އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން މެލޭޝިއާގައި ދިރިއުޅުމަށްފަހު މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެނބުރި ރާއްޖެ ވަޑައިގަތުމުންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން ލުތުފީގެ ޕާސްޕޯޓް ހިފެހެއްޓީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިނގި ފަޅުތަކާއި ރަށްތަކަށް ކުއްޔަށް ދިނުމުގެ މައްސަލަ އާއި ގުޅިގެންނެވެ. އެމްއެމްޕީއާރްސީގެ ފައިސާ ހަސަން ލުތުފީއަށް ވެސް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބު ވުމުން އެމަނިކުފާނާއި ދެކޮޅަށް މައްސަލަތައް ތަހްގީގު ކުރަން ފެށުމުގައި އިސްކޮށް ހަސަން ލުތުފީ ހުއްޓެވެ. ރައީސް ޔާމީނާއި ދެކޮޅަށް އޭނާ ފުލުހުންގެ ތަހްގީގަށް ބަޔާނެއް ވެސް ދިނެވެ. މުޅި އެމައްސަލަ ބިނާކޮށް، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމަށް ދައުލަތައް މަގުފަހިވި އެއްސަބަބަކީ ހަސަން ލުތުފީގެ ބަޔާނެވެ. ނަމަވެސް ވޮޑަމުއްލާ މައްސަލައިގައި ހެކިބަސް ދޭން އޭނާ ކޯޓަށް ހާޒިރެއް ނުވެއެވެ.

ހަސަން ލުތުފީ ވަނީ ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިހަފްތާގައި އައްޑުއަށް ވަޑައިގެންނެވިއިރު އެއާޕޯޓަށް ވަޑައިގެން މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައެވެ.

ނަމަވެސް ޕީޕީއެމްގެ ބައެއް މެންބަރުން ވެސް އަންނަނީ ހަސަން ލުތުފީ އާއި ދެކޮޅަށް މީސް މީޑިއާގައި ވާހަކަދައްކަވަމުންނެވެ. ޕީޕީއެމްގެ ސެނެޓް މެންބަރު ޒާހިދު ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ހަޔަރު މިލިއަން ޑޮލަރު ލިބުނު ކަމަށް ފުލުހުންގެ ތަހުގީގަށް ސާބިތުވެފަވާ އަދި ގާސިމް އިބްރާހިމް އާއި އިންޑިޔާ މީހުން އަތުން ދެމިލިއަން ޑޮލަރު ނަގައިގެން ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ހަސަން ލުތުފީ ބައިވެރިވި ކަމަށެވެ.

ހަސަން ލުތުފީގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. Anonymous

    މުއިއްޒު ރިސީވް ކުރަން ދިޔުމުން ތިހުރިހާ މައްސަލައަކީ، މީގެ ކުރިން ވެސް ލުތުފީ އައްޑޫއަށް ގޮސް ހުރި. މިފަހަރު މުއިއްޒު ވެފަތިއޮތީ އިމުރާނުތީގަ އަޑީގަހުރީ

    21
    5
  2. Anonymous

    އެމްއެމްޕީއާރްސީ ތަހްގީގަށް އަދީބު ހައްޔަރުނުކުރަނީ ކީއްވެތަ އެއީ ތެދު އަލިފެއްވީމާ

    25
    3
    • Anonymous

      އަދީބު ހަމަ ހުރެފަ އެކަންކަން ކުރީކީ ނޫން. އަދީބު ލައްވާ ކުރުވީ ކާކުތޯ އެހުރިހާ ބާރުތަކެއް ދީގެން. ބާރުތައް ދިންމީހާނޫންތަ ހުރިހާ ކަމެއް ކިޔާދޭން ޖެހޭނީ. މުގުލުގާ ހުރީ ހަމަ ޔާމީން.

