ށ.އަތޮޅު މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަ ދޮރު ކައިރިއަށް މަސްތަކެއްގެ ލޭ އަޅައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަ ދޮރު މައްޗަށް "މަހު ލޭ" އަޅާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 07:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

މިލަންދޫ ކައުންސިލަރަކު ވިދާޅުވީ ކައުންސިލް އިދާރާ އަށް ވަންނަ ދޮރު ކައިރިއަށް މަހުގެ ލޭ އެޅީ ކާކުކަމެއް ނޭނގެއެވެ.

މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގާޒީ

    ސިހުރު ހާހޫރު ފެއްޓުނީ ދޮތަ؟

  2. ހުސޭނުބޭ

    މިލަންދޫ ކައުންސިލްގެ ތެރޭގައި ރިހާކުރު އޮލަކުރަންޏާ މަހު ލޭ ހުރުމަކީ ވެދާނެކަމެއް! އަޅެ ވަދެފަ ބަލާލަލަބަލަ މަސްކައްކާ ބޮޑެތި ތެލި ނެތްތޯ!

  3. ކަނބުލޮ

    ތިތަނަށް މަހުލޭ އެޅުމުގެ ބަދަލުގައި ކައުންސިލް އިދާރާގައި އޮބއެޅިނަމަ މާރަނގަޅުވީސް

  4. ދދދދދދ

    ދިއްދޫ މީހުން އަތޮޅު އޮފީހަށް މަސް ދޯނި "ކިރީމަ" ޑިމޮކްރަސީ ކަމުގަ ވެފައި ސާބަހާއި އައްސަރި ބަހުން ވެދުން ކުރި މީހުން ގާތުގަ މިވެސް އެފަދަ ކަމަކަށް ނުވާންވީ ކީއްވެ! މިވެސް ހަމަ އެކަހަލަ ކަމެއްނު.

  5. ބައްބަ

    ލާދީނީ ފިކުރުން ނުބައިވަސް ގައުމަށް ފެތުރެމުންދާ ދަނޑިވަޅެއްގެ ބޭނުން ހިފީ މިކަމުގެ މާނަ ލާދީނީ އިބޫއަށް އަރުވަންވެގެން.