ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގްގެ މައްސަލައެއް ދައުވާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ނިންމާފައިވާ ވުމަކީ ސަރުކާރުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުޒޫފު ފޯރުވުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށް ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

މިރޭ ނެރުއްވި ބަޔާނެއްގައި އެމަނިކުފާނުގެ ލޯޔަރުން ވިދާޅުވީ މިޢަމަލަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރުމަށް އަންނަ ކަމެއް ކަމަށެވެ. އަދި ޤާނޫން ތަންފީޒު ކުރުމާއި ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުމުގައި ވަކި ފަރާތްތަކަށް ޓާގެޓްކޮށްގެން ތަންފީޒު ނުކުރުމަށާއި ދުސްތޫރުގައި ބަޔާންކޮށްފައިވާ ހަމަހަމަކަން ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިއްބައިދިނުން ކަށަވަރު ކުރުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާ ކަމަށް މިބަޔާނުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިބަޔާނުގައި އިތުރަށް ރައީސް ޔާމީންގެ ލޯޔަރުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި އަދި އެނޫން ބޭންކެއްގެއްގައި ހުޅުވާފައިވާ އެކައުންޓަކަށްވެސް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން މެދުވެރިކޮށް ދަޢުލަތަށް ލިބެން ޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް ރައީސް ޔާމީން ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ދަޢުލަތަށް ލިބެން ޖެހޭ ފައިސާއެއްކަމަށް ނުވަތަ ދައުލަތުގެ ފައިސާއެއް ކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޝަރުޢީ ކޯޓަކުން މިހާތަނަށް ނިންމާފައިވާ ނުވާ ކަމަށެވެ.

މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާ ކުރުމުން، އެ ފައިސާ ލައުންޑަރކޮށް، އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގުމައުލޫމާތު ދީފައިވާކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހިހި

    މިހާރު ފޮލިސް ހިންގަނީ އެމް. ޑީ ޕީ ގެ ޖަގަހައެއް ހިންގާގޮތަށް. ހާދަ މިނިވަން އިންސާފްވެރިއޭދޯ؟ މިއީތަ އެކިޔާ ޖަޒީރާ އިންސާފް

  2. ބޯބުޅި

    ކާކުތޯ ވައްކަން ކޮފާބުނަނީ މިއައީ ވަކަން ކޮއްފައެބުަނަނީ...

  3. ޢަބުދުލް ވާހިދު

    ސާބަސް ޔާމީނު އަކަށް ނޭގޭތަ ކުށެއް ކުރީމަ އަދަބު ލިބޭނެކަމެއް ގައުމު ދިރުވާލިއިރު

  4. ޜައްޔިތުމީހާ

    މިރާއްޖޭގަ ސިޔާސީ މއިދާނުގާ. ޢުޅޭ
    ޙުރިޙާމީހުންނާކީ. ތިފަދަ ގޮތަކައް
    މަންފާޔާ ނަފާ ލިބެމުން. ދާބައެއް. ކަން. ޢެންމެނައްވެސް. ޢެނގޭ.

  5. ލަދުކުޑޭ

    ރާއްޖޭގެ ހުރިިހާ އިދިކޮޅު ސިޔާސީ ލީޑަރުން ރިޔާސީ އިންތިޚާބުގެ ކުރިން ބަންދުކުރީ އިންތިޚާބަށް ވާގިވެރިވާން؟

  6. ޖޮއްބެ

    ޑިމޮކްރަސީގެ ހިޔަނީގައި ޚުދުމުޚުތާރު ވެރިކަމެއް ކުރާ ބައިގަނޑެއް މި އެމްޑީޕީ އަކީ. ދުނިޔޭގެ ބޮޑު ބާރުގަދަ ގައުމެއް ކަމަށްވާ އެމެރިކާގައިވެސް އިދިކޮޅު ޕާޓީއޮވޭ އެހެންނަމަވެސް ވެރިކަންލިބޭ ޕާޓީ އަންނަގޮތަށް އައިސް އެޕާޓީ ޕެރަލައިޒް ކޮށް ޕާޓީގެ އިސްފަރާތްތައް ހައްޔަރުކުރަން މަކަރުވެރި ރޭވުންތައް ރާވައެއް ނުހަދާ.

  7. ހިޔަނި

    ފޮނުވާފަ ބަހައްޓާ، މިއަދުމީ ކަލޭމެންގެ ދުވަސް، ޔާމީން ހައްޔަރު ކުރިޔަސް، ޖަލައްލިޔަސް މެރިޔަސް މިޤައުމުން ބޭރުގެ އިސްތިއުމާރުތަކަށް ފުރުސަތު ދޭން އެހާ ފަސޭހަ ވާނެކަމަށް ކަލޭމެން ހީނުކުރާތި، ޔާމީން ކަހަލަ، ޢުމަރު ކަހަލަ ކިތަންމެ ފަހުލަވާނުންނެއް މިޤައުމުގަ އެބަތިބިކަން ޞޯލިހު ޖެހޭނެ އަބަދުވެސް ހަނދާނުގަ ބަހައްޓަން.

