ކޮވިޑް-19ގެ އެންމެ ދަތި ދުވަސްވަރު ވެސް ރާއްޖެ ބަނގުރޫޓުނުވެ ސަލާމަތްވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރ މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ކޮވިޑްގައި ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައި ނުގަނެވި ލަންކާގެ ސަރުކާރު ވެއްޓި، ވެރިން އިސްތިއުފާ ދޭންވަނީ މަޖުބޫރުވެފައެވެ. އިއްޔެ ވެސް އެގައުމުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ކުރިޔަށް ގެންގޮސް، ރައީސާ ބޮޑު ވަޒީރުގެ ގެކޮޅަށް ވެސް ގެއްލުންދީފައެވެ. އަދި އެގައުމުގެ ސަރުކާރުގެ އިސްވެރިންނަށް ވަނީ ބަނގުރޫޓުވުމުގެ ޒިންމާ ނަގާ އިސްތިއުފާ ދޭން މަޖުބޫރުކޮށްފައެވެ.

ލަންކާގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރާއީ ވިދާޅުވީ ލަންކާގެ ހާލަތަށް ރާއްޖެ ގޮސްފައި ނުވަނީ ރައީސް ސޯލިހް އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުންކަމަށެވެ.

"ކޮވިޑުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސް ސޯލިހް، ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީ މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ އަވަށްޓެރި ގައުމު ލަންކާގެ ހާލަތަށް މިގައުމު ނުދިއުމުގެ އަސްލު." އޭނާ ވިދާޅުވިއެވެ.

ރައީސަށް ތައުރީފު ކުރައްވާ އޭނާ ވިދާޅުވީ ކޮވިޑްގެ ދަތި ވަގުތުގައި ރައީސްގެ އިރުޝާދުގެ ދަށުން، ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީ ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަރާ އިގްތިސާދު ހަމަޔަކަށް އެޅުނު އެއް ސަބަބުކަމަށެވެ. މިކަންކަމަށް ބަލާއިރު ރައީސް ސޯލިހަކީ ވެރިއެއްގެ ކުފޫހަވާ ބޭފެއްކަމަށްވެސް ރާއީ ވިދާޅުވިއެވެ.

"ވެރިއެއްގެ ކުފޫ ހަމަވޭ" ރައީސް ސޯލިހްގެ ފަހަތްޕުޅުގައި ހުންނެވި ރާއީ ވިދާޅުވިއެވެ.

ކޮވިޑަށްފަހު އަދި ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކާއިއެކު ރާއްޖެއަށްވެސް ދަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.

އެކަމަކު ސަރުކާރުންވަނީ ރާއްޖޭގައި ކުރިއަށް އޮތް 5 މަސް ދުވަހަށް ފުދޭ މިންވަރަކަށް ބޭރު ފައިސާ ހުރިކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އިންތިހާއަށް ބޮޑުވުމެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ރާއްޖޭގެ ދަރަނި ވަނީ 100 ބިލިޔަނަށްވުރެ މައްޗަށް އަރާފައެވެ.

މިހާރު ވެސް ރާއްޖޭގައި ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިގޮތުން ޒަރޫރީ ކަންކަމަށް ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް ސަރުކާރުން ބުނަނީ ހާލަތު ގޯސް ނޫން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަކުރަމް ކަމާލު

    ތިހެންނެެއްނޫވަނީ ރާއްޖޭގެ ރައްޔިތުން ހުރިހާ ކަމެއް ވަރިހަމަ ކޮންގެން ތިބޭތީ ރާއްޖެ އެފަދަ ހާލަތަކަށް ނުދަނީ މޮޅެތި ވާހަކަ ދައްކާތި

    35
    2
  2. ލަންކާ

    ކޮބާތަ އަދި ނުގޮހެއް ނެތެއްނުން އަހަރުމެން ބޭނުމެއް ނުވޭ މިޤައުމު ލަންކާގެ ހާލަތައް ދާކަށް އެހެން ނަމަވެސް މިޤައުމުގައި މިތިބަ މީހުން ވެރިކަމުގައި ތިއްބާ އެހާލަތައް ދާނެ އެއީ ޝައްކެއް އޮތް ކަމެއްނޫން ދެން ހަރުދަނާ ފިޔަވަޅަކަށް އެޅި ފިޔަވަޅެއް ނުފެނޭ ރައްޔިތުން ބިކަކޮށް ފެލާލުން ނޫން ކަމެއް އަދިނެތް ކޮށްފަ ހަގީގަތަކީ މިއީ

