ސަރުކާރު ހިންގާ ކޯލިޝަނެއް މިހާރަކު ނެތް ކަމަށާއި ވަޒީރުން ސަލާމަތް ކުރަން ޖެހޭނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ކަމަށް
ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު ލަތީފު މިހެން ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދިޔަސް ފެއިލްކޮށްލާނެކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައިއެވެ.

ލަތީފް ވަނީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލް ކޮށްލާނީ ރިޔާޒު އެކަނި ވޯޓް ލައްވައިގެންތޯ ރިޔާޒާއި ސުވާލު ކުރައްވާފައެވެ.

"މާރިޔާގެ ނޯ ކޮންފިޑެންސް ވޯޓް ފެއިލް ކޮށްލާނީ ރިޔާޒް އެކަނި ވޯޓްލައިގެންތޯ؟ ޖޮއިންޓް ޕީޓީ ގުރޫޕް މިހާރު އެބައޮތް ތޯ؟ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމާއި އެކު ކޯލިޝަން އެއްބަސްވުމަށް އަމަލެއް ނުކުރޭ. ވަޒީރު ސަލާމަތް ކުރަން ޖެހޭނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު. އެކަމާ އުޅެންވީ ހަތަރު ލީޑަރުން" ލަތީފް ވިދާޅުވިއެވެ.

މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮގްރެސިވް ކޯލިޝަނުން ބުނުމުން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރ މާރިޔާގެ އިތުބާރު ގެއްލޭފަަދަ ކަމެއްކޮށްފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަދި އެފަދަ މައްސަލައެއް ހުށަހެޅިނަމަވެސް، ފެއިލްކޮށްލާނެކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

އޭނާ މިގޮތަށް ވިދާޅުވިނަމަވެސް، އިިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ. މިގޮތަށް މިނިސްޓަރ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެގެންދިޔައެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިއްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް ވިދާޅުވީ، ޕިޕީއެމް އާއި ކޮންގްރެސް ޕާޓީގެ ފަރާތުން މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކުލްޘޫމު

    ޕީޕީއެމް 32 ، ޖޭޕީ 19 ޖުމްލަ 51 . އެއޮތީ ފާސްވެފަ ! އިންޝާއަﷲ މާރިޔަދައިތަ ބޭރުވާނެ މިފަހަރު!

    51
    5
  2. ފޮރެޝްމީޓް

    ސާބަހޭ ލަތީފޫ.... މާރިޔާ ބޭރުކުރޭ، އޭނާ ޑިފެންސް މިނިސްޓަރ ކަމައް ކުފޫހަމައެއްނުވޭ. ތީގަދަ*ާ އެއް.

    50
    3
  3. ޓިނު ޙަސަން

    މޫސުން ގޯސްވެ ނަގަން ތައްޔާރުވަމުންދާ ކަޅުވިލާގަނޑުގެ ވަރުގަދަކަން އިޙްސާސްވާތީ، ބިރުން ތުރުތުރު އަޅާވަރުން ކުރާނެ ނުކުރާނެ ކަމެއް ނޭންގި ތެޅިފޮޅެނީތޯއެވެ. އަބުދުއްރަޙީމު

    5
    29
  4. ސައައް

    އަވަހަށް މާރިޔާ ބޭރުކޭ.
    ތަންތަނަށްގޮސް އަނގަހުޅުވަން ނެގޭ މީހުން ތިވަރުގެ ވަޒީފާތަކުގައި ތިބުން ބުއްދިވެރިއެއްނޫން.

    48
    2
  5. މިގޭ

    ކޮލޯ ރިޔާޒު ހީކުރަނީ ބަޢާވާތްކުރަން ދެން ޏޫޅޭތި . ތިޔައީ ބާޢީއެއް. މާބޮޑަށް އަނގަ ފުޅާ ނުކުރާތި.ސައިޒުގައި ހުންނަވާ.

    41
    2
  6. ކުރކުރު

    ނަހުލާ ސަލާމަތް ކުރާނީ ކާކުބާ

    2
    4
  7. ކަކާ

    ލަތީފް ވެސް ހާދަ ބުއްދިވެރި ވާހަކަ ބުނެއުލޭތާ

    12
    2
  8. ނަފީސާ

    ކޯލިޝަނެއް ނެތް. ދެން އެކަމަކު ބަރިއަކަށް ސަރުކާރުގައި ޖޭޕީގެ މިނިސްޓަރުންނާ ސިޔާސީ މަގާމުތަކުގައި މީހުން އެބަ ތިބޭ. އެޔޯ؟

  9. އައި ޗެލެންޖް

    ޖުމްހޫރީ ޕާޓީއިން ތިއާ އެއްކޮޅަށް ވޯޓުލާން 5 މީހުންނަށްވުރެ ގިނައިން ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ.