ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޑޫގެ އިކޮނޮމިކް މިނިސްޓްރީ އޮފީހުން ދުވަހުން ދުވަހަށް ދެމުން ދިޔަ ހިދްމަތް މިހާރު ފުރިހަމަ ކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ނަގާކަމަށް އައްޑޫ ރައްޔިތުން ބުނެފިއެވެ.
މީގެ ކުރިން ދުވަހުން ދުވަހަށް ހަދަމުން ދިޔަ ފަރުދުންގެ ވިޔަފާރި ހުއްދަ އާއި ތިން ދުވަހުން ދެމުން ދިޔަ ކުންފުނިތަކުގެ ރަޖިސްޓްރީ ލިބުން މިހާރު ތިން މަސް ދުވަހަށް ލަސްވެފައިވާ ކަމަށް އައްޑޫގެ އިކޮނޮމިކް މިނިސްޓްރީ އޮފީހުން ޚިދުމަތް ހޯދުމަށް މަސައްކަތް ކުރި ބައެއް ރައްޔިތުން ބުނެއެވެ.
ހިދްމަތް ލަސްވެފައި ވަނީ މީގެ ކުރިން އައްޑޫ އޮފީހުން ވަގުތުން ދެމުން އައި ޚިދުމަތްތައް މިހާރު މާލެ އިން ދިނުމަށް ނިންމުމުންނެވެ. މިހާރު އައްޑޫ އޮފީހުން އަދާކުރަމުން ދަނީ މެދުވެރިއެއްގެ ރޯލް ކަމަށް ވެއެވެ. ޚިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތައް އެދި ފޯމް ހުށަހެޅުމުން މިހާރު އެއޮފީހުން ޖެހެނީ ފޯމްތައް މާލެ ފޮނުވާށެވެ. ހުއްދަތައް ދޫކުރުމުގެ އިތުރު ކަންކަން ފުރިހަމަ ކުރަނީ މާލެ އިންނެވެ.
ޔާމީންގެ ސަރުކާރުގައި އައްޑޫ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުން ވިޔަފާރި ނަން އޮންލައިންކޮށް އެޕްރޫވް ކުރުމަށްފަހު ފަރުދުންގެ ވިޔަފާރިއަކަށް ހުށަހެޅުމުން އެދުވަހުން އެދުވަހަށް ރަޖިސްޓްރީގެ އަސްލު ދޫކުރެއެވެ. އަދި ކުންފުންޏެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިއުން ހުށަހެޅުމުން ލަސްވެގެން ތިން ދުވަހުގެ ތެރޭގައި ރަޖިސްޓްރީގެ އަސްލު ދޫކުރެއެވެ.
ރައީސް ޞާލިހްގެ ސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީ އުސޫލުން ކަންތައްތައް ކުރައްވާނެ ކަމަށް ވައުދު ވެގެންނެވެ. ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާފައިވާ ކަމަށް ވެސް ސަރުކާރުން ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް ކައުންސިލްތަކުން ބުނާ ގޮތުގައި ބާރުތައް ދޫކޮށްލާފައި ވަނީ ނަމަކަށެވެ. މަގު ހެދުންފަދަ މަސައްކަތް ކުރާ މުވައްޒަފުންނާއި އެހެނިގެން ޚިދުމަތްތައް ދިނުމަށް ބޭނުންވާ ބަޖެޓް ވެސް ސަރުކާރުން ހަމަޖައްސައި ދީފައެއް ނުވެއެވެ.
ވަރަށް އާދައިގެ ޚިދުމަތްތައް ހޯދަން މާލެ ދާން ޖެހުމަކީ އަތޮތެރޭގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ.
