އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާތީ، ވަޒީފައަށް ނުނިކުމެ ގޭގައި މަޑުކުރަން އަންގާވައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭސީސީ އަށް ހާޒިކޮށް އޭނާގެ ބަޔާން ނަގާފައިވާ ކަމަށާއި އެދެނީ މައްސަލާގައި އަވަހަށް ގޮތެއް ނިންމަވައިދެވުމަށް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރި އެސްއޯއެފް ކުންފުނިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ) ޖަމާވިކަމަށް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާތީ ދިފާއުގައި މަހުލޫފް ބަޔާނެއް ނެރެފައިވެއެވެ.

އެކަމާ ގުޅިގެން މަހްލޫފް ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ. މަހުލޫފްގެ އެ ބަޔާނުގައި ބުނެފައި ވަނީ، އެސްއޯއެފްގެ ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި، އޭނާގެ އެކައުންޓް ހިމެނޭކަން އެނގުނީ ވަރަށް ފަހުން ކަަމަށެވެ. އަދި އެކަން އޭނާއަށް އެނގުނު ހިސާބުން، ތަފްސީލާއެކު އޭސީސީއަށް އެ މުއާމަލާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ، އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ"ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، މީގެ ތެރޭގައި ހިމެނޭ ސައްހަ މައާމަލާތްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭނެގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީން އެ މައުލޫމާތު ރައްޔިތުންނަށް ސާފްކޮށްދިނުމަށް އެދޭ ކަމަށެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މަހުލޫފުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ބޯޑް މެންބަރ އާޒިމް ,ފެންކުންފުނީގެ ޗެއާމަން މައުސޫމް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ގޭގައި މަޑުކުރައްވަން ވެސް ރައީސް ވަނީ އަންގަވައިފައެވެ.

އޭސީސީއިން އާއްމުކުރި ރިޕޯޓްގައި، ހިޔާނާތްތެރިވި ފައިސާ ނެގުމަށް ފަހު ޖަމާކުރި އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާ ކުރިކަމަށް ވަނީ ބަޔާންކޮށްފައެެވެ. އަދި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފް އިން ދީފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ބަޔަކާއި އެބޭފުޅުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަހުލޫފް

    އަލުން ވަޒީފާ ނުދޭތި ދެން ބަހައްޓާލިއްޔާ ރަގަޅުވާނީ

    19
  2. ސައައް

    ފީފާގެ ވެރިންނަށް އެނގިދާނެތީ ތާނައިން ޓްވީޓް ކުރީ

    19
  3. ބޯހަލާކު

    ވަގުންގެ ވަށި ބާރައް ބަންނާނެ ކަމައް މުސްކުޅިން ބުނެ އުޅޭ އޭގެ މިސާލެއް މަހުލޫފު ތިއީ

    20
  4. ޚިޔާލު

    މަހޭ ތީ ހަމަ ބޮޑު ވަގެއް، އަންނިގެ ޕަޕެޓެއް،

    20
  5. އަލީ 02

    ވަގު ލާރި ހޯދާފައިވާ ކުންފުނިން ސައްހަ ވިޔަފާރި މުއާމަލާތް ހިންގާތަ؟

    19
  6. ހޭމަހަށި

    ހަފުތާރެސް ހަފުތާރެސް ހަފުތާރެސް ހަފުތާރެސް ބޮޑުވަގު ބޮޑުވަގު ބޮޑުވަގު ބޮޑުވަގު...

    12
  7. އަން

    ހެއްކަން ނުފޫޒު ފޯރުވާފަ ތިހިރީ

    3
    1
  8. އެލެކްސް

    ކޮބާ ކުރިން ބަޔާންނެގިއޭ ބުނި. މިފަހަރު ދިޔައީ އެބަޔާން ސަރުކާރުން ބޭނުންވާ ގޮތައް ބަދަލު ކުރަންތަ؟

  9. މފރ

    މިމީހުން ބަންދުން މިނިވަން ވެގެން ދިއުމަކީ ބޭއިންސާފުން ކުރޭވޭ ކަމެއް ކަމަށް ވެގެން ދާނީ

  10. ދޮހޮއްކޮ

    ބޮޑުވަގުމަހޭ، އިސްތިޢުފާ، ބޮޑުވަގުމަހޭ، އިސްތިޢުފާ، އަޑުބަރޭ، އިސްތިޢުފާ، ނުކިޔަވާ ވަކަރުގޭ ވަގު އިސްތިޢުފާ،

  11. ހަސަން

    އަދި ތަންކޮޅެއް އަވަސް ބަޔާންނަގަން. ދުނިޔެ ގިޔާމަތްވީމަ ނަގަންވީނު. އޭސީސީ އިން މަސައްކަތްކޮށްފައިވަނީ މި ހިޔާނާތުގައި އެމްޑީޕީ އިން ބައިވެރިވާކަން ސިއްރުކުރަން. އެމްޕީއާރސީ ގެ ހިޔާނާތުގެ ތަހުގީގު ފެށިފަހުން ޔާމީންގެ އެކައުންޓަށް 1 މިލިއަން ޖަމާކުރީ އޭނާ އެކަމުގަ ބައިވެރިވިކަމަށް ދައްކަން. އެކަމަކު ހަގީގަތުގަ އެކަންކުރީ އެމްޑީޕީ އިން. އަދި އެކަން ސިއްރުކޮށްދީފަ ވަނީ އޭސީސީ އިން. އިންތިހާބު ކުރިން މިރިޕޯޓު ނެރުނުނަމަ ޔާމީންގެ ބޮލުގަ މިކަމެއްނޭޅުވޭނެ.