ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު، އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލް ތެރެއަށް ވަދެ އަޑުގަދަ ކުރި މައްސަލަ ބަލަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އައިޖީއެމްއެޗް ތެރޭގައި މުޒާހަރާ ކުރުމަކީ ދުވަހަކު ވެސް އެމްޑީޕީން ކުރި ކަމެއް ނޫން ކަމަށެވެ.

"އިދިކޮޅު ސަޕޯޓަރުން އައިޖީއެމްއެޗަށް ގޮސް، އަޑުގަދަ ކުރުމުން، ވަރަށް ގިނަ ބަޔަކަށް އެކަމުގެ އުނދަގޫ ކުރިމަތިވި , އައިޖީއެމްއެޗަށް އެއްވެ އަޑުގަދަ ކުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަން " އަފްޝަން ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ގޮވަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ޔާމީން، އައިޖީއެމްއެޗް އަށް ގެނައުމާއެކު އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ހޮސްޕިޓަލް ތެރެއަށް ވަދެ އަޑުގަދަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.

ހޮސްޕިޓަލު ތެރޭގައި މުޒާހަރާ ކުރި މީހުންގެ ތެރޭގައި ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އައިޖީއެމްއެޗަށް އެއްވި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ހޮސްޕިޓަލްގެ ތެރޭގައި ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުތާ

    އެމުޑީޕީން ދުވަހަކުވެސް މުޒާހަރާއެއް ކުރިތަ ؟ މުޒާހަރާ ދަނޭތަ؟ ޏަސީދު ސޯ ގެ ވެރިކަމުގައި ވެރިކަން ކުރަމުން މުޒާހަރާ ކުރަމުން ، މެރިކަމުން އިސްތިއުފާ ދެއްވި އިރުގަވެސް މުޒާހަރާ ، މި އަދު ލަދު ގަންނަން ޖެހޭ ، ސޯލިހުބޭގެ ވެރިކަމުގައި ވެސް ބަލަން ތިބޭތި ވާ ގޮތް ، ގަންޖާޒީންގެ ބަރުލަމާނީ ސިސްޓަމް ގެން ނަން ކޮންމެފަދަ ކަމެއް ވެސް ކުރާނެ ދަރިޔާ ! އެކަމަކު ﷲ ގެ ކުޅަދުން ވަންތަކަން މާބޮޑު ، މޯދީގެ އަތްބޮނޑިޔަށް މިގައުމު ހެދިޔަކަ ނުދޭނަން އިންޝާ ﷲ މި އީ މަގޭ ވެސް ގައުމް

  2. ވޯޓްވަގު

    އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެމަޑީޕީ އުޅެނީ ދަލުބޭރުން ޖެހިގެން ޑިމޮކްރަސީއެއްގައި ކަންކުރަންޖެހޭގޮތް އެއީ އެމްޑީޕީ އިން ކަންކުރިގޮތް ބަލަންޖެހޭކަމެއްނޫން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެއްވެސް އިރެއްގައި އެމްޑީޕީ ޤަބޫލެއް ނުކުރޭ، އެހެންނޫނަސް ރޭ ޔާމީނާ ބައްދަލުކޮށްލަން ހޮސްޕިޓަލަށްދިޔަ އެމަނިކުފާނުގެ ސަޕޯޓަރުން އެތަނުގައި އަޑުގަދަކުރީ ފުލުހުން އެމީހުންނަށް އަނިޔާކޮށް މިރުސްފެންޖަހާ ހެދުމުން، ދެންއިތީ ޅިޔަނުގެ އިސްތިއުފާއަށް ގޮވި ސަބަބު، އެކަމާ ބުނަންޖެހެނީ އެއީ އެއްވެސް މީހަކަށް އޮޅިފައޮތް ކަމެއް ނޫނޭ، އެކަން ސާފުކުރަން ބޭނުމިއްޔާ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އީސީ މެމްބަރުންގެ އެކައުންޓަށް ވަދެފަހުރި ރިފިޔާއާއި އެފައިސާ ލިބުނުގޮތެއް ބައްލަވާލައްވާ،

