ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި، އިންތިހާބަކަށް ވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް، ޕީ.އެން.ސީ ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ސަރުކާރުން މިހާރު ޢަމަލުތައް ކުރިއަށްގެންދާ ގޮތަށް ގެންދާކަމަށްވަނީވިއްޔާ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެކަމަކަށް. އެހެންވެ މިކަން ހުއްޓުވައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވާނީ ސިޓީ އެއް ހުށަހަޅާފަ. އަދި އޭގެ އިތުރުން އިލެކްޝަން ކޮމިޝަނަށްވެސް ވާނީ ސިޓީ އެއް ފޮނުވާފަ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ، ކުރިއަށް މިދާ ސަރުކާރަކީ ވަރަށް ގިނަ ސުންޕާ ކަންތައްތަކެއް އެކުލެވޭ ސަރުކާރެއް ކަމަށާއި، ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މީގެ އިތުރުން، ޝަރުޢީ ނިޒާމުގެ ތެރެއަށް އަތް ނުބާނާނެ ކަމަށް ވިދާޅުވި ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ މުޅި ނިޒާމު ފުނޑާލަން މަސައްކަތް ކުރަމުންދާ މަންޒަރުތަކެއް ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ހައްޔަރުކުރުމާއި ގުޅިގެން، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކޮންމެ ރެއަކުވެސް ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާ މިރޭވެސް ބާއްވަން ނިންމާފައިވާ ކަމަށް، އެ ކޯލިޝަނުން ވަނީ ޢިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދަތްދޫނި

    ކޮބާ ކޮބާ ކަމެއްހެން މިހާރު ތަމެނަށް ހީވޭ ދޮތަ! އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް! ރިޔާސީ އިންތިޙާބު ވެސް ބޭއްވީ މޑޕ އިން ތަކުރާރު ކޮއް މިވާހަކަތައް ދައްކަނިކޮއް. އެދުވަހަކު ތަމެން އެއްވެސް އެއްޗެކޭ ނުބުނު ހިމޭނުންތިބީ. އީސީ ގައި މިއަދުވެސް ހަމަ ތިބީ އެވެރިން. މިހެންކަމުން މާގިނަ ބަހަނާތައް ދެއްކިއަސް ކުރެވޭނެ ކަމެއް ނެތް! ތަމެން ބައިވެރި ނުވީމާ ނިމުނީ!

    16
    16
  2. ކިޔާބަލަ

    ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި ކަމަށް ފަސްޓް ލޭޑީ ވިދާޅުވި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ގައުމު މިއޮތީ ޒިންމާދާރު މީހުންނަށް ބޭނުންވެފައޭ ސަރުކާރުން ކޮރަޕްޝަންގެ އުސޫލުން ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ބޭރު މީހުންނަށް ކޯޓާ ދޭއިރު ސަރުކާރުގެ ހުރިހާ ޒިންމާ އެއް ވަނީ ނެތިގެން ގޮސް ކޮރަޕްޝަންގެ މަގުން އިމިގްރޭޝަން އިން ވާރކް ވިސާ ދެނީ އެއްވެސް ސަރުކާރަކުން މިކަމަށް ހައްލެއް ނުގެނެއޭ އެކަމަކު ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އަނގަ އަރުވާނެއޭ ޒީރޯ ކޮރަޕްޝަނޭ ކިޔައިގެން ތަމެން ބަނޑޭ ކިޔާބަލަ...

    17
    8
  3. ކަޕި ޖަމީލް

    އަގަނޑު ގަބޫލެށްނޫޫން ލަސްކުރާކައް ސޯރީ އަދުރޭ ވަރައްސަލާމް އަދުރޭ

    13
    6
  4. ކުޑަބަޖަރާ

    ކަލޭމެންގެ ސަރުކާރުގައި ތިބެގެން ކުޅުނު ކުޅިތައް ކުޅެން ދެން ޒާތްޒާތަށް އުޅޭނެކަމެއްނެތް.. މީ އެހެން ސަރުކާރެއް. ކަލޭމެން ބޭނުންހާގޮތަކަށް ދެނެއް ކަންތަކެއް ނުކުރެވޭނެ. އިންތިޚާބު ލަހެއް ނުކުރެވޭނެ.

    13
    15
  5. ޓިނު ހަސަނު

    ޢަބްދުއްރަހީމް ޢަބްދުﷲ އަށް ފެންނަހާ ގޮތެއް ހަދަންވޭތަ ހައިރާންވެ އަންތަރީސްއެއްނުވާނެތަ އަޅެ ފަހެ

    15
    3
  6. ބޮކި

    ރަހީމުބޭ ކަލޭގެ ޕާޓީ ގޮވައިގެން މަހަށް ދާންވީނުން !

    15
    6
  7. ޥގ

    މި އިނބަގެ ތަރިކަ އެއްނޫން އޯކޭ

    10
    3
  8. ޙައްވަ

    އަދުރޭ ފާޑުފާޑަށް އެއްޗެތި އަންގާނީ ފޮނަދޫ ބަނަފްސާގެ އަށޭ!!!

    11
    5
  9. ރާޅު

    އަނެއް ކާ މެއަށް ތަދެއްއެރީތަ !