އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އަބްދުﷲ އާޒިމް ވެސް ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، ޏ. ފުވައްމުލަކު، މައުނާ، އާޒިމް ގޭގައި މަޑުކުރަން އެންގީ، އޭސީސީން ނެރުނު ރިޕޯޓުގައި، އެސްއޯއެފްގެ އެކައުންޓުން އާޒިމްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ މައްސަލައިގައެވެ.

އާޒިމް އައިލެންޑް އޭވިއޭޝަނުގެ ބޯޑަށް އާޒިމް އައްޔަން ކުރެއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން ފެންކުންފުނީގެ ޗެއާމަން މައުސޫމް އާއި ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ގޭގައި މަޑުކުރައްވަން ވެސް ރައީސް ވަނީ އަންގަވައިފައެވެ.

އޭސީސީން އާއްމުކުރި ރިޕޯޓްގައި، ހިޔާނާތްތެރިވި ފައިސާ ނެގުމަށް ފަހު ޖަމާކުރި އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާ ކުރިކަމަށް ވަނީ ބަޔާންކޮށްފައެެވެ. އަދި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފް އިން ދީފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ބަޔަކާއި އެބޭފުޅުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޠައްޔިބު

    އިބޫއާ ، އަންނިއާ ، ޝާހިދުއާ ، އިމްތިޔާޒްގެ އެކައުންޓްތަކަށް ޖަމާވި ފައިސާވަނީ ރިޕޯޓޓުން އުނިކޮށްފަ! މަތިޖަހައިގެން ތިއްބަސް އަދި ފަޅާއަރާނެ!

    9
    1
  2. އާޒިމް

    ރައީސަށްވެސް މަޑުކުރަންވީ ތަނެއް ނޭނގޭނެ. އޮފީހަށް ނުވަނުމަށް ދޯ އެންގޭނީ

    3
    4
  3. ހަސަންބެ

    ކޮބާ 155 އެކައުންޓް ގެ ވެރިފަރާތްތަށް.

    6
    1
  4. ޖޮއްބެ

    މިވެސް ރީނދޫ ވަގެއްތާ ޕިސްޕިސްޕިސް.....!!!