  3. ޝަހީދު

    ޕީ.ޕީ.އެމްގެ ސަޕޯޓަރުން އައި.ޖީ.އެމް ހޮސްޕިޓަލަށް ދިޔައީ ޒިޔާރަތް ކުރަން ކަނޑައަޅާފަ އޮންނަ ގަޑީގައި ރައީސް ޔާމީން ބަލިކަން ޚުދު އެމަނިކުފާނަށް ނޭނގޭ ޙާލު އެޑްމިޓް ކުރަން ގެންދިޔުމުންނެވެ. އެއްވެސް ޙާލެއްގައި މުޒާހަރާ ކުރުމުގެ މަޤްޞަދުގައި ބަޔަކު އެއްވި އެއްވުމެއް ނޫނެވެ. އެމް.ޑީ.ޕީ އިން އައި.ޖީ.އެމް.އެޗް ގައި މުޒާކުރީއޭކިޔާ އެކަން ކުށްވެރި ކުރާއިރު، ހޮސްޕިޓަލަކަށް ވުރެ މާތްކަމުގެ ގޮތުން އިސްވެގެންވަނީ ﷲގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތައް ކަމަށްވާއިރު، އެތަންތަނުގެ ޙުރުމަތް ކަނޑާލައި މުޒާހަރާ ކުރީ ތިޔަ އެމް.ޑީ.ޕީގެ މީހުން ނޫންތޯއެވެ.

    23
    2
    • ކޮތަބެރި

      އެމްޑީޕީ ކުދިން ދީނެއް ހަރާމެއް ހަލާލެއް ނުބަލާނެ ބޯން ޖެހޭނެ ބޯން ވާނެ އެމްޑީޕީ އަށް ހުދަވާނެ ހުރިހާ ކަމެއް އެއް ޖިންސުން ކާވެނި ކުރަން ހުއްދަދޭނެ ކަންވެސް އިހަކައްދުވަހު ފެނިއްޖެއެވެ

  4. ދޮގު އެމްޑީޕީ

    ފުރަތަމަ އައިޖީއެމްއެޗުގައި މުޒާހަރާކޮށް ބިއްލޫރިތައް ތަޅާލާ ފުލު ހުންނާއި ސިފައިންނަޢް އަނިކުރީ އީވާން ނަނީމް މަރާ ގުޅުވައިގެން އެމްޑިޕީން

    26
    2
  5. ޖަމީލުބެ

    އެމްޑީޕީން ކޮއްފަ ހުރިއްޔަ އެއީ ދެން މިހާރު ހުއްދަ ކަންކަންތަ؟

    20
    • Anonymous

      އާނ. ރާ ބޮވޭ ޑީޖޭ ޖެއްސޭ ޒިނޭ ކުރެވޭ ބިރަކާ ނުލާ މަޖާ ކުރެވޭ ހިތުގަ ހުރި އެއްޗެއް އެހެން މީހުންނަށް ގޮވޭ. ދެން ކޮބާ މައްސަލަ އަކީ

  6. ތެދު

    ބަލި އެނދުގައި ތިބޭ މީހުންނަށްވެސް ބެލުމެއްނެތް، އައި.ސީ.ޔޫގައި އޮތަސް ނުބަލާނެ...އަމިއްލައެދުން އިސްކުރާނީ....

    4
    12
    • Anonymous

      ބަލަ. މޑޕ މީހުން ކީއްކުރަން އެތަނަށް ދިޔައީ. އަހަރެމެން ދިޔައީ ރައީސް ދެކިލަން. އެމީހުންގެ ރޫޙާނީ ކަލާނގެ ހޯއް ގޮވާލިޔަސް އެތަނަށް އެބަ އެއްވޭ. އަހަރެމެނެއް ނުދަންނަ އެމީހުންނަށް ޖެއްސުން ކުރާކަށް. ވިސްނާފަ ކޮމެންޓް ކުރޭ. މޑޕ މީހުންނެއް ނުބަލާނެ ހޮސްޕިޓަލެއް މިސްކިތެއް އެއާޕޯޓެއް.

