ޢާންމު ރައްޔިތުން މިއަދުވެސް ކުރަމުންދާ އެންމެ ބޮޑު އުންމީދަކީ، ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޢަދުލު އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ޝަރުޢީ ދާއިރާ އިސްލާހް ކުރުމަށް ޖުޑީޝަލް އެކަޑަމީން ބާއްވާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފަނޑިޔާރުގެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް ކަމަށާޢި މި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން ކަމަށެވެ.

ޤާނޫނުއަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދީފައިވަނީ، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ކޯޓެއްވެސް، މިނިވަންކަމާ އެކު ހިންގޭނެ ގޮތަށްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފަނޑިޔާރުގޭގެ ކޮންމެ ކަމެއް ވެސް ހުންނަންވާނީ، އެ ކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކަމަށެވެ.

"މި ރާއްޖޭގައިވެސް، ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމުގައި، ދައުލަތުގެ ތިން ބާރުގެ ތެރެއިން، އެންމެ މުހިންމު ބާރަކަށްވެފައި މި އޮންނަނީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު. ފަނޑިޔާރުގެ މިނިވަން ވާންޖެހެނީ މި ސަބަބަށްޓަކައި. ޤާނޫނުއަސާސީ އެކުލަވާލާފައި އޮތީވެސް، ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށް. އެހެންކަމުން ފަނޑިޔާރުންނަކީ ވެސް، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީކުރެވެންޖެހޭނެ ބައެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޝަރީޢަތްތައް ހުޅުވައިލުމަކީ ފަނޑިޔާރުގޭގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން ކަމަށާއި އެއީ އިންޞާފު ހޯދަން ދާ މީހާގެ އަދި މުޅި މުޖްތަމަޢުގެ ޙައްޤެއް ކަމަށެވެ.

"ފަނޑިޔާރުގެއަކީ ވެސް، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާ ނަމަ، ފަނޑިޔާރުގޭގެ މިޞްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ، ރައްޔިތުންގެ ވެރިކަމެއްކުރާ އިރު ރައްޔިތު މީހާއާ އެންމެ ރައްޓެހި އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެ. އެ ތަންތަނުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާންވާނީ ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތަށް" ރައީސް ވިދާޅުވިއެވެ.

ބާރުތައް ވަކިވެ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުގެ އަސާސަކީ، ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށް ފަހު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން މި އަންނަނީ، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯދައިދިނުމުގެ މަސައްކަތް" ރައީސް ވިދާޅުވިއެވެ.

މިއަދު މި ފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެވެސް އެންމެ އިސް އަމާޒަކަށް ހައްދަވަންވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ތިޔަ ފަނޑިޔާރުންނަށް. ރައްޔިތުންގެ އުންމީދުތައް ޙާޞިލްވާނީ ތިޔަ ފަނޑިޔާރުން ނަޒާހަތްތެރިވާ މިންވަރަކުން. ރައްޔިތުންގެ ޙައްޤުތައް ގުޅިފައިވަނީ ތިޔަ ފަނޑިޔާރުން އިއްވަވާ ޙުކުމްތަކާ" ރައީސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ނެތިގެން މިއުޅެނީ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ނޫނެވެ. ޙަޤީޤަތުގައި ގެއްލިގެން މިއުޅެނީ، އަޅުގަނޑުމެންގެ އަމިއްލަ ޒާތުގައި ހުންނަންޖެހޭ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި، އަދި އެހާމެ ޤަދަރުވެރި މަސްއޫލިއްޔަތަކަށް ވާންޖެހޭނެ. ޤައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވަނީ، ފަނޑިޔާރުގޭގެ ނިންމުންތަކާ" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ހުރިހާ ވަޢުދެއް ފުދި ނިމިއްޖެ.

  2. މޮހޮނު

    ވެރިކަމަށް އެރުމަށްފަހު ލަދުހަޔާތް އަރުއްވައިގަންނަ ގޮތެއްވެސް މިހާރު ބަލަންވެއްޖެ. ތިވަރަށްދެން ފަނޑިޔާރުގެއަށް މީހަކަށް އަތްބޭނޭނީ.

