މައްސަލަތަކުގައި ހުކުމް ކުރުމުގެ ބާރާއި އިހްތިޔާރު ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަމާ އެކު މިހާރު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ރައްދު ދެއްވައިފިއެވެ.

އަލީ ހުސެއިން ރައީސް ސޯލިހަށް ރައްދުދެއްވައި ވިދާޅުވީ ރައީސް ސޯލިހް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރަން ވައުދުވެގެން ކަމަށެވެ. ނަމަވެސް އަދިވެސް އެކަން ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވދާޅުވީ މިއަދު ވެސް ޖުޑީޝަރީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. "ޖުޑީޝަރީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގެ ދަށުގައި. ގިނަ ފަނޑިޔާރުން ތިބީ ނުހައްގުން ސުލޫކީ ވެދާނެތީ ބިރުން." އަލީ ހުސެއިން ވިދާޅުވިއެވެ.

ގިނަ ފަނޑިޔާރުން ތިބީ ނުހައްގުން ސުލޫކީ ވެދާނެތީ ބިރުން ކަމަށް އަލީ ހުސެއިން ވިދާޅުވިއިރު ޖޭއެސްސީ އިން ވަކި ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލައި، އަނެއްބައި ފަނޑިޔާރުންގެ މައްސަލަތައް ނުބަލައި ލަސްކުރާ ކަމުގެ ތުހުމަތާއި، ބައެއް ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވި ނަމަވެސް ހަމަހަމަ އުސޫލަކުން ފިޔަވަޅު ނާޅާ ކަމުގެ ތުހުމަތު ވަނީ ޖޭއެސްސީގެ މައްޗަށް ކުރެވިފައެވެ.

ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ ގާނޫނީ އިމުގެ ތެރެއަށް ރުޖޫއުވެ ގާނޫނީ ތަރަހައިގެ ތެރޭގައި ކަންކަން ނިންމުން ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެވައުދު ނުފުއްދައި ދިގު ދެންމުމަށްފަހު އެންމެފަހުން މަޖިލީހަށް އެކަމާއި ގުޅޭ ބިލެއް ހުށަހެޅިއިރު އަދިވެސް ޖޭއެސްސީ އިން ސިޔާސީ ހުރިހާ ފަރާތްތަކެއް އުނިކުރަން ސަރުކާރުން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝާރާ

    ޢުސްތާޛް ޢަލީ ޙުސައިންގެ ތިޔަ ވާހަކަފުޅު ގިނަބަޔަކު ޤަބޫލުކުރެއެވެ.

    18
    7
  2. ޞާދު އަޙްމަދު

    ކޯޓުތައް މިނިވަން ތަންތަނަށް ހެދުމަށް އުސްތާޛް علی حسینތި ދެއްވާ އަހަމިއްޔަތުގިނަބަޔަކު ފާހަގަކުރެއެވެ

    18
    6
    • ލަނޑާ

      މިއައްވުރެން ހަމަޖެހޭނެ އެކަކައްވެސް މަގުމައްޗައް ނުނިކުމެވޭކަހަލަ ޤަވާއިދެއްހަދާބަލަ ހަމަޖެހޭތޯ ބަލާލަން ނުކުންނަން ފުުސަތު ދީބަލަ ނުކެރޭނެ ދޭކައް ހަމަޖެހުން އޮތްވަރު ފެންނާނެ މިލިޔެފަހުންނަ ކޮމެންޓްތައް ނުވެސް ކިޔަނީތަ ނުދޭނެ ދެވަނަ ދައުރެއް

  3. ނަމަސްތޭ

    ޔާމިނު މިނިވަން ވާ އިރަށް ކޯޓުތަށް މިނިވަންވީ . . ތީ ތި ނުވެގެން އުޅޭ ކަމަކީ . . ތީ ޤައުމަށް ހެޔޮއެދިގެން ދައްކާހާ ވާހަކަ އެއްނޫން ؛ އަމިއްލަ އެދުން ގަނޑު ބޮނޑުކަމުން ހަމަ

    10
    20
  4. އަހުދު

    މިއީ ކަމުދާ މީހެއްކަމުގައި މަ ހީކުރިން، ނައިބް ރައީސްކަންވެސް ދޭން އޭރު މޮޅީ މިގޮލާ އަށްކަމަށް ޤަބޫލު ކުރެވުނު، ނަމަވެސް ޤާސިމަށް އޭރުވެސް އެނގޭތީތާ މީނަ އަށް ނުދިނީ.
    ބަލަގަ، ކޮންތަނެއްތަނެތީ ރައީސްގެ ބާރު، މުޅިޤަވްމު ރައްޔިތުންޙަވާލު ކުރީ އެބޭފުޅާޔާ. މޮޔަ ނުގޮވާ، މި ޤަވްމު މިވަރުގެ ހަމަޖެހުމެއްގައިވެސް މިއޮތީ ރަގަޅު މީހާ ރައްޔިތުންނަށް ފެނިފާ އޮތީމާ. މިއަދުވެސް ނުބައި ނުލަފާ މަކަރުވެރި މީހުން ބާރު ނުލިބިގެން ތެޅޭ މަންޒަރު މި ދަނީ ފެނި ތަޖްރިބާވަމުން. ކަލޭވެސް ނުބައިން ނުބަޔަށް ބަދަލުވެގެން ނިމިގެންދާމަންޒަރު މިފެންނަނީ.

    3
    7
  5. Anonymous

    ޖޭޕީ އިން ރައީސްކަމަށް ކުރިމަތިލައްވަންވީ ބޭފުޅަކީ އަލްއުސްތާޛު ޢަލީ ޙުސައިނެވެ. ގާސިމަށް ނެތް ތާއީދު މިރާއްޖޭގައި މަނިކުފާނަށް އެބައޮތެވެ.

  6. ޜިފްރާ

    ސިޔާސީ ނުފޫޛް ނެތްތަނެކޭ ނުބުނެވޭނެ. ޤާނޫނީ ވަކީލުންގެ ފަރާތުން ޖޭ.އެސް.ސީ.ގައި ހުންނަވާ މެންބަރު އިހަވަންދޫ .މާނިޢް އަކީ އިހަވަންދޫ ކައުންސިލަށް ގާއުކި ތުހުމަތުކުރެވި ޕީ.ޖީ އިން ދަޢްވާކޮށް މިސަރުކާރުން ދައްވާ އަނބުރާ ގެންގޮސްފައިވާ މީހެކެވެ. މިހާރު ވެސް އެފް.ބީ . ގައި ސިޔާސީ ޕްރޮޕެގެންޑާތައް ފަތުރައެވެ. ހިޝާނަކަސް އޭ.ޖީ . ރިފްޢަތަކަސް އެނޫން އެންމެން ވެސް އެއްގޮތެވެ.ފިތިބާރުވެ އެޅިހާބަތަކަށް ރިހައެވެ.