ރައީސް އިބާރާހީމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި އެމެރިކާ އަދި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިދިޔަ ފަސް އަހަރު ރާއްޖެ އޮތީ ދުނިޔެއިން އެކަހެރިވެފައި ކަމަށާއި، ފެންނަމުންދަނީ އަނެއްކާވެސް ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބަލައިގަންނަ ތަން ކަމަށެވެ.
Back in Maldives after fruitful meetings in Adu Dhabi, Washington, NY and London. After 5 years of isolationism, Maldives is received by the international community with genuine warmth and a readiness to assist us realise Pres @ibusolih's manifesto for the people of Maldives. pic.twitter.com/YHHwIxYZBx
— Abdulla Shahid (@abdulla_shahid) January 30, 2019
ޝާހިދު ޓްވީޓުގައި އިތުރަށް ވިދާޅުވީ އަބޫދާބީގެ އިތުރުން އެމެރިކާގެ ވޮޝިންޓަން، ނިއުޔޯކް އަދި ލަންޑަންގައިވެސް ކާމިޔާބު ބައްދަލުވުންތަކެއް ކުރިއަށް ގެންދެވުނު ކަމަށާއި، އެ ގައުމުތަކުން ރާއްޖެ ބަލައިގަނެ ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ. އޭގެ އިތުރުން ހުރިހާ ގައުމަކުންވެސް ރައީސް ސޯލިހުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެހީތެރިވާން ތައްޔާރު ކަމަސްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
މި ދަތުރުގައި ޝާހިދު ވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލު ކުރައްވައިފައެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ޝާހިދު ތަގުރީރުކުރެއްވިއެވެ.
އަނެއްކާ ދިވެހިންގެ ދީނާއި ޘަގާފަތް ވިއްކާލީތޯ. ބޭރުގައުމުތަކާއެކު ވެފައިވާ އެއްބަސްވުން ތަންފީޛުކުރަން އެމީހުންއެހީވާނީ. މިގައުމަށް އެމީހުން ބޭނުންވާ ކަންތައްތައް ތައާރަފްކުރީމަ އެމީހުން އެހީވުމަށް ޔަގީކަންދޭނީ. މިހާރުވެސް އެތައްވައުދެއް ނުފުއްދި ހިގައްޖެ. 100 ދުވަހުން ކުރަންބުނި ގިނަ ކަންތައްތަކެއްނުވޭ. ޝާހިދު ނުވާނެ ސަހަލިއެއް.
ރައީސް މެނިފެސްޱޯގައި ތަންފީޒުނުކުރެވޭކަމެއް އެބައޮތްތަ؟؟؟
ދުނިޔޭން ބޭރުން ވެސް އެހީ ލިބޭނެ ތިޔަ މެނި ފެސްޓޯ އަށް
ދެން ތިވީގޮތުން މުޅި ދުނިޔެއިން ކޮމިޓީތަކާ ކޮމިޝަންތަކާ އުފައްދާ ދިމަދިމާލުން ނައިބުންނާއި ސްޓޭޓް މިނިސްޓަރުން އައްޔަންކުރާނެދޯ! އޭރުން މުޅި ދުނިޔޭގައިވެސް އޮންނާނީ ކޮމިޓީތަކެއް!
އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހެއްގެ ފަހަތުގައި އުޅޭ ބައެއްގެ ކަންތައްތައް ތަންފީޒުކުރަން ކާފަރުން އެހީވާނެ.
މިޤަރުނުގެ އެންމެ ބޮޑު ތެދު
އެހެން ވީމަ ބަޖެޓުގެ ބޭނުމެއްނުވާނެތާ
ތިހެން ކިޔައިގެން ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރުންނޫން ކަމެއް ނުކުރޭ. ސަރުކާރުން ކުރާކަމަކީ ކޮމިޓީއުފެއްދުން. ކުރީ ސަރުކާރުންވެސް ޔޫއޭއީއާއި ގާތް ގުޅުމެއްބޭއްވި. މިސަރުކާރުންވެސް ފެންނަނީ ހަމަ އެމަންޒަރު.