    39
    1
  3. މަބޭ

    ލަންކާގެ ހާލަތައް ރާއްޖެނުދިއުމުގަ ވަރައްގިނަ ސަބަބުތައްވޭ އޭގެތެރޭންއެއްސަބަބު އެމްއެމްއޭގަ އެއާޕޯޓްޑިވެލޮޕްމަންޓް ޓެކްސްގެ ނަމުގަ ނަމުގަނަގަމުންދިޔަ 959މިލިޔަން ޑޮލަރުހުރުންވެސް މިހާރު އެފައިސާވީތަނެއް ނޭންގޭކަމައް ކިޔާއުޅޭ

    34
    1
  4. އަހްމަދު

    ރާއްޖެ އެފަދަ ޙާލަތަކަށް ނުދިޔައީ މިނާގެ ދުރުވިސްނުމުގެ ސަބަބަބުން!

    9
    5
  5. ގ

    ލަންކާ ގެ ހަލާތައް ދާ ވަރަށް އިންފްލޭޝަން މައްޗަށް ގޮއްސި....

    24
    1
  6. ހުސެންބެ ބ

    ހަރުދަނާ އެއް ނުން ،ސިޔާސީ މަޤާމު މަދުނުކޮށް ރައްޔިތުން ފެލީމާ ކަޑައޭ ބުރޯ.ރައްޔިތުން ނިކުމެ މި ވެރިކަން ވައްޓާނެ

    19
  7. ާވަތުބަތާނަ

    އެހާލަތަށް ދާކަށްނޭދެން، ނޮގޮސް މިއޮތީ ކުރިން ހަރުދަނާ ބޭފުޅަކު ކޮށްފައޮތް މަސައްކަތުން އެއްކޮށްފަހުރި ފައިސާގެ ސަބަބުން މިހާރު އެއެތިކޮޅު ހުސްވެއްޖެ. ދަރަނި ނަގާނަގާ މިހާރު ދަރަނި ދޭނެ ގައުމެއްވެސްނެތް އިންޑިޔާއަށްގޮސް ހުސްވެފައިވާތީ.

    28
    3
  8. ޕޮގުބާ

    ސަރުކާރަށް ގޮތް ހުސްވެގެން ރާއްޖޭގެ ރަށްޔިތުން ފެލައިގެން ސަރުކާރު ހިންގާތާ ދެއަހަރު ވެއްޖެކަމެއް ރާއީ އަކަށް ނޭންގުނު މިވަރުގެ މީހަކު މަޖިލީހުގަ މިހުންނަނީ ހަދާނެގޮތް ހުސްވެފަ

    21
    1
  9. އިބިލީސް

    ކަލޭމެންގެ ކޮންމޮޅުކަމެއް ބާރެއް އޮވެގެން ތިޔަފުއްޕަނީ މާވަރަކަށް. އެންމެ ފަހަރަކުވެސް ﷲ ގެ އޯގާވަންތަކަން ހިތަކަށްނާރާތަ. ނޫނީ ﷲ ގެ ރަޙްމަތުންނޭ ބުނަން ބޭނުން ނުވަނީތަ

    21
    • މީ

      އާނ އަސްލުވެސް

      އަލްހަމްދުލިﷲ

      3
      1
  10. ކަންމަތީ ހޮޓަލުން

    ހުޝާމަދުކުރުމުގައި މިވަރެއްނެތް.

    18
    1
  11. މުގުރާން

    ޖީބަށްވުރެ ދުރު ނުފެންނަ މިކަހަލަ ބުރާންތިން މިގައުމުގަ ގިނަވީމަ މިހެންވަނީ !!

    14
    1
  12. ޞިއްދީގު

    ޜާއްޖެ އެހާލަތަށް ނުދިޔައީ ރައްޔިތުންގެ ސަބަބުން. ޢަދިކޮޅުގެ ލޮނު މަޑުކަމުން. ޅަންކާގެ ހާލަތުގައި ގައުމު މިއޮތީ. ޙަމަ ވިކިފައި، ދަރާފަ. ޜައްޔިތުން ނުކުމެ ޕޫލަށްވެސް އެރެންވީ އޭރުން އޮންނާނީ ހަމަ އެއް ހާލަތެއް

    12
    1
  13. ގައުމީ

    ގާތްގަނޑަކަށް އެހާލަތުގައި އޮތީ، ރައްޔިތުންގެ ތަފާތެއް އުޅެނީ، ލަންކާގައި މިތާތިބޭހެން ބަލަން ބަލާކަށް ނުތިބޭނެ

