ނައިބު ރައީސް ފައިޞަލް ނަސީމް، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޤާއިމުކޮށްފައިވާ ލޯންޗް ފެރީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ގދ. ފަރެސްމާތޮޑާގައެވެ.
މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްޤީގެ ކުރިއެރުންތައް ލިބިގެން ދިއުމުގެ ހަގީގަތަކީ ރައްޔިތުން އެކަކު އަނެކަކާ ގުޅިލާމެހި ކުރެވޭ މަސައްކަތުންކަން ފާހަގަ ކުރެއްވިއެވެ. އަދި ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް ގުޅިގެން މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ އެއްވެސް ބަޔަކު، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތެއް ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވުން ކަމުގައި ވިދާޅުވިއެވެ.
#HuvadhooAtoll #Faresmaathodaa
Vice President @FaisalNasym inaugurates ferry system between G Dh. Faresmaathodaa and Fuvammulah City pic.twitter.com/ZQj29a4HlV— The President's Office (@presidencymv) February 8, 2019
މިގޮތުން، ސަރުކާރު ހިންގުމުގެ ކަންކަމުގައި ސާމިލުވާ ހުރިހާ ފަރާތްތަކަކުން ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ނައިބު ރައީސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މުސްތަޤުބަލުގެ ޖީލަކީ ވަރުގަދަ، ޤައުމިއްޔަތެއް ދިރުވައިދޭނެ، ޤައުމަށް ތަރައްޤީ ގެނެސްދޭނެ ޖީލަކަށް ހެދުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ނައިބު ރައީސް ފަރެސްމާތޮޑާއަށް ކުރެއްވި މިޒިޔާރަތުގައި އެރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ޢެއްވެސް ކުއްޖަކު ބާކީ ނުކުރާ ތައުލީމީ ސިސްޓަމެއްވެސް މިގައުމުގައި އޮވޭ. ޚައްސަ އެހީއަށް ބޭނުންވާ ކިތައްކުދިންގެ ބެލެނިވެރިންތޯ ރޮއި ރޮއި ގޭގައި އެތިބީ. ސްކޫލަކުން ބަލައެއް ނުގަނޭ. ތަމްރީން ދީފައި ތިބި ޓީޗަރުންނެއް ނެތް.
ތިދެމެދު ބްރިޖެކޭ ދެން އަޅަންވީ