މާރިޔާ އަޙްމަދު ދީދީ މިނިސްޓަރ އޮފް ޑިފެންސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަނާ އެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައިވަނީ ތަޢުރީފު ޙައްޤުވާ މިންވަރަކަށް ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

މާރިޔާގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނުމުން މާރިޔާގެ ދިފާއުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓަވައި، ދިވެހި ސިފައިންގެ ގަދަރާއި ޝަރަފު އުފުއްލަވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްޕުޅުތައް އެކަމަނާ ކުރައްވާފައިވަނީ ފާހަކުރަންޖެހޭ މިންވަރަކަށެވެ.

"މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު ޕީޕީއެމް އިން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ." އެމްޑީޕީން ބުންޏެވެ.

މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ފަރާތުން ކުރަމުންދާ މަސައްކަތް އެމްޑީޕީންް އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

މާރިޔާގެ މައްޗަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އަދި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓުދެއްވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. "ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އެހެން ޕާރޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓް ދެއްވާނޭކަން ޔަޤީންކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދަށް ބަލާއިރު އެމްޑީޕީ މެންބަރުންގެ އެކަނި ވޯޓުން މާރިޔާގެ މަގާމު ދިފާޢެއް ނުކުރެވޭނެއެވެ.

މާރިޔާއަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އިންޑިއާގެ މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ އިން ބޭނުންނަމަ މިހާރު ވެސް ރާއްޖެ ހިފިދާނެ ކަމަށް އެކަމަނާ ވިދާޅުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ދިވެހިރާޢްޖޭ ވިއްކާލުމުގައި ހޯދާފައިވާ ކުރިއެރުންތަކަށްތަ؟

    62
    1
  2. Anonymous

    މީނަމިއީ މިގައުމުދުއް ގަންދާރުންގެ ތެރެއިން އެކަކު. ގައުމަށް ގައްދާރުވުމުން ރައްޔިތުން އޭނާއަށްދޭންވީ މެޑެލްތަ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ގައްދާރުންނައްތާލާނެ.

    51
    1
  3. ޖަހާންގީރު

    ކޮންމެ ދައްޖާލަކަށް އެމް ޑީ ޕީ ތައިރީފް އޮއްސާނެ

    66
    2
  4. ސައައް

    ކަޑަ މީހެއް. ތިނޫންގޮތަކަށް ކަލޭމެން ނުބުނާނެތާ

    59
  5. މިގޭ

    ގާނޫނުއަސާސީމައްޗަށް ފައިން އެރި މީހަކު މިއަދު ކޮން ވާހަކައެއްދައްކާކަށް. މަމެން ތިޔަ ފައިދަށުލާކަށްވެސް ނުބަލާނަން.

    64
    1
  6. ައަހަރެން

    އޭ ކަލޭމެން ދެތިން މީހުންނަށް ކަމުދިޔާމަ އެނިމުނީތަ...

    52
    1
  7. ޢަމާ

    ޢިޒް ދިސް އަ ޖޯކް؟

  8. ޔޔޔ

    ސުކާޓު ލައިގެން ރާއްޖެ ވިއްކާލާ އެންމެނަށް ހައްގު

    2
    1
  9. އެހެ

    މިމީހުންނަށް މިމީހުންގެ މީހުން ކުރާ އެއްވެސް ކަޑަކަމެއް ނުފެންނާނެ. އެންމެ ކުރިއްސުރެ އެކަން އެހެން އޮވެގެން ގައުމު މިހާލަތަށް ދިއައީ.

    2
    1
  10. ޕްރައިވެޓް

    މުޅި ސިފައިން ވެސް ސޮޑު ކޮށްފި މި މާރިޔާ. އެފް. ޕީ. އައި ޑީ ލާރިގަނޑު ކޮބާ

    4
    1
  11. ނުރަބޯ

    މީސްމީހުންނަށް ތަޢުރީފު ޙައްގުވަނީ އެބަޔަކު ކުރާ ހެޔޮލަފާ ގައުމަށާ މުޖުތަމަޢަށް ފައިދާކުރަނިވި މަސައްކަތް ތަކެއްގެ ބާވަތުންނެވެ. އެގޮތުން މާރިޔާއަށް ތަޢުރީފު ޙައްގުވާންޖެހޭ ފަދަ އެއްވެސް ކަމެއް ޢަމަލުން ނުވަތަ ބަހުން ނަމަވެސް އޭނާ ކޮށްފައިވޭތޯ ބަލާ ވިސްނާ ވިސްނާ އެފަދަކަމެއް ފެންނާކަށް ނެތެވެ. ހަމަ އެކަނި ފެންނަން އޮތް ޢަމަލަކީ ރާއްޖެއިން ބޭރުގައުމަކަށް ގޮއްސަ، އެގައުމުން ބޭނުންވާ ނަމަ އެމީހުންނަށް ރާއްޖެ ހިފާ އިސްތިޢުމާރު ކުރުމުގެ މަގު ހުޅުވިފައިވާކަން އެ ގައުމަށް އަންގައިދިނުން އެކަންޏެވެ. އެއީ ތަޢުރީފު ޙައްގުވާން ޖެހޭކަމެއް ކަމަށް ބެލެވޭކަށް ނެތެވެ. ފަހަރެއްގައި ސިއްރު ޚިދުމަތެއް ދިނުމުގެ ސަބަބުން ތަޢުރީފު ޙައްގުވާނަމަ އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

    4
    1