އިދިކޮޅު ފަރާތްތަކުން ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށާއި އަދިވެސް ނިކުންނާނެ ކަމަށް ރަޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ފަރާތް ތަކުން ވެރިރަށް މާލޭގައި " ހުއްޓުވާ" ގެ ނަމުގައި ބޭއްވި މުޒާހަރާ އިދިކޮޅުން ބޭނުންވި ގޮތަށް ނަތީޖާ ނެރުވުނުތޯ އާއި ދެން މުޒާހަރާ އިތުރަށް ކުރިއަށް ގެންދިއުމަށް ވިސްނާފައި ހުރީ ކޮން ގޮތަކަށް ތޯ އާއި މެދު " ވަގުތު " އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެންބަރު އަލީ ހުސެއިން ވިދާޅުވީ ރޭގެ މުޒާހަރާއަށް އެކަށީގެންވާ ވަރަށް ރައްޔިތުން މަގުމައްޗަށް ނިކުތް ކަމަށެވެ.

" ރައްްޔިތުން ނިކުންނަން ޖެހޭ ވަރަށް ރޭ ރައްޔިތުން މަގުމައްޗަށް ނިކުތް. އެގިވަޑައިގަންނަވާނެ ފަދައިން ރޭ ފުލުހުންގެ އަނިޔާވެރިކަން އިންތިހާއަށް އަށް ފެނިގެން ދިޔަ, އެހާ ވަރަށް ކަރުނަ ގޭސް ޖެހި , އެހާވަރަށް މީހުން ހައްޔަރު ކުރި " އަލީ ހުސެއިން ވިދާޅުވިއެވެ.

މި މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީންގެ މައްޗަށް ކާމިޔާބު ހޯދާ ރައީސް ޔާމީން ބަލިކޮށްފައި ކަމަށް ވިދާޅުވެ އަލީ ހުސެއިން ވަނީ މުޒާހަރާ ކުރިއަށް ދެން ގެންދާނެ ގޮތާމެދު އެއްޗެއް ދެންނެވޭނީ އިދިކޮޅު ހުރިހާ ޕާޓީ ތަކުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅުން ރޭ "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިއްޔެ ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު ވިދާޅުވީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް ރޭގެ މުޒާހަރާ ވެސް ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖސހދ

    ފަހަތަށް ޖެހޭނެ ކަމެއް ނެތޭ. ކުރިއަށް ޖރހިލާ 2018 އަށް ކެންޑިޑޭޓެއް ހޯދަބަލަ. ނައީމާއްތަ ހުށަހަޅާބަލަ ކަމުދޭތޯ.

    • ހުސޭނުބޭ

      ތިކަންވާނީ ސްޕްރީމްކޯޓަށް ހެދިހެން އީސީ ގަނެލައިގެން. ސޭޓް އެކަން ކޮށްފާނެ.

  2. Anonymous

    ކަލޭމެން ފަހަތަށްނުޖެހި ކިތައްމެވަރަކަށް ކުރިއަށް ޖަހާއިގެން ނުކުތަށް ވާނެ ފައިދާއެއްނެތް، މޮޔަރައްޔިތުންކޮޅެއް ހައްލާލައިގެން ގުބޯ ހެއްދުންނޫން އެހެންކަމެއްނެތް؟ ކަލޭވެސް މާ ބޮޑާވެގެން އަނގަފުޅާކޮށްގެން އުޅޭވައްތަރުން ހީވޭ ޓެރެރިޒަމްގެކުށުގެ ދަޢުވާ ސާބިތުވެ ލަހެއްނުވެ ޖަލުހުކުމެއް ތަންފީޒުކުރަން ޖެހިދާނެހެން

  3. އަސްލެ

    އެއްގޮތަކަށްވެސް ފަހަތަށް ޖެހޭނެ ކަމެއް ނެތް. އަހަރެމެން ކަލޭ ފަހަތަށް ކޮއްޕާ ގަޅުވާލާނީ އިނދަ ޖެހޭ ގޮތަށް.

  4. ކޮސްބެ

    އަނގަނޮގޮވާ ރޭގަ ހަތްޔަރު ކުރި މީހުން ސަލާމަތްކުރަން އެހީތެރިވާންވީ ކަލޭމެންގެ ބަހަށް އިޖާބަތީގެން ދަންތުރައިގަ ޖެހުނީ ޖުމްހޫރީ މައިދާނަށް އަރާށޭ އިރުކޮޅަކުން ގުޅޭނޭ ގުޅޭނޭ އުފާވެރި ހަބަރެކޭ ކިޔަކިޔާގެން

  5. ތޫބާ

    ކަލޭފަހަތައްނުޖެހުނަސް ތިބުނާދީނީމިނިވަންކަންމިގައުމަށްގެންނަންލާހިކައެއްނޫން

  6. ޢަލީ

    ދެންވެސްވާނީހަމަ އެހެން އަހަރެމެން ބޭނުންވާގޮތެއްނޫން މަގުމަތިން ވެރިކަން ވައްޓާލުމަކީ، އަހަރެމެން ވޯޓުން ކާމިޔާބުކުރާނީ، އިންޝާﷲ 2018 ވެސް ދޭނީ ޔާމީނަށް.