އެހިވާނެތާ ލާދީނިއްޔަތު ފަތުރައި އިންޑިޔާގެ ދަށަށް ރާއްޖެ ގެންދަން. އެހެން ކަމަކަށް އެހީއެއް ނުވާނެ. ޔާމީން މަދައްކަތް ކުރެއްވި ތިޔަ ނުފޫޒުތަކުން ސަލާމަތް ވެފައިވާ ރާއްޖެ އަކަށް މިތަން ހަދާން.
ދުނިޔެއޮތް ކަމެއްތޯ ކަލޭމެން ވައުދުތައްވީ؟؟؟ އިންޑިޔާއަށް ކިޔާ އާނަމެއްތޯ ދުނިޔެއަކީ؟؟؟ ޔަހޫދިންގެ މަގުސަދު ހާސިލުކުރަން ކަލޭމެންކުރާ މަސައްކަތައް އެެމީހުން އެހީވާނެކަން އެއީ ރަސޫލުޒަމާނުގަ ކަންތައް ހިގާފަ ހުރިގޮތައް ބަލާއިރުވެސް ފެންނަންއޮތް ހަގީގަތެއް!
20 ސިފައިން 30 ސިފައިން ރަށެއްގަ ބަިތިއްބާ މަތިން ނޫން ގޮތަކަށް އެއްޗެް ނުލިބޭ.
ސޮރާ!! މޮޅު ވާހަކަ ނުދައްކާ!! ސާލިހްގެ ވެރިކަމަށް އެހީވާނީ ކަލޭ މައުމޫން ދުވަސްވަރު ނުފޫޒާއެކު ނަގާފައިވާ އިންޓަރެސްޓް ނެތް ލޯނަލުން 10 ބުރިއަށް ގެ ހަދައިގެން ލިބޭ ފައިސާއިން. !!!! ކަލޭ ތީ އަމިއްލަ ފައިދާ ތި ނަގަނީ ގައުމްގެ އިސްތިގުލާލް ވިއްކާލައިގެން. ކަލޭ ދަތުރު ތިކުރަނީ ކަލޭ އެކި ގައުމް ތަކުން ގަނެފައި ވާ ގެތަށް ބެލުމަށާއި ކަލޭގެ އަބިދަރިންނާއެކު މަޖާ ކުރަން. ކަލޭގެ މަކަރުވެރިކަން ﷲ އަވަސް މުއްދަތެއްގެ ތެރޭގައި ފާލު ކުރައްވައި ފާންދެއެވެ.
މުޅި ދުނިޔެ އެއްބާރުލުން ދިނަސް ވާނެ ކަމެއް ހަރާން، ތިހެން ސަޅިބައިސާ ކަނޑަނީ، ޢަމަލުން އެއްވެސް ކަމެއްނުދެއްކޭ،
ދުނިޔެ އެހީވާނޭ ކިޔާފަ ގައުމު ދަރަނިވެރި ނުކޮށްލާތި.
މެނިފެސްޓޯ ތަންފީޒު ކުރުމަށްވެސް ބޭރުމީހުން. ރައްޔަތުންގެ ފައިސާއިން މުސާރަދީގެން ވަޒީފާދީފަތިބި ވަޒީރުންނާ ރައީސް އަދި އެހެންމުވަޒަފުން ކުރަނީ ކޮންކަމެއްތޯ.؟ ޝާހިދުވެސް ރައްޔަތުންފައިސާއިން ހޮލިޑޭ ހަދާފަ މާމޮޅުކަމަށް ހެދިގެން އުޅެނީދޯ؟
ކަލޯ ސާހިދޫ ދީނާ ގައުމު ވިއްކާފަ މެނެފެސްޓޯ
ތަންފީޒުކުރަން ނޫޅޭ.
ޝާހިދު ބުނި ބަހުގެ މާނައަކީ އިންޑިޔާއިން އަދި އިނގިރޭއްސިވިލާތު ރާއްޖެއަށް ކަނޑައެޅި މެނިފެސްޓޯ ތަންފީޒު ކުރުމަށް ރައީސް އެހީތެރިވާނެ.