    11
  3. ކަރުނަ

    އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرم ންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ.

  4. ޢަފްލާ

    ޝަރުޢީ ދާއިރާ އައް ނުފޫޒް ނެތްނަމަ ކަލޭ ވެރިކަމައް ނާންނާނެ ޖަލުކުދިން ދުލެއްނުކުރާނެ ޙުކުމް ބާތިލެއްވެސް ނުކުރާނެ

    12
  5. އަން

    ފަޑިޔާރުގެ އިންސާފްވެފައިވާމިންވަރަކީ ކޮންޕިޔުޓަރ ސިސްޓަމަށް ނުފޫޒް ފޯރުވާތީވެ މީހަކު ޖަލައް ގެންގޮސްފި. ކިހިނެއް ރަގަޅުވާނީ މަކަރާ ހީލަތުން ވެރިކަމަށް އައިސްފަ އެހެރީ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ.

  6. އިންސާފޯ

    ތިއޮތީ އިންސާފު ގާއިމު ކުރެވިފަ. ހަމަ އެކަނި ޔާމީން ޖަލަށް ލައިގެން ތިޔަކިޔަނީ ކީކޭތޯ؟. އެ ފައިސާ ޖަމާވި އެންމެނަށް އެއް އުސޫލަކުން އަމަލުކުރައްވާ! މިހެން ބުނާއިރު އެނގޭ މަދާމާ އުޅުއްވާނީ މެރަތަން ނޫނީ އެކަހަލަ ކޮންމެވެސް ކަމެއްގަ ކަން. މިބޭބެއަށް ތަރައްގީ އަށްޓަކައި އެންމެގާކޮޅެއްވެސް އެޅޭނެބާ!

    10
  7. ވިސްނާ

    ރައީސް ގެ ތިވާހަކަފުޅުތަށް އުއްމީދީއަކަސް ބަޔަކު އެބަގޯސް ހައްދަވާ. ބައްލަވަން ނުހުންނަވާ ފިޔަަވަޅު އަޅުއްވާ އިސްލާހު ކިރައްވާ. ތިޔައީ ރާއްޖެތެރޭ ރައީސް އަކަށްވުމުން ބަޔަކުމީހުން ބޮނޑިއެއް ދޭން މަސަތްކަތް ކުރާނެކަން ވިސްނެވުން

  8. ތެދު

    ތިބޭފުޅުން ބޭނުންވާ ހުރިހާ މީހުން ރިސްވަތު ދީގެން ޖަލުންނެރެފިން ދެއްތޯ..އިލެކްސަން މެމްބަމެމްބަރުންނައް ރިސްވަތުދީދެން އިންތިހާބް ދަމަގަތްފިން.....މީހެއްކާއި ގަރީނާހުރިކަންތައްތައް..

  9. މަސްވެރިޔާ

    ރައީސެވެ. މިއީ ސަދޫމު ސަހަރުފަދަ އަދުލު އިންސާފްއޮތް ތަނެއް ނުންތޯ. އިއްޔެ ރައީސް ޔާމިން ޖަލަށްލީ ސީދާ ސިޔާސީ ނުފޫޒުގެ ތެރެއަށް އަތްބާނާއިގެން ޕީޖީއާއި ގުޅިގެން ފަނޑިޔާރަކަށް ނުފޫޒާއި ނުބާ ވިސްނުން ފޯރުކޮށްދީގެންކަން ވަރަށް ގިނަ ރައްޔިތުން ޤަބޫލްކުރޭ. ފަނޑިޔާރުންތެރޭ ރަގަޅު ބޭފުޅުން ތިއްބަސް ކޮންމެ ސަރުކާރަކުންވެސް ނުފޫޒު ފޯރުވާ އަދި ސިޔާސީ މީހުންގެ ކަޅު ފައިސާއިން ރަގަޅަށް ކުޅި ހިންގާ. ތިއީ ފެއިލްވެފަ ހުރި ރައީސެއްކަމަށް ހުރިހާ ރައްޔިތުން ބުނަންފަށާއިފި. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރ.ޔާމިންވެސްގެ ދައުރު މީހަކު ޖަލަށްލީ ތިކޯޓްތަކުން މުއްދަތު ޖަހާއިގެން ދެން ތިބާގެ ސަރުކާރުން އެއް ފޯމިއުލާއެއްނުންތޯ ބޭނުންކުރަނީ. ބަފާބެ 19 ދިވެހިންގެ ލޭ އޮހޮރުވި ހާދިސާގެ ބަދަލް ތިހިފަނީ .އޭނާ ޖަލަށްލީ މައުމޫނު.. ނަމަވެސް ތިބާއަށް އޭނާ އަތުނުޖެހުނީމަ ޔާމިނަށް އަދަބްދެނީ. ވިސްނާށެވެ. ޤައުމު އިސްލާހުވާނީ ތެދުވެރިންނަށެވެ. ތިބާވަނީ އަދީބުގެ ވޯޓްގެ ކަޅުފައިސާގައި ނުޖެހިތޯ.

