ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަކީ ދުވަން ރާއްޖެ އަންނަ މީހުންގެ ބަދަލުގައި އެމީހުންނަކީ ރާއްޖެއަށް ފަތަން އަންނަ ބަޔަކަށް ވާންޖެހޭ ކަމަށް، ސްވިމް މޯލްޑިވްސްގެ ރައީސް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، "ސްވިމް މޯލްޑިވްސް ބާ ބީ.އާރު ކްރޯލް" ބ.އަތޮޅުގައި ފެށުމަށްޓަކައި މިއަދު ހެނދުނު ބ.އޭދަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސްވިމް މޯލްޑިވްސް ބާ ބީ.އާރު ކްރޯލް 2019 ފެށުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"ރާއްޖެ އަކީ ފަތުރުވެރިން ފަތަން އަންނަ ޤައުމަކަށް ވާންޖެހޭ. އެތައް އަތޮޅެއް އެބަ ހުރި މިގޮތަށް ބޭނުންކުރެވޭނެ. ބ.އަތޮޅުގައި މި ހަރަކާތް ފެށީމަ މިހާރު އެހެން އަތޮޅުތަކުންވެސް އެބަ ގުޅާ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށަކަށް މި ފުރުޞަތު ލިބޭނެ" ޝަމީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ޝަމީމް ވިދާޅުވީ، މި ހަރަކާތް ރާވާ އިންތިޒާމުކުރުމުގައި އޭދަފުށީ ކައުންސިލުންނާއި ބ.އަތޮޅު ކައުންސިލުން ލިބުނު އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އަދި މި ހަރަކާތަށް ސްޕޮންސަރ ދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާކަމަށް ޝަމީމް ވިދާޅުވިއެވެ.

ސްވިމް މޯލްޑިވްސް ބާ ބީ.އާރު ކްރޯލް 2019 ފެށުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ބ.އަތޮޅުގައި މިއަދު ފެށި، މި ހަރަކާތުގައި ބ. އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށަކަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަށް މީހުންެގެ މައްޗަށް އެކުލެވޭ މި ޓީމު، ކޮންމެ ރަށަކަށްވެސް އަރާނީ ފަތާފައެވެ. އަދި ކޮންމެ ރެއަކުވެސް އޭގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގައި މަޑު ކުރާނެއެވެ. އަދި މަޑުކުރާ ވަގުތު، އެ ރަށްރަށުގެ ސުކޫލުތަކާއި ކައުންސިލްތަކާއި ގުޅިގެން އެކިއެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިއެއްވެތޭ

    ސިއްރު ފެންފުށީގައި އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވުން އެއީ ރާއްޖޭގެ އާއިލާ އަކަށް ނިކަމެތި ކަން ލިބިގެންދާނެ ކަމެކޭ މިކަން ކަން މިހެން މިވަނީ އެއީ ރިސޯރޓްސް ތަކުގެ މެއިންޓަނަންސް ޑިޕާރޓްމެންޓްގެ ބޮޑުންނަށް ބޭރުމީހުން ބައިތިއްބާތީއޭ އެމެންނަކީ އެއީ އެއްގޮތަކަށް ވެސް ހެލްތް އެން ސޭފްޓީ ސްޓޭންޑަރޑް އަށް ބަލައިގެން ކަންކަން ކުރާ ބަޔެއް ނޫނޭ ކަން ވަނިކޮށް އެމެންނަށް ނިމުނީއޭ އެމެންނަށް ވާރކް ވިސާ ދެނީ އެއީ އިމިގްރޭޝަނުން ވެސް ވާރކްވިސާދެނީ ވެސް ރިސޯރޓްސް ތަކުން ވާރކް ވިސާ ދޭން ޖެހޭ މަގާމް ތަކަކަށް ނޫނޭ ހުރިހާ މަތީ ފަންތި އާއި މެދު ފަންތި އަށް ބޭރުމީހުންނަށް އެކަނި ވާރކް ވިސާ އިމިގްރޭޝަން އިން ދެނީ އެއީ ކިއެއްވެތޭ އެއިން މަގާމަކަށް ދިވެހިން ހަމަ ނުލިބެނީތޭ އަދި ދިވެހިން އެޕްލައި ކުރި މިންވަރު އިނގޭނެ ސައްހަ ލިޔުން ތައް ރިސޯރޓްސް ތަކުގެ އެޗްެއާރު ޑިޕާރޓްމެންޓް އިން ހުށަަނާޅަނީސް ކިއެއްވެތޭ ވާރކް ވިސާ ދެނީ ބޭރު މީހުންނަށް ދީގެން ނުވާނެއޭ...