ރާއްޖެއާ ޔޫއޭއީގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން މާރިޔާ ވަނީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއަރ ޢީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވަމަށް ފަހު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

އެ ގޮތުން އަސްކަރީ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރަން އާ ހަރުފަތަކަށް ދާނެ ކަމަށް އުއްމީދުކުރަން". މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ދޭތެރެ ދޭތެރެއިން ރާއްޖޭގެ ޑިފެންސްއާ ގުޅޭ އެކި ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުތައް ކުރައްވަ އެވެ.
އަދި އޭގެ ބައެއް ދަތުރުތަކުގައި ރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވެއެވެ.
ހާއްސަކޮށް އިންޑިއާއިން ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށް ބުނެ މާރިޔާ ވިދާޅުވި ވާހަކަތަކަށް ފާޑުކިއުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓަކަނޭ

    މަނަވަރެއް ގަންނަން 12 ބިލިއަން ޑޮލަރު ހޯދަން އުޅޭ ކަމަށް މުޢުތަބަރު މަސްދަރަކުން ޚަބަރު ލިބުނު. ރާވާފަ އޮތީ އިންޑިޔާގެ ބާ މަނަވަރެއްގަ ދަވާދުލާފަ އެފައިސާއަށް ގަތީ ކަމަށް ހަދަން.. ދެން އެ ފައިސާއަށް މާރިޔާމެން ކުރިން އެއާ މޯލްޑިވްސް ގެ ލާރިގަނޑަށް ހެދިހެން ހަދަން. ވަގަށް ގޮވައިގެން ވައްކަން ކުރާ ވަގުން ތީ