މާލޭގައި ހުންނަ ފަތާ ޓްރެކްގައި ހުސް ކުނި ހުންނާތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑުވެއްޖެ އެވެ.

"ވަގުތާއި" ވާހަކަ ދެއްކި މީހަކު ބުނީ ހަފްތާ ބަންދުގައި މުޅި ޓްރެކް އޮންނަނީ ހުރިހާ ދިމާލަކުން ކުނި ތައް ފެތުރިފައި ކަމަށެވެ.

އެހެންވެ ދަރިން ގޮވައިގެން ފަތާލަން ވެސް ދަތިވާ ކަމަށް ބުނެފައި ވެއެވެ.

"އެންމެ ފަހުން ވެސް ދަރިން ގޮވައިގެން ދިޔަ ދުވަހު އެ ޓްރެކްގައި ކުނިތައް އޮތްވަރުން އަނބުރާ ގެއަށް އައީ" މީހަކު ބުންޏެވެ.

ވަގުތަށް އެނގިފައިވާ ގޮތުގައި މި ފަހުން އެ ޓްރެކްއަށް ފަތަން ދިޔަ ކުދިންތަކަކަށް އެކި އެކި ހަމުގެ މައްސަލަތަކެއް ދިމާވެގެން އެ މައްސަލަ ހެލްތު މިނިސްޓްރީއަށް ވެސް ހުށަހެޅި އެވެ.

އެހެންވެ ހެލްތުން ވަނީ އެ ޓްރެކްގެ އެކި ދިމާލުން ފެން ނަގައި ފެން ޓެސްޓުވެސް ކޮށްފަ އެވެ. އެހެން ނަމަވެސް އޭގެ ނަތީޖާ ހެލްތުން ހާމައެއް ނުކުރެ އެވެ.

ފަތާ ޓްރެކްގައި ކުނި ހުރުމުގެ އިތުރުން އެ ތަނުގައި ބަހައްޓާފައި ހުންނަ ގަޑި މަސައްކަތް ނުކުރާތީވެސް ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

"އަޅުގަނޑުމެން ނުދާނެ ދޮއްތޯ ފޯނާއި ގަޑި ހިފައިގެން ޓްރެކްއަކަށް. އެތާނގަ ހުންނަ ގަޑި ރަނގަޅަށް މަސައްކަތް ނުކުރާތާ އެތައް ދުވަހެއް. ހެނދުނު ވެއްޖިއްޔާ ގަޑިން ފެންނާނީ ރޭގަނޑު ވެފައި ހުންނަތަން" ޓްރެކަށްދާ މީހަކު ބުންޏެވެ.

ފަތާ ޓްރެކްގެ ގަޑި ފެންނަ މަންޒަރެއް--
ފަތާ ޓްރެކްގެ ގަޑި ފެންނަ މަންޒަރެއް--

ސްވިމިން ޓްރެކުގެ މައްސަލަތަކާ ގުޅޭ ގޮތުން ސްވިމިން އެސޯސިއޭޝަންގެ ބަހެއް ނުލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    " ފަތާ ޓްރެކް ކުރިން ފުރިފައި " ކިހާ ކުރި އަކުންތޯ ؟ މިހާރު އޯކޭތޯ . .. 1960 ގައިތޯ .. . . . . ގައިމު ހެޑިން ޗެކްކޮށްލަން ރަނގަޅުދޯ . . .

  2. ލޮލް

    ކޮން ކުރިންނެއްބާ ފުރުނީ. ސުރުޚީ ބަލައިލަމާ؟

  3. ވގތ

    ނޫހުގަ ލިޔެގެން ވާމޮޅެއް ބުނެބަލަ

  4. ފައްލަންބޭ

    ކޮބައިތަ؟ ކޮބައިތަ؟ ކުރީގެ ކުނިކޮށީގައި ހަދަން ނިންމި ބިޔަ ސްވިމިންގ ޕޫލް. ވަޔަށް އަރައިގެން ދިޔައީ އުތަ؟

  5. ކަލޯ

    ތިތަނަށް ދާ މީހުންގެ މުޑުދާރުކަން ފިލުވޭނެ މިނިސްޓްރީއެއް ވުޖޫދުގައި ނެތް.