  10. ޑައެލޯގް

    ކިނބޫ ތިޔަކަން ކަލޭވެސް ނުކުރާނެ. އެހެންނަމައީ އަންނި ދޫކުރަން ކަލޭ ފަޑިޔާރުގެއަށް އަތް ނުބޭނިސް، އަންނިއަކީ ފަހަރުގައި 13 އަހަރުގެ ޓެރަރިޒަމް ކުށް އިންސާފުނޫންކަމުގައި ވެދާނެ ނަމަވެސް ގާޒީއެއް ވަގަށްނެގުމުން ކޮންމެވެސް ވަރެއްގެ ހުކުމެއް 3 އަހަރުނަމަވެސް އަންނަންޖެހޭއިރު ތިހުރީ އަންނި ދޫކުރަން ކޯޓަށް އަތްބާނާފަ ދެންކިހިނެއް ތިކަންވާނީ

  11. މުހައްމަދު އަހްމަދު

    އިބޫ! ކަލޭ މަކަރުވެރި ވާހަކަ ނުދައްކާ. އަބަދުވެސް ފަނޑިޔާރުން ކަންކުރާނީ ނުފޫޒުން. މިފަހަރު ކަލެއާއި، އަންނިގެ ނުފޫޒު. ޕާޓީތަކަށް ގޮނޑިތައް ބަހަން އެއްބަސް ނުވާ ކަމަށް ބުނީވެސް ކަލޭ. ވައުދާ ޚިލާފު ވުމަކީ މުނާފިގުންގެ ސިފައެއް.

  12. ބެއްޔާ

    ރައީސް މީހާއަށްވެސް އިނގޭނެ ކޯޓުތަކުން ނެރެފައިވާ ޙުކުމްތައް ހަމަ އެކޯޓުން ހެނދުނު ހޭލައިގެން އައިސް އަނެއްކޮޅަށް ޖެހީމަ އޭގަ މައްސަލައެއް އުޅޭކަން. ރައީސްމީހާ ބޭނުންކަންތައް ކޯޓުތެރެއިން ބޭނުންވީމަ ދެންވީ ކޯޓުތައް އިސްލާހުވެ ހަމަމަގުގައިތިބުން.

  13. ނުރަބޯ

    މުސްލިމުންނޭ ކިޔައިގެން ތިބި، މިވަރުގެ ލަދެއް ބިރެއް ނެތް ބަޔަކު އަދި ނުދެކެމެވެ. އެހެނީ ޢަދުލު އިންސާފުގެ ދާއިރާ މިހާރު ވަނީ މި ރީނދޫ ބައިގަނޑުގެ ކުޅޭއެއްޗަކަށް ވެފަ ކަމާ، އެ ދާއިރާގެ ތެރެއަށް އަތްބާނައިގެން، ފަނޑިޔާރުން ނަށް ބިރުދައްކައިގެން ބޭނުންވާހާ ކަމެއް ބޭނުންވާހާ ގޮތަކަށް ކުރަމުންދާކަން އެންމެންނަށް އެނގޭ އިރުވެސް ބަސްމަގު މިހުންނަނީ މާ ރީތިކޮށެވެ.

