އިލްތިމާސް ކުރަމުންދަނިކޮށް، ރައީސް ޔާމީނާ ވަކިވެގަނެ މައުމޫނު ގޮވައިގެން ލާދީނީންގެ ފަޅިއަށް އެރީ. މިއަދު ދެން ތިޔަވާހަކަ ދައްކާނެކަމެއް ނެތް. މިހާރު ތިޔަހަރީ ކުރިންވެސް ކަށިޖެހި ލާދީނީ ހޮރަށް އަނެއްކާވެސް ގަސްދުގައި ފައި ކޮއްޕާލެވިފައެވެ. ދެން ހަމަ ކަށްޓަކު ފުލު ކަށްޓެއް ޖަހަމުން ދާނެއެވެ. އެހެންކަމުން އޭގެ ވޭނަށް ކެތްކުރުމާއެކު މިއަދު މިގައުމަށް ލިބޭ ހުރިހާ ނިކަމެތި ކަމެއްގެ ޒިއްމާ ގާސިމު ނަގަންޖެހޭނެއެވެ.

  18. ބޮއްބޮ

    ބަލަ މޮޔަޔާ ތިޔަހުރިހާ ކަމެއް އެނގިހުރި ހާލުގައި ނޫންތަ ތިޔަކަމުގެ ތެރެއަށްވަނީ އޭނ.....؟ ބަލަ ގާސިމު ނޫންތަ ކުރިން އެމްޑީޕީ އަށް ވެރިކަން ހޯދައިދެވިގެން އެކަމާ ހިތާމަކޮށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދުނީ؟ ދެން ރައީސް ޔާމީނާ ވަކިވެ އަނެއްކާވެސް އެމީހުންގެ ފަޅިޔަށް އަރާ އީސީ އާއި ކޯޓުތައް ގަނެގެން އެމީހުން މެދުވެރިކޮށް ވޯޓުން ވައްކަން ކޮށްގެން ވެރިކަން ފޭރިގަނެ ރީނދޫ މީހުންގެ އަތަށް ވެރިކަމުގެ އަހާ ލަގަނާ ދޭތި މިހާރު ތިއޮތީ ދެވިފައި. އަދި އެމްޑީޕީގެ ނުލަފާކަން ގާސިމަށް އަނެއްކާ ވެސް ވަރަށް އަވަހަށް ފެންނާނެ އެވެ.

  19. ރަޝީދު

    ގާސިމްވާ ރުޅިމަޑު، ވެރިކަން ހޯދަންވީމަ ގާސިމްވރެއްނެތް. ހަމަ ވެރިކަން ލިބޭއިރަށް، އެމް.ޑީޕީ ފިޔަވާ އެންމެންގޯސް. މި ނަޝީދުގެ ކިބައިން މިގައުމު ސަލާމަތްކުރަން އެންމެން ނިކުންނަންވި،އެހެންނޫނީ ސަލާމަތެއްނެތް.

  20. މަސްވެިރިޔާ

    ރާއްޖޭގެ ރައްޔިތުންގެ ބޮޑް ސަޕޯޓެއް، އޮނަރަބަލް ޤާސިމަށް އޮވޭ، ސިޔާސީ ބަޔަކު ރުހުނަސް އަދި ނުރުހުނަސް ރާއްޖޭގެ ވެރިކަން 2023 ހުގައި ﷲ ސބވތ ވާގިފުޅާއެކު ޤާސިމް ގެންނަން ރައްޔިތުން ބޭނުންވޭ. އޮނަރަބަލް ޤާސިމްއަކީ ޤައުމީ ވަތަނީ ބޭފުޅެއް. ޤައުމު ވިއްކާ މިނިވަންކަން އިޔާ ދުއްވާލާނެ ބޭފުޅަކަށް ޤާސިމް ނުވާނެކަން ރައްތިތުން ޤަބޫލްކުރޭ. މިފަދަ ހާލަތުގައި މިހާ ހިސާބަށް އެމަނިކްފާން އިސްކޮށްފައިވަނީ ޤައުމީ މަސްލަހަތު.

