އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިބޭ ކޮންމެ އެއްޗެއް އިސްމާލު ދީނުގައި ވަނީ ޙަރާމް ކުރައްވާފައިކަމަށާއި، އެގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ވެސް ޙަރާމް ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެވެ.

"އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައި ވަނީ ފައިދާ ހުރި ރަނގަޅު ތަކެއްޗެވެ. ގެއްލުން ހުރި ނުރަނގަޅު ތަކެތި އެކަލާނގެ ޙަރާމް ކުރެއްވިއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްދަ ނުވާނެ ކަމުގެ ދަލީލެއް ނެތްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި، ނަމަވެސް ކަމާއި ގުޅުންހުރި ޑޮކްޓަރުންނާއި ސައިންސްވެރިންގެ ދިރާސާގެ ނަތީޖާއަށް ރިޢާޔަޔްކޮށް، މިއަދުގެ ބޮޑެތި ޢިލްމުވެރިން ދެކެލައްވަނީ އެއީ ޙަރާމް އެއްޗެއްގެ ގޮތުގައި ކަމަށް މި އަދު ޚުޠުބާގައި ވިދާޅުވިއެވެ.

"އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްޞުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ. ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާ މީހާ ދަންނާށެވެ. ފަހެ ތިމަން ރަސްކަލާނގެ އެމީހަކު ނަރަކައަށް ވައްދަވާހުށީމެވެ. އަދި އެކަންތައް އެއީ، ﷲ އަށް ދާދި ފަސޭހަ ކަމެއް ކަމުގައިވެއެވެ." މާތް ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި އައިސްފައިވާކަމަށް މިއަދު ޚުޠުބާފައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފިރުޓޭ

    އަދި ކިރިޔާތަ ހަރާން ހަލާލު ކިޔާދޭން އެނގުނީ. މިހާރު މިދަނީ ދުވަހަކުން ދުވަހަކަށް ހަރާން ކަންތައް ގިނަވަމުން. މިވަރުން ދަންޏާ ސައިކޮފީ ވެސް އަދި ހަރާންވާނެ.

    12
    20
  2. Abdul Latheef

    އޮފީސްތަކުގަ ޒީނަތްތެރިކަން ހާމަކޮށްގެން ހިލޭ ފިރިހެނުންގެ ކުރިމަތީގަ އުޅޭ އަންހެނުންގެ އެކަންތައް މާބޮޑަށް ޙަރާމް. ކީއްވެ އެކަންތަކާބެހޭގޮތުން ހަމަ ޗުއްޕުވެސް ބުނެލަން ނުކެރިފަ ތިޔަތިބެނީ؟ އެއީ ޒިނޭއަށް މަގުފަހިވާ ކަމެއްކަމަށް ޢިލްމުވެރިން އިއްތިފާގު ވޭ. އެކަމަކުވެސް މަބޭނުން ވާހަކައެއް މަދައްކާނީ ގެ އުޞޫލުން ހުކުރު ޚުޠުބާވެސް ފަރުމާވެގެން ތިޔަދަނީ. ދުންފަތް މަނާކޮށްބަލަ. އެކަންތައް އެނިމުނީނު؟ ޚުޠުބާ ތަކުން ވީފައިދާއެއް ނެތެއްނު؟

    7
    1
  3. ކޮރަކަލި

    ދެން ރާބޯ މީހުން ހަޔަރުކޮށް
    ސިނގިރޭތުބޯ މީހުން ހަޔަރު ނުކުރަނީ ކީއްވެ
    ދެންކޮބާ ކަސްބީ އަންހެން ވެރީން

    1
    1
  4. އަރީ

    ދުންފަތާ އަޅައިގެން ތިޔަ އުޅެނީޔޯ...އެއީ ބައެއް އިލްމުވެރިންގެ ރައުޔުގަ މަކުރޫހަ އެެއްޗެއް.. ދީނީ އިލްމުވެރިންގެ މެދުގަ ޙިލާފް އެބަހުރި...މޯބައިލްފޯންގެ ރޭޑިއޭޝަންގެ ސަބަބުން އަހަރަކު އެތަށް ބަޔަކަށް ކެންސަރުޖެހޭ އެހެންވީމަ މޯބައިލް ފޯނޯ؟ ދީނުގަ ވަނީ އޮޅުންނާރާ ވަރަށް ސާފުކޮއް ހަރާމް ތަކެތި ބަޔާންކޮއްދެއްވާފަ. މިސާލަކަށް އޫރުމަސް ހަރާމް..ޑަބުލިއު އެޗްއޯއިން އޫރުމަސް ހަރާމްކުރާނެތަ؟ ތިޔަ އުޅެނީ ޑަބުލިއުއެޗްއޯ ޝެއިހުން

    2
    7
  5. އަހުން

    އެހެންވީމަ މިސަރުކާރުވެސް މީ ހަރާމް ސަރުކާރެއް ކީއްކުރަންތަ އާއްމުރައްޔަތުން ނަށް ހަރާމްކަމެއްކަން އެނގި ހުރެ ސިގެރޭޓު ވިއްކަނީ ސިގެރޭޓު ރާއްޖެއައް އެތެރެކުރުން ހުއްޓާލާފަ ހަރާންކަމެކޭ ބުނެލަންވީނު.

    2
    1
  6. ކޮރަލް

    ސިނގިރޭޓް ބޯ ގިނަ މީހުންނަށް މިހަބަރު ކިޔާލަން ވެސް އުނދަގޫވާނެއެވެ. އެއީ މިކަން އާދަ އަކަށް ވެފަ ވާތީއެވެ. އެކަމު ހަގީގަތް ވާނީ ހަގީގަތަށެވެ. އެއަށް ބަދަލެއް ނުގެނެވޭނެއެވެ. ސިނގިރޭޓް ބޯ މީޙުންގެ ހޮސްޕިޓަލްގެ ރިކޯޑް ތަކާ ދިރާސާ ތަކަށް ބަލާލަ ބަލާށެވެ.

    4
    2