      ޤާނޫނާ ޤަވާއިދުތައް ފުނޑާ އެންމެންގެ "ބްރޯ" ގެ ލަޤަބާ "ޚާލިދު ބްނު ވަލީދުގެ" ލަޤަބާ ނައިބުރައީސް ކަމަށް ގެންނަން ކުރި ޚުދުމުހުތާރު ގޮތްތަކާ ނިހާނުމެސް އެ ތެޅުނު ތެޅުން. އެ ދުވަސްތައް ހަނދާންވެސް ނެތީތޯ

      7
      19
      • Anonymous

        އެހެންވިއްޔާ ލުތުފީ ލައްވާވެސް ކުރުވީޔޯ ،ތިހެން ބުނެވިދާނެ ދޯ އެންމެނަށްވެސް

        14
        2
      • ޙަސަނުބެ

        ޢެހެންވިއްޔާ ވެރިކަން ބަދަލުވެއްޖެއާ އިބުރާހީމް ހާދަ ގިނަ ޒިންމާ ތަކެއްނަގާ ހާދަ ގިނަ ވާހަކަ ކިޔައިދޭން ޖެހޭނެތާދޯ ކެއްކޮށްލާ

  3. Anonymous

    ޒާހިދު ރަމީޒު ކިތަންމެ ރުޅިއަޔަސް ޒާހިދު ރަމީޒަކީވެސް އެމްއެމްޕީއާރުސީގެ ލާރި ލިބުނުމީހެއް އަނގައޮތީމަ ކޮންމެ އެއްޗެކޭ ވެސް ކީދާނެ

    18
    4
  4. Anonymous

    އިބުރާހީމަށް ވޯޓުގެއްލުން ނޫންކަމެއް ތިކަމުން ނުވާނެ. ތިހެން މީހުން ހައްޔަރުކުރީމަ ޔާމީނަށް ވެސް ވީމޮޅެއްނެތް. ލުތުފީ އާއި ގެޅުމުން ގެއްލޭނީ ދެތިން ވޯޓެއްނޫން . ހާހުން ވޯޓުގެއްލޭނެ. ތިހާ ބޮޑު ކަންތައްތައް ކޮށްފައިވާނަމަ ރާއްޖެ އަންނާނީ މުއިއްޒު ހޮވުނީމާދޯ .މީގެ ކުރިން ވެސް އައޭ ކީއްވެ އެފަހަރު ހައްޔަރު ނުކުރީ

    15
    3
  5. ޒައިދު

    ތިމައްސަލާގައި،އަޅުގަނޑު ވެސް ޕޮލިހަށް ގެންދިޔަ ،އަދި ލުތުފީއާއި ދެކޮޅަށް ދޮގު ހެކިދިނުމަށް އެދުނު. އެންމެ ފަހުން ޕޮލިސް ކުދިން މާޔޫސް ވެ ބުނެފި،މި ވޭތުވެ ދިޔަ 5 އަހަރުވެސް ،ލުތުފީ ނެތޭ މީނަޔަށް ފޯނުކޮއްފަވެސް.މީނަގެ ވިޔަފާރި އާއި ލުތުފީއާއި ގުޅުވާނޭ އެއްވެސް ތަނެއް ނުފެނެއޭ،ހިތަދޫ ޕޮލިސް ކުރިމަތީގައި ތިބެ.މަ ހަމަ ހިނި އައީ. ޗޯރު އިބްރާހިމް ތެޅޭ ފާޑުން. ބޮޑަށް މިކަމުގެ އަޑީގައި އުޅެނީ ފަހަރި އިމްރާން.

    16
    3
  6. Anonymous

    ތިޔަ ވީގޮތަކީ މިފަހަރު ލުތުފީ ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރަން އައްޑޫ ސްޓިއަރިން ކޮމިޓީއާއެކު މަސައްކަތް ކުރަން ފަށާފާނެ ތީ އެކަން ހުއްޓުވުން. އަދި މުއިއްޒު ޕްރޮމޯޓު ކުރުމަށް މަސައްކަތްކުރާތީ ބަޔަކަށް ހަޖަމުނުވީ. ތިބުނާ އެމްއެމްޕީއާރުސީގެ ލާރި ނުލިބޭ އެކަކު އެބަހުރިތޯ މޭޔަރުވެސް އެހެރީ އަދީބު ވެސް އެހެރީ ކޮބާތޯ ކުރެވުނުކަމެއް ކިޔާތީ އިވޭ އިބުރާހިމް ވެސް ހިމެނެއެ