  21. އުފް

    އެބަ ރަނގަޅުވޭ،، މިތިބީ ހަމަ އަތްޖަހަން،، ލޮލް

  22. ސީދިބޭ

    ޤާސިމޫ. އަޅާނުލާ، ހޯޜަފުށި އަނބު ދޮންމަނިކު އާއިލާއިން ވޯޓްހޯދަން އެބަ މަސައްކަތް ކުރޭ. ދެނެހުރިކަމަސް ނުހަދާ. ހުރިހާދާއިރާޔަކަށް ކުރިމަތިލާ. ހޮވުނިއްޔާ ހޮވުނު ނުހޮވުނިއްޔާ ނުހޮވުނު. ޤާސިމަށް ކޮން ދެރަޔެއް. ވެރިކަމަކަީ ﷲދެއްވާ އެއްޗެކޭ ކިތަށްފަހަރު ޤާސިމުވެސް ބުނީމު ދޯ. ދެން އެހެންވިއްޔާ ދެރަވާނެ ކަމެއް ގާސިމަށް އެބަ އެކަމަސް މަސައްކަތް ކުރެވޭ. އަޅާނުލާ ކޮްނމެސް ދުވަހަކުން ލިބޭނޭ. ގާސިމު ބުނީމެއްނު ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ހީރޯޔަކަށް ވެވޭތޯއޭ. މުޙައްމަދުއްރަސޫލުﷲ ވެސް އުޅުއްވީ ހަމަ ހީރޯޔަކަށް ވެވޭތޯއޭ. އެބުނެވުނު ބަހުގެ ކައްފާރާ މިހާރު ތިޔަ އަދާކުރަންޖެހިގެން އުޅެނީ. ދެންވެސް ތައުބާވެފަ މަސައްކަތްފަށާބަލަ. ޚާމިޔާބު ވާނެ. މިަކަން ހަނދާންނެތިއްޔާ ގާސިމުގެ މުއައްޒިފު ބައްތި މަހުމޫދު ކުރެން އަހާބަލަ ގާސިމު މިހެން ނުބުނަންތޯ. މީ ވަރަށްވާހަކަ

  23. ފޯއްބެ

    މިޤައުމަށް ބޭނުންވަނީ ޤާސިމްބެ ފަދަ އިޚްލާސްތެރިން...

  24. ދދދދދދ

    ބޮވުނު ބޮނޑި ބޮއިގެން މަޑުން ހުރޭ. ތީ 12 ފަހަރަށްވެސް ކަށި ޖެހޭ މީހެއް. އަދިވެސް ޖަހާނެ. ކިތަންމެ ފަހަރަކުވެސް ޖަހާނެ.

  25. ސަލީމް މަހުޖަނު

    ނަޝީދުގެ ތާއީދު ނެތްނަމަ އސޯލިހު ނުހޯދުނީސް ރައްޔިތުން ވޯޓްނުދިންނަމަ ނުހޯދުނީސް ވޯޓް އޮޅުވާނުލިނަމަ ނުހޯދުނީސް

  26. ަީައީސަ

    އަދި މިހާތަނަށް ޤާސިމް އިބްރާހިމް ނެތި ކާކަށް ބާ ވެރިކަން ލިބުނީ؟ހީވަނީ ނަޝީދު ހެން މިޤައުމުގެ ވަލިއްޔުލް އަމުރަކީ ،ތިޔަބޭފުޅުން އޮޅިވަޑައި ނުގަންނަވާ ޤާސިން އާއި ކުޅެން ދިމާ ނުކުރާތި ،މިވެރިކަން ދަމަހައްޓަން ބޭނުން ވެއްޖިޔާމުން ...

  27. ބެއްޔާ

    ސާބަހޭ ގާސިމް. ރައްޔިތުން މިތިބީ މަނިކުފާނާއެކު.

  28. ހުސޭނާ

    ސޭޓުދެކެ ކިތަންމެ މީހުން ރުޅިއަޔަސް އެބުނީ ތެދެއް.

  29. އަދުރޭ

    ގާސިމުތީ ހަލާކު

  30. ޢަލީ ހަމީދު

    ޢަދިކިރިޔާދަޯ ވިސްނުނީ ގާސިމްބެ

  31. عبدالله

    ބާރުގަދަ ނުފޫޒުގަދަ މީހަކަށް ނޫނީ ތިޔަކަމެއް ނުކުރެވޭނެއެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް ފުރިހަމައަށް ރައްދު ދެއްވައި ޙަޤީޤަތް އޮޅުވާލުން ހުއްޓުމަކަށް ގެނެވޭނީ، މުޅިރާއްޖެ އެމްޑީޕީއަށް ދޫކޮށްނުލުމުގެ އަގުބޮޑު ވިސްނުމެއްގައި ލީޑަރުން ނުކުތުމުންނެވެ. މިހާރުވެސް މާލަސްވެއްޖެއެވެ. ރައްޔިތުން ވޯޓްދެއްވީ ކޯލިޝަނަށެވެ. މިގޮތުން ރައްޔިތުން ވޯޓްދެއްވާފައިވަނީ، 5 އަހަރުގެ މުއްދަތަށް ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުމުގެ މައްޗަށް ބިނާކޮށްފައިވާ މާސިންގާ ވަޢުދުތަކަށް އެކަނި ބަލާފައެވެ. އެހެންނަމަވެސް މިހާރު އެބޭފުޅުން ބޭނުންފުޅުވަނީ، މުޅި ރާއްޖެ އެބޭފުޅުންނަށް ދެއްވުމަށެވެ. އެމްޑީޕީއަށް ދެއްވުމަށެވެ. އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ދެއްވުމަށެވެ. މާތްﷲގެ އިރާދަފުޅާއި ވާގިފުޅާއި މިންވަރުފުޅާއި އެކީގައި މިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިޤްލާލު ބޭކާރުކޮށް ނަގައި ލުމަށް ޣައިރު މުސްލިމުންގެ ބާރިތަކުން މިރާއްޖޭގައި އަޑި އަޑިންނާއި މަތިމަތިން ކުރަމުންދާ ކަންތައްތަކުގައި އެމީހުން ނިކަމެތި ކުރައްވައި އެމީހުންގެ ބާރުދެރަކުރައްވައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނަޞްރާއި ނަޞީބާއި ފަތަޙައާއި ކާމިޔާބު ދެއްވާށިއެވެ. އާމީން!

