ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ 40 ވަނަ ބައްދަލުވުމުގައި މިއަދު ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.

ރިލްވާނާއި ޔާމީނަށް އިންސާފު ހޯދައިދިނުމަށްޓަކައި ޤާނޫނީ ބާރު ލިބިދޭ ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް ފަށްޓާވާފައިވާކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ފަންސަވީސް އަހަރު ދުވަހުގެ ފަހު ދުވަސްކޮޅު ކުރީގެ ސަރުކާރުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަކަމުގެ ނަމުގައި ޤާނޫނެއް އެކުލަވާލައި ޚިޔާލުފާޅުކުރުމުގެ ހައްޤުތައް ހަނިކުރެއްވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންން މިހާރުގެ ސަރުކާރަށް ފުރުޞަތު ދިނީ ޑިމޮކްރަސީގެ ހަމަތަކާއި، އިންސާނީ ހައްޤުތައް ކުރިއެރުވުމަށްކަމަށާ، ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ މުއައްސަސާތަކަށް ފޯރުވަމުންދިޔަ ނުފޫޒުތަކަށްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ 40 ވަނަ ބައްދަލުވުމުގައި ރައީސުންނާއި ބޮޑު ވަޒީރުންނާއި މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ބައެއް ޤައުމުތަކުގެ މިހާރުގެ ހާލަތު ބެލުމަށް ޙަވާލުކޮށްފައިވާ އދ.ގެ އެކި ކޮމިޝަންތަކުގެ ރިޕޯޓުތައް ހުށަހެޅުމާއި މަރުގެ ޙުކުމް ތަންފީޒު ކުރުން ފަދަ މުހިންމު ހަކަމެއްގެ މައްޗަށް ބަހުސް ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ. ޖުމްލަ 47 ޤައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އިންސާނީ ޙައްގުތަކާބޭހޭ ކައުންސިލު އުފައްދާފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަފްލާ

    1 ހުސައިން ސަލާހު 2 އީވާންނަސީމް 3 ޝިއާރު 4އަފްރާޝީމް ކޮބާ އިންސާފް އިންސާފް ގެންނަންވީ އެމެރިކާއިން ނޫނީ އިންޑިއާ އިން

    13
  2. ސުއިޒާ

    އެދެމީހުއްނަށް އެކަނިތަ ކޮބައިތަ ޕުރީޕެއިޑު ސިއުނާ އެންޑު ރާ ފުޅި ހެހެ ހޭ....

    15
  3. މިއަދު

    ޝާހިދުއަށް ނުއެގުނީދޯ އިބޫ ވެރިކަމާހަވާލުވެ 24 ގަޑިއިރުވީއިރު އެދެމީގެ ހަގީގަތްހޯދައިފިނު އަދިއިންސާފު ނުލިބޭތަ

    18
  4. Anonymous

    ހަމައެކަނި މިގައުމުގައި މަރާލާފައިވަނީ ހަމައެކަނި ރިޟުވާނާއި ޔާމީނުރަޝީދު ބާއޭ ހިތަށްއަރާ!!ކޮބާތަ ދީނީ ޢިލްމުވެރިއާ ޑރ.އަފުރާޝީމުއާއި މަރާލާފައިވާ އެހެނިހެން އެހެނިހެން ރައްޔިތުންގެ މަރުތަކުގެ ތަހުގީގު؟؟

    15
  5. ސަމިި

    ތީތަ ހަައެކަނި އިންސާފު ހޯދާދޭން ޖެހޭ 2 މީހުންނކީ

    17
  6. އަހުމަދު

    ގެރި ކަތިލަން ދިޔަމީހުން އޭގެ ނިގޫ އަދިވެސް ނުގެންނާތީވެ ރިލުވާން އާ ޔާމިން މަރާލިމީހުން ނުހޯދިގެން އުޅެނީ ކިތަންމެ ދުވަހަކުތިއްބަސް އެނަގުލެއް މި ކިނބޫ ޕާޓީއަށް ލިބޭނެތަ

    14
  7. ދޮންބެ

    ކަލޯަގެޔާ ބަޖެޓު ހުސް ވާނީ މީނަ އެތައް މިތަނައް ދަރު ކޮއް ޖީބައް އަލާލާގެން އަދިވީކަމައް ހަރާން

    14
  8. ނުރަބޯ

    އެމްޑީޕީގެ ސަރުކާރަކަށް، ރައްޔިތުންނަށް ހޯދައިދެވޭނޭ އެއްވެސް އިންސާފެއް ނޯންނާނެ. ހަމައެކަނި އަނިޔާ އާއި ބޭއިންސާފުން ކަންކަންކުރަން ދަންނަ ލާދީނީ ފިކުރުގެ ބަޔަކަށް ކޮން އިންސާފެއްތޯ ހޯދަދެވޭނީ؟

    15
  9. ހުސެން

    އަނިޔާވެރިގޮތެއްގައި މަރާލެވިފައިވަނީ ޔާމީނާއި ރިލްވާން އެކަނިތަ؟ ކޮބާ އަނަސް ގެ ޤާތިލުން. ހަމަ ފާޅުގަ މާލޭގެ އެންމެ ހަލަބޮވަގުތު މަރާލާފައި ގާތިލުން ދުވަފަދިޔައީ އެކަމަކު އަދިވެސް އެމީހުންނެއް ނުފެނޭ. ޝާހިދޫ އިންސާފަކީ ނިކަމެތި މީހާއަށްވެސް ލިބެންޖެހޭ އެއްޗެއް.

    15
  10. ޤަމަރު

    އިންތިޚާބު ކައިިރިވީވަރަކަށް ރިޟުވާނޭ ، ޔާމީންރަޝީދޭ ބިލެތޭ ކަރަންފުލޭ ވީދޭނެއެވެ. ވަގު ޞާލިޙް ބޮޑު ޖަލްސާއެއްގައި ލައިވްކޮށްބުނި "މިއީ ރިޔާސީ ވަޢުދެކޭ ، ތިމަންނަ ވެރިކަމާ ޙަވާލުވެފައި ފުރަތަމަދުވަހު ރިޟުވާނު ވީތަން ހާމަކުރާނަމޭ" . އަލުން އަނެއް އިންތިޚާބު ކައިރިވާތީ ރަނޑާހަލުވަނީ! މިއަށްވެސް ހެއްލޭނެ ބަޔަކު ތިބޭނެ! ދިވެހި ރައްޔިތުން ފުރުޞަތު ދީގެން އައި ވެރިކަމެއްނޫން މިއަކީ! މިއީ ވޯޓުން ވައްކަންކޮށްގެން ގެނައި ވެރިކަމެއް!

    12
    1
  11. ނިދުނީ

    ހޯދާ ދޭނަން ހޯދާ ދޭނަން............ މިހެންކިޔާ ކިޔާ މިތިބެނީ.. އެއްދުވަހުން ހޯދަންބުނި ކަންތައްވެސް ނުކޮއްދެވުނު ބަޔެއްތީ.. މޮޅުވާހަކަ ނުދައްކާ ހުރީމަ ވީނު.

    12
  12. ހަސަނު

    އެދެމީހުން އެކަނިތަ މަރުވީ. ތީގަ އޮތީ ހިޑުން އެޖެންޑާއެއް

    12
  13. މޮޔަ

    މިޤައުމުގައި މަރުވެފައިވަނީ އަދި ގެއްލިފައިވަނީ އެދެމީހުން އެކަނިތައް. ރައްޔިތުންގެ ސަރުކާރޯ. މިއީ އެމްޑީޕީ ޕަޕެޓުންގެ ސަރުކާރު