  7. މުޙައްމަދު

    ފުންނާބު އުސް ވަކީލުންނާއު އެކަމަކު ގާނޫނާއި ޙިލާފު ކަންތަށް ކުރުމާއި ރައިޔަތުން އެކަން ކުރުމަށް ހިއްވަރު ދިނުންނޫން ކަމެއްނުކުރޭ ސްކޫލަށްދާ ކުޑަކުއްޖާއައްވެސް އެގޭ މާލޭގެ މުޒާހަރާ ކުރަން ވަކިތަނެއް ކަޑައަޅާފައިވާކަން

  8. Anonymous

    ދެން އަނެއްކާ ތާރީޚް އިއުލާނު ކުރަގަ. އެއީ ކުރެވޭނެ ކަމަކީ. ދެމީދާ ފެހު ބުޅަލަށް ޖެހުނު ހާލު ކަލޭމެނަށް ޖެހޭނީ. ނަޝީދު ނޫން މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ނެރެޭވޭކަށްނެތް. ނަޝީދު ނެތް ރިޔާސީ ކެންޑިޑޭޓަކަށް ހެދޭކަށް. ދެން ކުރޭ މުޒާހަރާ

  9. މީނަޔަކީ

    ޖޯކަރ އޮފް ދަ ޑިކޭޑް

  10. އަހުމަދު ހުސައިން އަލީ

    ޢަމީތު ގެޔަށް ނުވަދެ ކޮން ތާކުބާ ނިދަނީ؟ ބުނި ހަމަގައިމު ރާއްޖޭގެ ތަރައްގީ ހުއްޓުވާފަޔޭ ގެޔަށް ވަންނާނީ.

  11. އަހުމަދު އަލީ

    ރިވަރސް ގިޔަރު ހަލާކުވީތަ އައްޔާބޭ!

  12. އަނހާ!

    ކަލޯ ދެން ދޭބަލަ ރަށުތެރެއިން އެހެން ކަމެއްހޯދައިގެން އެކަން ކުރަން.

  13. ޔޫސުބު

    އަލީ ހުސޭނާ ކަލޭ އިތުރު މީހަކާ އިނދެވޭތޯ އުޅެބަލަ

  14. ކާފަ

    މިރޭ ހުރީ ކަޝްމީރު މިރުހުގެ ސްޕްރޭ. އެނގިދާނެތާ ކެތްކޮށްލެވޭނީ ކިހާވަރަކަށް ކަން. މިސޮރުމެން ތަފާތު ކުށްތަކުގައި ޖަލަށް ދާނެހެން ހީވީމާ އެކަންކަން ސިޔާސީ ކޮށް މީހުން ނެރެ ހައިޖާނު ހައްދަން އުޅުނަކަސް އެއެއް ނުހިނގާނެ. 4 ލައްކަ މީހުން އުޅޭ ރާއްޖެއަކުން އެތައްހާސް މީހުން ގެނެސްގެން މުޒާހަރާއަށް ފިޔަ އަދަދު 350 އަށް ނޭރީމާ ލަދުގަނެބަލަ. މިސޮރުމެނަށް ވެރިކަން ލިބިއްޖެއްޔާ ނުރުއްސަވާ ކޮންމެ މީހަކު ވަގުތުން އުލުބައިދާނެކަން ކަށަވަރު.

  15. ސައްޕު

    ވަންނާކަށް ނުވެސް ކެރޭނެ، ގާސިމްގެ ބޯއީ އެއް، ކިތަންމެ ބޭނުންވިޔަސް ގާސިމް ގެޔަށް ވަންނާށޭ ބުނަންދެން މަގުމަތީ ތިބެންޖެހޭނީ. މީހުންގެ ދަށުވުމުގެ ނަތީޖާ މިފެންނަނީ.

  16. ނަސީރު

    "ކަލް ދޯ ބަޖޭ" ދޯ އަނެއްކާވެސް ސަރުކާރު ވައްޓާލަން

    "ތާރީޚް ޕޭ ތާރީޚް ތާރީޚް ޕޭ ތާރީޚް" އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން

    ދިވެހިން ބުނާނަމަ "އިބިލީސް ކައިވެނި" ސަރުކާރު ވައްޓާލިން

  17. މާބުރު

    ނުކުތަސް ވާނެކަމެއް ނެތް ބޭކާރު ބައެއް ކަލޭމެންތީ

  18. ހުސޭނުބޭ

    ނުނިކުތިއްޔާ ސޭޓުއަތުން ލާރިއެއް ނުލިބޭނެ.