ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، މިހިނގާ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވި "ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޔޫއޭއީ އާ ދެމެދު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ގުޅޭ ގޮތުން ރައީސް ޞާލިޙާއި ޔޫއޭއީ ގެ ވަލީއަހުދު އަދި ޑެޕިޔުޓީ ސުޕްރީމް ކޮމާންޑަރ އޮފް ދި އާމްޑް ފޯސަސް ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާން މަޝްވަރާ ކުރެއްވިއެވެ.

މިދަތުރުފުޅުގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ. މި އެއްބަސްވުމުގައި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝެއިޙް ޢަބްދުﷲ ބިން ޒާޔިދު އަލް ނަޙްޔާނެވެ.

ޔޫއޭއީ އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙިޔަލަ

    ޢަދިވެސް ދަތުުރު ކުރަނިީ ހަރަދު ކުޑަކުރާ އިބޫ ރައްޔިތުންަށް ލޯލައގެން

  2. ލަބީބު

    ޑްރެސިންކޯޑް ހާދަހާވާ ހުތުރެވެ. ވަގަށް އައިސްހުއްޓަސް ރައީސެއްވިއްޔާ ގޮތެއްވެސް ހުންނަންވާނެއެވެ. ތިރި ތިހުރީ މައްޗަށްވުރެ ފަނޑުވެފައެވެ. ކުލަވެސް ގުޅުވަން ނޭގިފައެވެ.

  3. ޢިއްބެ

    ދަތުރުރުފުލުން ލިބުނީ އެމްއޯޔޫ އެއް ދެއްތޯ .

  4. އަހުމަދު

    ޝާހިދު ބުނި ވަރަށް ގިނަ އެހީ ހިފައިގެންނޭ އަންނާނީ ކޮބައިތަ ގެނައި އެހީ ޔާމިނަށް ވީވަރު ވެސް ނުވި ކޮމެޓީ އެއް ހެދުމާ ގުޅޭ ލިޔުމެއްގައި ސޮއި ކޮށްލީ ކިހާ ފައިސާ އެއް ބޭކާރު ގޮތުަގައި ތިޔަ ޚަރަދު ކުރަނީ ޝާހިދަކީ އަބަދުވެސް ޖީވަން ބައި ކުޅޭ މީހެއް

  5. ޤިސާމާ

    ވަރަށް މާޔޫސްކޮށް ފެންނަނީ. އެމްއޯޔޫ އެއްގައި ސޮއިކޮށްލީމާ އެހުރީ ވެފަ!