    11
    2
  7. Anonymous

    އެމްއެމްޕ÷ީއާރސީ ޚިޔާނާތް ފައިސާ ނަގައި އެއިގެ ފައިދާ ނަގާފައިވަނީ ރ.ޔާމީނު އެކަނި ނޫންތޯ؟؟ ޢެހެންވީމަ ނޫންތޯ އެމަނިކުފާނަށް އެކަނި ހުކުމްކޮށް ޖަލަށްލާފައިވީ##

    10
    2
    • Anonymous

      ބަލަ އެކަން ހިންގި ގޮތް ތިޔާމީނަކު ކިޔާނުދީގެންނު މިވާދުވަހެއް މިވަނީ.

      2
      1
  8. Anonymous

    އިބުރާހިމް މުހައްމަދު ސޯލިހުއަށް ބުނެލަން އޮތީ ވޯޓުލާ ދުވަސް މިއޮތީ ބޯމަތިވެފައޭ . އެނިމީސް އިތުރުވާގޮތަށް ކަންކުރުމުގެ ބަދަލުގަ ވޯޓުއިތުރުވާގޮތަަށް އަމަލު ބަހައްޓާށޭ. މީސްމީހުންގެ ޕާސްޕޯޓާއި އަންނައުނާއި ފަޓުލޫނު ހިފަހައްޓަން ނޫޅެ އެއްބުރުން ކާމިޔާބުކުރަން އެދޭ ނަމަ ގޮއްމުށުން ކަންކަން ކުރަން ނޫޅޭށޭ. މަނިކުފާނުތީ އަދީބުގެ ބޯއިއެއްތޯ ސުވާލުއުފެދޭ

    13
    • ލޮލް

      ކަލޭމެންނަށް ހަޖަމުނުވާކަމެއްނަމަ އެގޯސްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ. ހިތްހަމަނުޖެހޭ ކަމެއްވާއިރަށް ރައީސްއާއި ގުޅުވާލީމަ ނިމުނީ. ގަބޫލުކުރިއަސް ނުކުރިއަސް ތިޔަ ލުތުފީއަކީ ނުހައްގު މުއްސަނދިކަން ހޯދައިގެންއުޅޭމީހެއް.

      1
      2
      • ބޮލް

        ލޮލް އަށް ބުނެލަންއޮތީ ކޮން ނުހައްގުން ހޯދި މުއްސަނދިކަމެއްހޭ؟ މައުމޫނުވެރިކަމުއްސުރެން އޭނާ އުޅެނީ ބޮޑެތި މަގާމުތަކުގަ. ނުކިޔަވާ ހުރި މީހެއްވެސް ނޫން. އިނގިރޭސިވިލާތުން ކިޔަވައިގެން ހުންނެވީ. އޭނާ އިނދެގެން އުޅެނީ މާލޭ ގެދޮރުވެރި މުއްސަނދި އަންހެނަކާ. ދެން ތިބުނާ ނުހައްގުން އޭނާ އަޅާފަހުރި ގެދޮރެއްވެސް އޭނާގެ އުފަންބިމުގަވެސް އެހެން ތަނެއްގަވެސް ނެތް. ޒާތީ ހަސަދަވެރިވުން ތިއަށްކިޔަނީ އިނގޭ!