    12
    1
  14. ވަލި ކުދުރަހާ

    ކަލޭ ބޮލުރޮދި ކެނޑިފަ ހުރީމަ ކަލެޔައް އެއްޗެއް ފަހުމެެއް ނުވާނެތާ ދުވަސް ކޮޅަކުން އޮންނާނީ އެހާލަތުގަ އެހާލަތައް ދިއުމުގެ ކުރިން ރައްޔަތުން ނިކުމެ ބާލާނެ

    11
    1
  15. އަޒްރާ

    އިއްޒަތްތެރި މަޖިލިސް މެމްބަރު ރާއީއަށް ބުނެލަން އޮތީ މި ރާއްޖެ ޕަޕުއާ ނިއުގިނީއާ އެއްޙާލަތަކަށް ނުގޮސް މިއޮތީ ހަނަ ﷲގެ ކުޅަދުންވަންތަ ކަމާއި އޯގާވަންތަ ކަމުންކަން ރާއީއަށް ނުވިސްނޭހެއްޔެވެ. މިގައުމުގަ ފާޙިޝް ޢަމަލުތައް ގިނަވެ އިސްލާންދީނާ ރަސޫލާއަށް ފުރައްސާރަ ކުރުމަށްފަހު ފަހުކަމަކަށް އެއްޖިންސުން ގުޅުން ހިންގާ ލިވާތު ޢާންމު ކުރި އިރުވެސް އަހަރެމެންނަށް ކޯފާއެއް ނުފުނުއްވަނީ އެކަނލާނގެ މިންވަރު ފުޅުން ނޫންތޯ؟އިބޫ ސޯލިހު ކިތަންމެ މޮޅަސް ﷲ ދެކެ ދެނެވޮޑިގެންވޭ އޭނާ އިސްލާމް ދީނަށް ނަސްރު ނުދޭ ކަމާއި މުންކަރާތްތަށް މަނާ ނުކުރާކަން ޖަވާބްދާރި ވާންޖެހޭ ދުވަހެއް އޮތްކަން އެއިބޫވެސް ގަބޫލެއްނުކުރޭތަ؟

    13
    1
  16. ސާމީ

    ކެކެ. އެ ހާލަތައް ނުދިޔައީ ޔާމީނު ވެރިކަމުން ފޭބިއިރު 900 މިލިޔަން ޑޮލަރާ ކައިރި ކުރާވަރަށް ހަޒާނާގައި ލާރި ހުރީމަ ދެން ދެބުރަށް ރަހުނުކުރަން 25 ބުރީގެ ހޮސްޕިޓަލެއް ހުރީމަ. ހަޒާނާ ދޮވެލެވުަނީމަ ލަންކާ އަށް ވީވަރު ނުވީ.

  17. އިބްރާހީމް ރަޝީދު

    އަދި އެހާލަތަށް ދާނެ ބަލަންތިބި ބަޔަކަށް އެދުވަސް މާދުރު ނޫން މުސްތަޤްބަލެއްގައި ފެންނާނެ

  18. ޝައްފަ ރ

    އިންޑި އާ ސިފައ އިން ނެތް ނަމަ ޢެގުނީހީ!

  19. ބުޗާ

    ކަލޭތީ ކާކުތަ ތިހެން ބުނަން ކޯއްޗެއް އިގޭ މީހެއްތަ ތިޔައީ! އަބި މީހާގައި ތަޅާ އަނިޔާކުރަން ހަމައެކަނިއެގޭނީ!

  20. 1206

    އަދި ނުގޮސް ކޮބާ؟ މަޑުމަޑު މި އޮތް ދަނީ ނޫންތަ އެ ދިމާލަށް؟ އަހަރު ނިމޭންދެން ހިފަހައްޓާލެވުނަށް އެ ވާނީ ކަރާމާތަކަށް. ކަލޭ ހާސް ވާންވީ ކޮންކަމަކާ. މަހަކު ލައްކަ އެއް ކަލެއަށް ލިބޭ.

  21. ޑައެލޯގް

    ކޮބާތަ ނުގޮސްފަ ސަރުކާރުން އެއޮތީބުނެފައި ރައްޔިތުން ފެލަންޖީއެސްޓީ ބޮޑުނުކޮށްފިނަމަ ދާނެއޭ

  22. ޫުުުހހހހ

    ކޮންމެ އެއްޗެކޭޗެސް ހަމަ ކިޔަންވީ ތަނެއްދޮރެއް ބަލާ ނުލާ ރާއްޖެ ލަންކާއަށްވުރެން 200 އިން ސައްތަ ދަށައް ދާނެ