  8. ޙަބަރުގެ

    ދައުވާކުރަން ފޮނުވީ ޔާނު އެހެން މީހުންނަށްވުރެ މާމުއްސަނދުވީމަ ޖޭވެގެން ޔާނު މުއްސަނދިވީ އޭނަ ގޭ ކުއްޔަށްދީގެން ލިބުނު މަހުކުލިން

    • ގާސިމްބެ

      ދެން ކީއްވެ ޔާމިނު އެ ހުރިހާ ފައިސާ ކުލީގެ ގޮތުގައި ލިބުނީމާވެސް ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް މީރާއަށް ނުދައްކަނީ؟ އަނެއްކާ ޔަޒީދު މާފުކޮށްދިނީތޯ؟ އެއްޓީމެއްވީމާ ހަމަ އަހާލީ. ވެދުން

  9. އަޒީޒާ

    މައްސަލަ ނިމެންދެން ބަންދު ނުޖެހިކަމަށްޓަކާ ޝުކުރު ކުރައްވާ. އެއީ މަނިކުފާނު ދައްކަވާފައި އޮތް މަގު.

  10. އަފީ

    މޯލްޑިވްސް ޕޮލިސް ސާރވިސްއިން ތިޔަ ކުރައްވާ ތަހުގީގްގެ ސަބަބުން ރައީސް ޔާމީނަށް މިގައުމުގައި ތާއީދު ވާނި ބޮޑު!

  11. ޒުރާ

    ރައްޔިތުން އެމްސީ ހަމީދު ބަލައި ނުގަނެ ފުލުހެއް ކަމަށް

  12. ދދ

    ރ ޔާމީނަށް ދައުވާކުރަނީ މަޖިލިސް އިންތިޚާބު
    ގަޑުބަޑުކޮށް ނާޖާއިޒް ފައިދާ ހޯދުމަށެވެ މޑޕ
    ގެ ހީލަތްތެރި ރޭވުމުގެ ތެރެއިން ހިންގާ ޖަރީމާ
    އެކެވެ

  13. ބުރިޓޯ

    ވައްކަމޭ ފޭރުމޭ ޓެކުމޭ ކިޔާގެން ރައްޔިތުން ވާވައްދާ ގެން ނުވިތާކަަށް އިންޑިއާގެ މަދަދުހޯދައިގެން ވަގުވޯޓުން ރައްޔިތުންގެ ވެރިކަންފޭރިގަނެ ގެން މާދަމާ މިގައުމު އިންޑިއާގެ ސިޓީއަކަށް ހަދަންތިކުރާމަސައްކަތް ކާމިޔާބެއްނުވާނެ. ޔާމީނު ކަތިލިއަސް އެމަނިކުފާނު ގައުމައްގެނެސްދިން ކުރިއެރުމާތަރައްގީ އެއްމިސަރުކާރަކަށް ގެހެއްނުދެވޭނެ. އަދިއެއީނުވާތަރައްގީއަކަށްވެސްނުހެދޭނެ. ތިޔަކިޔާ ވައްކަން ނުކުރާވެރިކަމެއް މިރާއްޖޭގެ ކުރިރައީސްއެއް ނެތް.އެކަމަކު ރައްޔިތުންގެބޭނުންތައް ފުއްދާނުދީ އެތައްމިލިއަން ރުފިޔާއެއް ، ނަޝީދުގެ ވެރިކަމުގަ ދިރުވާލި އާލާތުން މިއަދުވެސް ސަރުކާރުގެ އެންމެމަތީގަތިޔަތިބީ މާނަޒާހަތްތެރިބައެއްވީމަތަ؟ ރައީސްޔާމީން އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްތަކުގެކުރިން ތިއާލާތުންކޮށްފަހުރިވައްކަންތަކުގެ ވާހަކަތައް ދައްކާ އެކަމާކަރުމަރުހިފަންއެމަނިކުފާނު ނުއުޅުއްވީތިބައިގަނޑުކުރިވައްކަންތަކާ އޭގެއެއްވެސް ތަފްސީލެއް އެނގިވަޑައިނުގަންވާތީއެއްނޫންއެކަމަކު ރައްޔިތުންގެ ބޭނުންތައްފުއްދާދެއްވުން އެމަނިކުފާނައް މުހިންމުވީމަ.

  14. ތިނު

    ކަލޯ ކުރިން ޕޮލިސް ހިންގީ ޕީޕީއެމްގެ ތިބުނާއެއްޗެއްގެ ގޮތުގައި.ރަގަޅެއްނު ކުއްލި ހާލަތު އިއުލާކޮށްފައި ޖަލައްނުލާކަން ،

  15. ސީސީސީ

    ކަލޯ ކުރިން ޕޮލިސް ހިންގީ ޕީޕީއެމްގެ ތިބުނާއެއްޗެއްގެ ގޮތުގައި.ރަގަޅެއްނު ކުއްލި ހާލަތު އިއުލާކޮށްފައި ޖަލައްނުލާކަން ،