      • Anonymous

        ކަލޭ ދެލޯ އަނދިރިނޫންކަމަށްވާނަމަ ފެންނާނެ ހަގީގީ ނުހައްގު މުއްސަނދިކަން ހޯދައިގެން އުޅޭމީހުން. ލުތުފީ ނުޖެހޭނެ ނުހައްގުން މުއްސަނދިކަން ހޯދާކަށް.އޭނާއަށް ﷲވަނީ އިލްމާއި ހިލްމު ދެއްވާފަ. ހޯދާފަހުރިއެއްޗެއް ހޯދީ ހަލާލުގޮތުގަ ވަޒީފާއަދާކޮށްގެން. އޭނާގެ އާއިލާއަކީ ވެސް އިލްމީ ދަރިންތިބި އާއިލާއެއް. ދައްތައެއް ބޭބެއެއް ކޮއްކޮއެއް ކިޔާނެކަމެއްނެތް އެއެންމެން ތިބީ ކިޔަވައިގެން ވަޒީފާތަކުގާ ބޮޑެތި މުސާރަލިބޭ ނުޖެހޭ ނުހައްގުން ކަމެއް ހޯދާކަށެއް. ލުތުފީގެ ތައްޕާހަކުން އުޅޭބައެއް ވެސް ނޫން އެއީ.

    • ކިއުންތެރިއެއް

      އަދީބު އެއީ ޔާމީނުގެ ބޯއި. އިބޫއެއީ އަދީބުގe ބޯއި

  9. Anonymous

    ހާސްކަނޑާލާ އިބުރޭއަށް ތާއީދުކޮށް އެމްޑީޕީއަށް ސޮއިކުރާހިސާބުން ތިހުރިހާ ކަމެއް އޯކޭވާނެ.

  10. Anonymous

    ލުތުފީ އައީ ވެސް ތި ގޭމަށް ރެޑީވެެގެންނޭ ކިޔާތީ އިވޭ.

    10
  11. ރެކިފުތާ

    މަބުނީ މިސަރުކާރުން ހައްޔަރުކުރާނެ ކަން އެނގި ހުރެ އެއްވެސް މީހަކު ނައަންނާނެ ދޯ ކުއްވެރިއެއް ކަމަށްވަންޏާ. ތީ އަދި އެހެންކަމެއް. މީހުންގެ އަބުރު ކަތިލުން އެއީ މިހާރު އާންމު ކަމެއް.

  12. Anonymous

    މީހުން ހައްޔަރުކޮށްގެން ވެރިކަމަށް އާދެވޭނެނަމަ ޔާމީން އަބްދުލް ގައްޔޫމަށް ވެރިކަމަށް އާދެވުނީސް. މާޒީން އިބުރަތް ހޯދުމަށް އިބޫސޯލި ނޫޅޭ ކަން ދޭހަވޭ . ސުވާލަކީ އިބޫސޯލިތޯ ވެރިކަން ކުރަނީ ނޫނީ ހޯމް މިނިސްޓަރުތޯއޭ؟

    8
    3
  13. Anonymous

    ހެޔޮ އެންމެން ހައްޔަރުކޮށް އުލުބޭންދިޔަސް އިބުރާހީމަކަށްދޭނެ ވޯޓެއްނެތް މިފަހަރު ތިޔަވީ ގޮތުން ވޯޓުލާނީ އަންނި ޕާޓީއަށް. މިއުޅޭ ބައެއް ޕީޕީކުދިންވެސް ވަރަށް ދެފުއްކެހެރިކަން ފާހަގަކުރެވޭ.

    9
    1
  14. އހ

    ރައީސް ޔާމީން އާއި ދެކޮޅަށް ހެކިބަސްދޭން ސަރުކާރުން ވަނީ ބޮޑެތި ޑީލްތައް ހަދާފައި. އެކަމަކު އެއްވެސް ޑީލެއް ގަބޫލު ނުކޮށް ލުތުފީ ދިޔައީ. މިހާރު ތިފެންނަނީ އޭގެ ނަތީޖާ.

    13
  15. ކާޕެޓު

    އޭސީސީގަ ލުތުފީ ހުރިއިރު ޒާހިދުގެ ޕްރޮޖެކްޓަކަށް އޭސީސީއިން ހުރަސްއެޅުމުން ސީދާ ލުތުފީ ކާރިއަށް ދިޔުމުން ވެސް ޒާހިދުގެ ބަހެއް ލުތުފީ ނޭހި. އޭގެފަހުން ޒާހިދު ލުތުފީ ދެކެ ވަރަށް ރުޅިއާދޭ. އެނިމޯސިޓީ ފެށުނު ހިސާބަކީ އެއީ. އެހެންވީމަ ޒާހިދު ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް. އަދީބު ބުރޯ ގެ ބޯއިއެއް ޒާހިދަކީވެސް. ހަގީގަތް ފޮރުވަން އުޅޭނެ ކަމެއްނެތް.