ދިވެހިން ތިބޭ ނިދާފަ. އަޅުވެތިކަމަށްދާން ތައްޔާރުވެގެން ހައިހޫނުކަމުގެ ޕްރެކްޓިސްވެސް ކުރަން އަވަހަށް ފަށާ. އިންޑިޔާ މީހާ ލިޔުނު ފޮތަކީ މުސްތަގުބަލުގައި ދިވެހިން ސިފަކޮށްދީފައިވާ ގޮތެއް. އެފޮތްބަލައި އޭގައި އެހުރި ކަންކަން އިންޑިޔާ މީހުން ދިވެހިންނަށް ޖައްސާނެކަން ހަނދާންކޮށް ދިވެހިންގެ ދިރިއުޅުން 1800 ކުރީކޮޅުގައި މީހުން ދިރިއުޅުނުގޮތަށް ބައްޓަންކުރަން އަވަހަށް ފަށަންވީ. އެއިރުން ހިތްދަތިވެގެން މަރުވެގެންދާ މީހުންގެ އަދަދު މަދުވާނެ.
އައްޑޫގެ ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއްކޮށްދެއްވި ހަމައެކަނި ރައީސަކީ ރައީސް ޔާމީންއެވެ. އޭގެކުރިން 50 އަހަރުން އައްޑޫއަށް ނުދޭ ޚިދުމަތް ފަސްއަހަރުން ރައީސް ޔާމީންގެސަރުކާރުން ދިންކަން ސަލާބަތްބުއްދިހުރި ލޯސަލާމަތުންހުރި ރައްޔިތން ޤަބޫލުކުރާނެއެވެ. އަދި ދެވަނަ ދައުރެއް ރައީސް ޔާމީންއަށް ލިބުނުނަމަ އައްޑޫގެރައްޔިތުންގެއިތުރުން ރައްޖޭގެ ހުރިހާރައްޔިތުން އުފަލުން ފޮޅުވައިލީސްކަން ކަށަވަރެވެ. ނިޢުމަތަށް ޝުކުރު ނުކުރީމާ ވާނޭޮގޮތް ކީރިި ޤުރުއާނުގައި ޞަރީޙަކޮށް އަންގަވާފައި ވެއެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
އައްޑޫ ރައްޔިތުން އަދިވެސް ހޭއަރާކަށް ނުވޭތޯ
ކޮބާހޭ މައްސަލަޔަކީ ހަޖަމް ކުރަން ނޭނގެނީތަ ތިޔަ އުޅެވެނީ ޖަޒީރާ ރާއްޖޭގަތަ ނޫނީ ޖަރީމާރައްޖޭގަތަ.އައްޑޫ ގިނަ މީހުން ދަންނަންވާނެ އަދި އެނގެންވެސް ޖެހޭނެ ހިތިވިޔަސް ހަޖަމް ކުރަން ފިއްތާލައިގެންތިބޭ
އަންނި ސަރުކާރު ވަނީ ފޭލްވެފައެވެ ހުރިހާކަމެއް
ބޮއްސުންލައިފިއެވެ ޔާމީންގެ 5 އަހަރުގެ ދައުރުގައި ހިނގާފައިނުވާ ވަރަށް މީހުންމަރުވުމާއި
ގެއްލުމާއި އެކްސިޑެންޓްތައް މިވޭތުވި ދެމަސް
ދުވަހުގެ ތެތޭގައި ހިނގާފައި ވުމުން އެނގެނީ
އަންނި ސަރުކާރު ފޭލްވެއްޖެކަމެވެ ސަރުކާރުގެ
ތެރޭގައި ހިންގުމުގެ ތަޖުރިބާއާއި ވައްޓަފާޅިނެތްކަމެވެ އެހެންކަމުން މިހާރުންމިހާރަށް
މިސަރުކާރު އިސްތިއުފާ ދޭންޖެހެއެވެ
ޔައުނީ ތިޔަ ބޭފުޅުން ތިޔަ އުޅުއްވަނީ ޖަޒީރާ ރާއްޖޭގަ ކަން ހަދުމަފުޅު ނެތީތޯއޭ.... އހ
މި ވެރިކަން އައިފަހުން ފަސޭހަވީކަމެއް ދައްކަބަލަ އެއްކަމެއްވެސް. ތަރައްގީއޭ ކިޔާފައި ކުރަން ފެށި އެއްމެ ކަމެއްވެސް ދައްކަބަލަ. ފިނިހަށް ބުރޭންޑަށް ކަންކަން ގޮަސް ނިމިއްޖެ.