ތީ ކަށަވަރު ކަމެއްތާ. ތިކަމާ އަހަރުމެން މުސްލިމުން ހޭލާ ތިބެން އެބަ ޖެހޭތާ.
ޝާހިދު.. ދުނިޔެ އޭ ކަލޭ ތިކިޔަނީ ކޯޗަކައް.. ދުނިޔޭގަ އޮތް އެންމެބޮޑު އިގުތިސޯދަކީ ޗައިނާ.. އަދި ކުރިއަށްއޮތް ތަނުގައި ދުނިޔޭގެ އެންމެބާރުގަދަ އަސްކަރިއްޔާވެސް އޮންނާނީ ޗައިނާގަ.. އަދި ދުނިޔޭގަ އޮތް އެންމެ އުފެއްދުންތެރިގައުމަކީވެސް ޗައިނާ.. އެންމެބޮޑު މާކެޓަކީވެސް ޗައިނާ.. ކަން މިހެން އޮތް އިރު ޗައިނާގެ އެހީތެރިކަން އެކުނުލެވޭ ޕުލޭންތަކެއް އެއޮތީ ދުނިޔޭގެ ބޮޑު ބައިން ރިޖެކްޓުވެފަ.. އަދި ތިޔަ ބުނާ މުޅިދުނިޔެއިންވެސް ޗައިނާއިން އެންމެ 5 އަހަރުދުވަހު ގެނެސްދިން ތަރައްގީއެއް އަދި 20 އަހަރުންވެސް ގެނެސްނުދެވޭނެއެވެ. މިސާލަކައް އެފްރިކާގެ ގައުމުތަކައް ބަލާށެވެ. ތިޔަ ބުނާ މުޅި ދިނިޔެއިން އެމީހުންނައް 'އެހީ' ވާތާ އެތަކެއް އަހަރެއް ވެގެން ދިޔައިރުވެސް ކޮންތަރައްގީއެއްތޯ ލިބުނީ.. އެކަމަކު ޗައިނާއިން އެމީހުންގެ ތަރައްގީގެ ބައިވެރިޔަކައް ވެލިތާ 5 އަހަރު ވެލީއިރު އެތަކެއް ބިލިޔަން ޑޮލަރުގެ އުމްރާނީ ތަރައްގީ އެގައުމުތަކައް އެއޮތީ ގެނެސްދީފަ.
ދިވެހިންގެ މަގުފުރެދިފައިވާ ލާދީނީ ސަރުކާރު.. ދިވެހީން މަގުފުރެއްދުމުގެ ސިއްރު އެޖެންޑާތަކުގައި އެއްބަސް ވެފައި އައިސް މިދައްކަނީ ދުނިޔޭގެ އެހީ ލިބޭވާހަކަތަކެވެ. ވެރިކަމައް އާދެވުނުތާ 100 ދުވަސް ހަމަވެ ނިމިގެން ދިޔައިރުވެސް ސަބްސްޓޭންޝަލް އެއްވެސް ކަމެއް ރައްޔިތުންނަކައް ކޮއްދެވިކާއެއްނެތް.. ކުރާހާވެސް ކަމަކީ ދަޅަދެއްކުމާއި ޒާތްޒާތުގެ ސިމްބޮލިކު މުނާސަބާތައް ފާހަގަކުރުން.. އިގުތިސޯދީ ތަރައްގީއައް ކުރިޔައް އެޅުނު ހަމަ އެންމެ ފިޔަވަޅެއްވެސް ނެތޭ ބުނުމަކީ މުޅިން ދޮގަކައްނުވާނެ.
ކަލޭ ތިޔައައީ ދުނިޔެއިން ރާއްޖޭގައި ތަންފީޒުކުރުމައް ދިން މެނިފެސްޓޯ ކިހިލިޖަހައިގެން ދޯ..