    8
    2
  16. ނާދިރާ

    ތިކަލޭގެއާއި އޭރުގެ ކޮމިޝަންގެ ނައިބުރައީސްވެގެން ކޮމިޝަންތެރޭ ހިންގާފައިހުރި ޖަރީމާތައްވެސް ބަލާތި. އެކި މުވައްސަސާތަކުގެ މުވައްޒަފުންގެ ނަމުގައި މައްސަލަތައްވައްދާ އެމުވައްޒަފުންގެ ކައިރިއަށް އެޖެންޓުންފޮނުވާ މައްސަލަ އޮއްބާލުމަށް ރިޝްވަތުނަގަމުން ގެންގޮސްފައިވަނީ ފާޅުކަން ބޮޑުގޮތެއްގައި. މިވެރިންގެ އެޖެންޓަކީ ހަލީލު. 5އަހަރު ފިލައިގެން އުޅެފަ ވޯޓުލާން 15 ދުވަހަށްވީމާ ރާއްޖެމިއައިސް މުއިޒުފަހަތަށް އެރިޔަސް އިންސާފުގެ ދިގުއަތް އަރާ ހަމަކުރާނޭކަން ދަންނާތި. ކަޅުކާރުގައި ރިޝްވަތުނަގަމުން މާލެވަށާ ދުއްވިދުވަސް ހިނގައްޖެ.

    • ކަޅުކާރު

      ނާދިރާ ދައިތާ ކޮބާތަ ވަގުންގެ މޭސްތިރި އަދީބު އޭނާވީ އިބުރާހީމު ސިންގަޕޫރަށް ފޮނުވާލާފަ އިންތިހާބުގައި ވާގޮތެއް ބަލާފަ އޭނާ އަންނާނީ އޭނާގެ މައްސަލަ ބަލަންނުޖެހޭތަ

    • ރަން ރީނދޫ

      ހަމަ އެއްކަމެއްވެސް ނުވާނެ. ބިރު ދެއްކި ދާނެ. ލުތުފީ ފިލައިގެން ނޫލޭ.ބޭރުގައި ހުއްޓަސް މައްސަލަ ބެލިދާނެ. މިއީ މިރާއްޖެ އައި ފުރަތަމަ ފަހަރެއް ވެސް ނޫން.

  17. ހުސޭނުބޭ

    ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ސޯލިހޭ ކިޔާ މީހަކަށްވެސް 37 މިލިއަން ލިބުނު. އޭނާގެ ޕާސްޕޯޓް ހިފަހައްޓަނީ ކޮން އިރަކުން.

  18. އަހަންމަދުު

    އަވަސްކޮށްބަލަ!

  19. އަބްދޫ

    ހުރިހާކަމއް ހިންގީ އަދީބު އާއި ފާތުމަ ގޮއްޔެ . ޔާމީނަށް ވުރެ ފާތުމަ ހުރީ މާމަތީގަ ޔާމީނަށް އަމުރުކުރާ މީހަކީ ފާތުމަ. ހުރިހާކަމެއް ގޯސްވީ މިހެންވެ. އެމެކަމެއް ބުނެލާލަން އިލެކްސަން ކޮމިސަން ޔާމީނު ނިންމީ ހޯރަފުށީ މާހރު ރައިސްކަމަށް ހަމަޖައްސަން ފާތުމަ ނިންމީ ސަރީފް ބާކީވީ އެންމެފަހުން މާހރު ދެންވިސްނާލާ.

  20. ޕާސްޕޯޓް

    ކަޅު ދަބަހުގައި ދިޔާ ތަކެތި އުފުލި ގްރޫޕް ކޮބާ