  14. އަލީހަމީދު

    ރައީސެވެ. މިއީ ސަދޫމު ސަހަރުފަދަ އަދުލު އިންސާފްއޮތް ތަނެއް ނުންތޯ. އިއްޔެ ރައީސް ޔާމިން ޖަލަށްލީ ސީދާ ސިޔާސީ ނުފޫޒުގެ ތެރެއަށް އަތްބާނާއިގެން ޕީޖީއާއި ގުޅިގެން ފަނޑިޔާރަކަށް ނުފޫޒާއި ނުބާ ވިސްނުން ފޯރުކޮށްދީގެންކަން ވަރަށް ގިނަ ރައްޔިތުން ޤަބޫލްކުރޭ. ފަނޑިޔާރުންތެރޭ ރަގަޅު ބޭފުޅުން ތިއްބަސް ކޮންމެ ސަރުކާރަކުންވެސް ނުފޫޒު ފޯރުވާ އަދި ސިޔާސީ މީހުންގެ ކަޅު ފައިސާއިން ރަގަޅަށް ކުޅި ހިންގާ. ތިއީ ފެއިލްވެފަ ހުރި ރައީސެއްކަމަށް ހުރިހާ ރައްޔިތުން ބުނަންފަށާއިފި. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރ.ޔާމިންވެސްގެ ދައުރު މީހަކު ޖަލަށްލީ ތިކޯޓްތަކުން މުއްދަތު ޖަހާއިގެން ދެން ތިބާގެ ސަރުކާރުން އެއް ފޯމިއުލާއެއްނުންތޯ ބޭނުންކުރަނީ. ބަފާބެ 19 ދިވެހިންގެ ލޭ އޮހޮރުވި ހާދިސާގެ ބަދަލް ތިހިފަނީ .އޭނާ ޖަލަށްލީ މައުމޫނު.. ނަމަވެސް ތިބާއަށް އޭނާ އަތުނުޖެހުނީމަ ޔާމިނަށް އަދަބްދެނީ. ވިސްނާށެވެ. ޤައުމު އިސްލާހުވާނީ ތެދުވެރިންނަށެވެ. ތިބާވަނީ އަދީބުގެ ވޯޓްގެ ކަޅުފައިސާގައި ނުޖެހިތޯ.
    މުސްލިމުންނޭ ކިޔައިގެން ތިބި، މިވަރުގެ ލަދެއް ބިރެއް ނެތް ބަޔަކު އަދި ނުދެކެމެވެ. އެހެނީ ޢަދުލު އިންސާފުގެ ދާއިރާ މިހާރު ވަނީ މި ރީނދޫ ބައިގަނޑުގެ ކުޅޭއެއްޗަކަށް ވެފަ ކަމާ، އެ ދާއިރާގެ ތެރެއަށް އަތްބާނައިގެން، ފަނޑިޔާރުން ނަށް ބިރުދައްކައިގެން ބޭނުންވާހާ ކަމެއް ބޭނުންވާހާ ގޮތަކަށް ކުރަމުންދާކަން އެންމެންނަށް އެނގޭ އިރުވެސް ބަސްމަގު މިހުންނަނީ މާ ރީތިކޮށެވެ.

  15. އަލި

    ޖުޑީޝަލް ކޮމިޝަން އެކުލަވާލީ، ގާނޫނު އަސާސީގައި މިމީހުން ލިޔުނު ގޮތަށް މީނާވެސް އިނދެގެން އަދި ވޯޓް ވެސް ދީގެން، އެކަމު ރޭގާ މިބުނަމީ އެތަން އެކުލަވާލާފައިވާނީ ގޯސް ކޮންނޭ އަޅެ ގާނޫން އަސާސީ އަށް ހުރުމަތްތެރިކޮށް ހިތަން ހުވާކުރީ ހުވަޔާ ތިޔަ ޚިލާފު ވެވެނީ. އެކޮމިޝަން ބާއްވަން ވީ ނޫންތޯ ރައީސް އޮފީހުގައި..... އޭރުން ފަނޑިޔާރުންނަށް އިންސާފު ވެރި ވެވޭނީ

  16. އަލީހަމީދުއައްޔަ

    ހަޔަތްކުޑަކަން ކައްކާދަންނަންތަ އެއީ ތެދެއްތަ މީވާހަމަ ފިސާރި ލަދެއްހަޔާތެއްނެއްމީހެއް