  32. ބޭޝަރަމް

    ވެރިކަން މާތްﷲ ސއވ ގެ އިރާދަފުޅުން ދެއްވީ ގާސިމަށް. ގާސިމްގެ ފާޓުފުޅާކަމުން ރައްޔިތުންނަށް ގާސިމްގެ ވަރިކަމެއްގަ ހަމަޖެހުމެއް ހިތްހަމަޖެހުމެއް ދީނީ އިޖްތިމާޢީ ރޫހާނީ ޖިސްމާނީ ހިތްހަމަޖެހުމެއް ނެތަތީވެ އާޚިރަތުގެ ހެޔޮކަން ދުނިޔެއަށް ވުރެ އިސްކުރުން މާއައުލާކަމަށް ފެންނާތީ އަހަރެމެން މިހާރު މިތިބީ އިމްރާމަށް ހިފާފަ. މިސަރާސަރު ބޮޑު ޕޮލިޓިކަލް ގޭމުން ނިކުމެވޭނެ ޗީޓްކޯޑް އެއީ. މައުމޫނާއި ނަޝީދު މިކަން ކުރާނެ. ގާސިމަށް ސަލާމް. ގާސިމަށް ހަމަޖެހޭ ވެރިކަމެއް ކުރަން ދަސްވަންދެން މިމިއުޒިކަލް ޝެއާ ކުރިއަށް ދާނެ.

  33. މުޖައްްރިބު

    ޚުރިިންފަހަރުުު ގަޅާލީ ޖަލަކައްް..މިފަހަރު މިއޮތީ މަހުޖނުންް ގޯސްވެފަަ!!

  34. އުރަފި

    ބޭނުންޖެހުނީމާ ބޭނުންކޮށްފަ އެއްލާލާނެކަން ކުރިން ނޭގުމަކީ ގާސިމްގެ ސިޔާސީ ވިސްނުމުގެ އެއްވެސް އުރަތްޕެއް ނެތްކަން އަންގައިދޭ ކަމެއް. މާކުރިންވެސް ލަފާކޮށްލަން އެނގޭ ކަމެއް އެއީ އިންތިޚާބަށްޓަކައި ހަމައެކަނި ބޭނުންކޮށްލަނީކަން. ވަގުތީ އެދުމެއް ފުއްދަނީކަން. އެވަރު ނުވިސްނިގެން ވެރިކަން ހޯދަން އެމްޑީޕީއާ އަތުގުޅާފަ ދެން މިހާރު ތި ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. މިހާރު އެމީހުން އުޅެނީ ޖޭޕީ ބޭރުނުކުރެވިގެން.

  35. ޝަހީދު

    ޤާސިމްއަށް އަބަދުވެސް ލިބެނީ ކޮޅުކެހިކަން ދަނެގަނެ ސިޔާސީ ގޮތުން އިތުރަށް ބާރުގަދަ ނުކޮށްފިއްޔާ އެމް.ޑީ.ޕީ އިން 2012 ގައި ޤާސިމަށް ދިން ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ދީފާނެކަން ދަނެގެން ސޯލިޙު ވެރިކަމުން ބާލަން ވެއްޖެ ނޫންތޯއެވެ. ޤާސިމް އަކީ ރައްޔިތުން ދެކެ އިންތިހާޔަށް ލޯބިވެ ވަޑައިގަންނަވާ ބޭފުޅެއްކަން ކަށަވަރެވެ.

  36. ކަފިހިބެ

    އެއްހަރުން ތިންލައްކަށް ފަަހަރުވެސް ކަށި ޖަހާނެ. މިނަށް ވުރެން އަމިއްލަ އެދުން ބޮޑީ