ތީރިސް އަހަރުގެދިގު ވެރިކަމުގަ ވެސްތިމަގާމުގަ ހުރި ތިގޮތައް ވީކަމެއްނެއް ސުނާމީގަ ހާލުގަ ޖެހުނު މީހުނައް ބަހަން ދިން އެހީވީތަނެއް ބަލާ އެމައްސަލަ ތަންފީޒު ކުރުން މާރަނގަޅު ރައީސުގެ މެނިފެސްޓޯގަ ވެސްއޮއްނާނެ އެތަންފީޒް ކުރާނެވާހަކަ ކޮމެޓީއަކުން
ދުނިޔެއިން ބޭރުންވެސް އެހީވާނެ ޝައްކެތްނެތް.
މިސަރުކާރު ވެއްޓޭކަށް ދެން މާގިނަދުވަހެއް ނުނަގާނެ ﷲގެ މަތިވެރިދީން ބޮލާލާ ޖެހިބަޔަކަށް ﷲ ނަސްރެއް ނުދެއްވާނެ .
ދުނިޔެ އެހީވާނެ ޤައުމު ދީން ކަމުއިވާ އިސްލާމްދީން ފަހަތަށް ޖައްސާ އެހެން ދީންތައް ގެންނާނެ ކަމަށް އިސްލާމްދީން ގެ ޢަދުއްވުން ގާތު އެދެންޔާ ޝާހިދު ކޮބާ ޝިއުނާ ކޮބާ ވީކެންޑްތަކުގައި ރާއްޖެއިން ބޭރަށް ގެންދާ ތިނަދޫ މަންޖެ ޒިފްލީން ކަލޭ ތީ ހަމަ މައްކާރެއް ޖައްބާރެއް.
ކެނެޑާ ، ޑެންމާކު ، އިންޑިޔާ ، އިގިރޭސިވިލާތުން އެހީއެއްދިނަސް ދޭނީ! އަދި އެ އެހީގެ ފަހަތުގައި އޮންނާނީ އެމީހުންގެ އަމިއްލަ މަޞްލަޙަތު! އިސްލާމްދީނަށް ފުރައްސާރަކުރުން، ، ޤުރުއާނާ ސުންނަތް ބޮލާލާޖެހުން ، އެ ޤަވްމުތަކުން މީހުން އައިސް ރާއްޖޭގައި ބެނުންގޮތަކަށް އުޅުމުގެ ފުރުޞަތު އޮތުން. މިކަންތައް ކޮށްދިނުން އެއީ ޝަރުޠަކީ!
ތިބުނާ މެނިފެސްޓޯއެއް ތަންފީޒު ކުރާއިރު ބޭރުދުނިޔެއިން ލިބޭނެ އެހީއަކީ ކުޅޭނެ ވޮލީ ބޯޅަ، ކުނިކަހާ ފިހިގަނޑެއް، ދުވެލަން ބޫޓެއް އަދި ހަދާނެ އިތުރު ކޮމިޓީތަކަށް ބޭރުގެ މެމްބަރުން
ހުސްއަތާއައިސް އެއްޗެއްބުނެލީ ދެއްތޯ؟
ދުނިޔޭގެ ރައީސް އެއްބާ؟
ދުނިޔެއޮތީ އިބޫއަށް ދަރައިފައިތޯ ތަލަބޯއާ ސުވާލުކުރަންބޭނުން! ކިތައްމެ ދޮގެއްހެދިއަސް ރައްޔިތުން ތިޔަވާހަކައެއް ގަބޫލެއް ނުކުރާނެ! މިހާރު ތިޔައުޅެނީ ކަމުންރެކޭންވެގެން އިބޫގެ ވައުދު އިބޫ ފުރިހަމަ ކުރަންޖެހޭނީ! ރަގަޅު ވައިދެއް އިބައޮތްތޯ!
މީ ހާދަ ގަބުޅި ވާހަކަ ދައްކާމީހެއްދޯ! މިހާތަނަށް އެއްވެސް ގައުމަކަށް ދުނިޔެ އެހީވިތޯ!
ހެދުމުގެ ނާސްތާއައް ކުނިވެފަ އޮތް ދޮންކެޔޮ ވަކެއް ހޯދަންތޯ..