ލާމަރުކަޒީ ވީމަ ވާގޮތްދޯ؟ ރާއްޖޭގެ އެއްވެސްރަށަކަށް ސިޓީކިއުން އެއީ ރާއްޖެތެރޭމީހުން ގުބޯހެއްދުން . ރާއްޖޭގައި ހުންނާނީ ރައްތަކާ އަތޮޅުތައް. މާލެ އަކީ ރާއްޖޭގެ ވެރިކަންކުރާރަށް. ނަޝީދު ސިޓީގައި ދިރިއުޅެއް ބޭނުންނަމަ މޮސްކޯސިޓީގަ ދިރިއުޅެންދާންވީނުދޯ؟
މޮވެރިކަން ގެނައީ ރައީސް ޔާމީން ހައްޔަރު ކުރަންއެކންވެއްޖެ އެއްނު އެ ނިމުނީ. ވައުދު ފުރިހަމަވީ....
ޖަޒީރާގަ ކަންތައްތައް ހުންނަން ޖެހޭގޮތައް މިހާރު ހުރިހާކަމެއް ވެސް ބަދަލު ކުރަމުން އެދަނީ 3 މަހުން ލިބުނީމަ ވެސް މާއަވަސް ހިދުމަތަކައް އެދޭތާ 1 އަހަރު ފަހުން ލިބެންޖެހޭނީ ޖަޒީރާގަ ކަންތައް ވާންޖެހޭ ގޮތަކީއެއީ އެހެންވީމަ އައްޑޫ ރައްޔިތުން ބާރައް އަތްޖަހާ
އެހެން ނުވެގެން ނޫންތަ ޔާމީނުގެ ވެރިކަން ވައްޓާލާފަ މި ވެރިކަން ގެނައީ މަހަމަ މިދައްކާ ވާހަކަޔާ އަންނަނީ ހިނި ހެހެހެހެހެހެހެހެހެހަހަހަހަހަހަހަހހައްހައްހައްހާހާހާހާ
އައްޑޫ މީހުން ބޭނުންވީ އެއްދުވަހުން ދިން ޚިދުމަތްތައް އެއް އަހަރުން ދޭ ގޮތަށް ބަދަލުކުރާން! އެކަން ބޭނުންވާ މީހުން ގެނައި ސަރުކާރެއް ތިއޮތީ! ދެން ތި ބުނާ ޚިދުމަތެއް ލިބެންދެން އެއްވަރަކަށް އަތްޖަހާލަޖަހާލަ ތިބެންވީނު!
ނޫނޭ ނޫނޭ ތިއޮތީ މޮޅު، އިންސާފުވެރި، ކޮރަޕްޝަންގެ ޒައްރެއްގެ މިންވަރުވެސް ނެތް ސަރުކާރެއް ގެނެސްފައެއްނު؟ ދެން ބާރަށް އަތްޖަހާ ????
ޕަކާސް....!!! ދެންދުވަސްކޮޅަކުން ސިވިލް ސާވަންޓުންނަށް މަހުމުސާރަ ލިބޭނީވެސް 3 މަހުން 1 މަހު. ހެހެހެހޭ.
ތިޔަ.ސާލިހަކު ބުނެފި އެއްނު ކަރަންޓްވެސް އަގު ހެޔޮކޮށް ފީމޭ މިހިރީ ދުވާލު މެންދުރު ހަދާ ދޮގު ދެން ވިސްނާލާ މިމީހުންގެ ކަން ތައް.ހުންނާނެ ގޮތް ތިޔައީ ހަމަ އަންނި ޖެހުނު އަނެއް ދޮގު ފީކުދާން
ތިސިޓީގެ މޭޔަރަށް އޯކޭވަނެ 3 އަހަރުން ލިބުނަސް އެމްޑީޕީ ވެރިކަން ހަމައޯކޭ
ޔާމީނު ގެ ވެރިކަމުގައި " އެއްލަކިން " އިންޖީނުލީ އެޗިހި ދުއްވުމުގެ ލައިސަންސް ވެސް ދިނެއްނު ؟ ވީގޮތް ފެނޭތަ ؟