  7. މޯދީ

    ކަލޭމެންނަށްތަ އެނގެނީ އަހަރެމެން މުޒާހަރާ ކުރަންވާ ތަންތަން...އެމްޑީޕީ ކޮހުންނަކީ ކޮންމެ ހުކުރު ދުވަހަކު އިސްލާމީ މަރުކަޒު ތެރޭ މުޒާހަރާ ކުރާ މީހުން. ކަލޭމެން ރީނދޫ ބައިގަނޑަށް މުހިންމީ މިސްކިތަށް ވުރެން ހޮސްޕިޓަލްތަ؟ ލާދީނީ ކަމާއެވެ

  8. Anonymous

    ކަލޭމެންނަކީ ދުވަހަކުވެސް ކުށެއް ކުރިބައެއްނުން، ވޭތުވެ ދިޔަ ދުވަސްތަކުގައި ކޮންމެ ހުކުރުދުވަހަކު، ހުކުރުނަމާދަށް ގޮސް އިސްލާމީމަރުކަޒު ތެރޭ ޖެހީ ކޮންސަކަރާތެއްބާ؟ މިސުވާލަށް ނިކަން ކެރިގެން ޖަވާބުދީބަލަ، ކަލޭމެންނަކީ އަޑި ނޭނގޭ ވަރަށް
    ޖައްބާރު ޖަމާޢަތެއް
    =މޯލްޑިވިއަން ދޮގުހަދާ ޕާޓީ=

  9. ހުސޭނުބޭ

    މުޒާހަރާކުރާކަށް ނަހަދާނެ! އަލިފާންޖަހާނީދޯ!

  10. Anonymous

    ދެން ވީ ހޮސްޕިޓަލް ތެރޭގަ މުޒާހަރާ ކުރިއޭ ކިޔާފަ ޕެޕަރ ސްޕްރޭ ޖަހަންތަ؟ ބަލިމީހުންނޯ؟ އޯގާތެރި ސަރުކާރޯ.

  11. Anonymous

    މޑޕ މ މީހުން ހަމަ އެދުވަހު އެތަނަށް ގޮސް ހަޅޭއްފަޅޭއް ލެވި. އެނުވޭތަ މުޒާހަރާ އަކަށް. އެހެންވިއްޔާ ޕޕމ މީހުންވެސް ދިޔައީ ބަލި މީހުންނަށް ގޮވާލަން

  12. Anonymous

    މޑޕ އިން ކުރި!!! އީވާން ނަސީމްގެ މަރޯ؟ އަހަރެމެން ހަނދާން ނެތުނީ ކަމަށް ހީކުރީތަ؟

  13. ޙުސެން

    އެމް.ޑީ.ޕީން މުޒާހަރާ ކުރީ އެޔަރ ޕޯރޓްގަ އަދި އިސްލާމީ މަރުކަޒްގައި ކޮންމެ ހުކުރު ދުވަހަކު. ތިކަމާ އެއްވެސް ތަފާތެއްނެތް. ބަހާ އަމަލާ ދިމާނުވާ މުނާފިޤުން.

  14. ޒަވާ

    ޢައިޖީއެމް އެޗްއަށްވުރެ މާގޯހެއްނު ބަރަކާތްތެރި ރަމަޟާންމަހު މާލޭގެ މަގުތަކުގަ އައުގުރާނަ ގޮވަމުން ދު ވުނީ މަހިތުން މާނުބައި ނުލަފާ ޢަމަލެއް އެއީ

  15. ބަގުވާސް

    އއެމްޑީޕީ މުޒާހަރާކުރަންދަނޭތަ؟ ރައީސް ޔާމީންގެ ސަޕޯޓަރުން އެމަނިކްފާނާ ބައްދަލުކުރަންޖަމާވުމަކީ އެމްޑިޕީ އާބެހޭ ކަމެއްތަ؟އެމްޑީޕީ މުޒާހަރާ ދަނޭތަ؟