ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ކުރި އިޢުލާނު "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ މުއްދަތު 17 މާރިޗު 14:00 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިއީ މިއިލާނުގެ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ.

މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ޖެހޭނެއެވެ.

ދިވެހި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާއެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ކަމަށާއި އަދި ޕާޓީތައް ޝޯޓްލިސްޓުކުރުމުގައި މިކަމަށް ރިޢާޔަތްކުރެވޭނެ ކަމަށް ވެސް ފިނޭންސްގެ އިއުލާނުގައި ވެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާޢިއުކޮށްފައެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ފިނޭންސް މިިނިސްޓްރީން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2019ވާ އާދިއްތަ ދުވަހުގެ14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލްގެ ޒަރީއާއިން ނުވަތަ ހާޑް ކޮޕީ ހުށަހެޅުމަށް ސަރުކާރުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަތާ އަހުމަދު

    ތިލަފުށީގެ ބައިނަލްއަގުވާމީ ބަނދަރު ޑިޒައިން ކުރަން އެއްވެސް ބަޔަކު ޝައުގުވެރިއެއް ނުވާނެތާ! އެ ފަރާތްތަކަށް ވެސް އެނގެއޭ މިތިބީ ވަނދު ގޮބޮޅިތަކެއްކަން!

    19
    4
  2. ޖަމީލު

    ބަލަގަ ބޯ ބުރާތިތަކާ ކަލޯމެން ކަހަލަ ނާގާބިލް ބަޔަކު ޖަހާ ސަކަރާތެއްގައި ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން ބައިވެރިއެއް ނުވާނެއެވެ. ރ.ޔާމީނު ގައުމު ހިންގެވި ގޮތަށް ތަމެންނަކަށް ތިކަމެއް ނުވާނެއޭ! ހޯ ހޯ ހޯ ފައިބާ ގުއިރޮނޑުތަކާ...

    19
    4
  3. ނަފާ

    ނުވާނެއްނު ބޮޑު ޚަރަދުކޮށްގެން ހެދި އައިހެވަން ފަދަ މަޝްރޫޢުތކަށްވެސް އިޙްތިރާމް ނުކުރި ސަރުކާރެއް.. އޭގަވެސް ޕުލޭނު އޮތްގޮތަށް އޮއްވާ ހިތު ހުރިތާކު އެއަރޕޯޓާ ޓޫރިޒަމް ޒޯނުތައްވެސް އަޅާ ނަގަނީ.. ކޮންބައެއް އެމީހުން ހަދާ ޕުލޭނުތައް ވެއްޔާ މޮޑެ އަމިއްލައަމިއްލައަށް ކަންކުތާ ސަރުކާރަކަށް ޕުލޭނުތައް ހަދައިދޭނީ.. އައިހެވަންގެ މާސްޓަރޕުލޭނާއި ޓްރެފިކް މޮޑެލިން ހެދީ ދުނިޔޭގަވެސް އެކަމަށް އެންމެ ޤާބިލު މީހުން.

    16
    4
  4. ކާށިމު

    މިސަރުކާރަކީ އެފަދަ ކަމެއް ކުރެވޭނެ ބައެއް ނޫންކަން އެންމެންނަށްވެސް އެނގޭ އެހެންވީމައި ބޭކާރު ކަންކަމަކާ މީހުން ނޫޅޭނެދޯ

    11
    1
  5. ހަސަނު

    ނަންގަންނަންތޯ ހަގީގަތެއް، ޔާމީނު އިރުގަވެސް ކޮންމެ ހިންގާފަ ހުރި ހުރިހާ ޕްރޮޖެކްޓެއްގެ މަދުވެގެން ފަންސާސް ޕަސެންޓް ސަރުކާރުން ފައިސާކޮންޓްރެކްޓަރ އައް ދެއްކުމުން އެފައިސާ އޭރު އެކަންހިންގަން ތިބި ބަޔަކުބުނާ އެކައުންޓްތަކަކައް ކަޓް ގެ ގޮތުގަ ޖަމާކޮއްދެން އެއްބަސްވާބަޔަކައް ނޫނީ ދީފަނުވާނެ، ވީމާ ހުރިހާޕްރޮޖެކްޓް އެއްވެސް ހިންގާފަވަނީ އެކަންކުރެވެން އޮންނަ އަގުގެ ޑަބަލް ބޮޑުކޮއް، ވީމާ މިހާރުވެސް މިކަންކަން ކުރަންތިބީ ހަމައެމީހުން، ހުރިހާ ތަނެއގަވެސް ބަދަލުވީ ވެރިމީހާ އެކަނި، ވެރިމީހާ އައްއެކަނި ރަގަޅުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ. ހުރިހާ ލެވެލް އެއްގަވެސް އަހަރުމެން އެންމެން އިހުލާސްތެރިވުން ހަމައެކަނި އޮތް ހައްލަކީ .....ވަރައް ހެޔޮދުއާ .....

    2
    10
  6. އަލި

    މީ މަކަރު ވެރި ރޭވުމެއް ބަޔަކު ނުވިކަމަށް ބުނެ އިންޑިޔާގެ ވަކި ކުންފުތަކަށް މަސައްކަތް ދިނުމާއި ބޭހޭ ގޮތުން މިހާރު އިންޑިޔާގައި ހުރި ރާއްޖޭގެ ފިނޭންސް މިނިސްޓަރ މަސްވަރާކޮށްފި
    ޗައިނާ އިންލޯނު ނެގީމާ ޖެހެނީ ދަރަނީގެ ދައްތުރައިގާ އެކަމު އިންޑީޔާއިންލޯނު ނެގީމާ ޖެހެނީ ފައިދާ ކިހާ ހެއްވާ.... އަނެއްކާ ދަރާފައި އޮއްވާ އެހާ 1.4 ބިލިއަންޑޮލަރ ގެ ލޯނު ނަގާނެތަ މޮޔައިން ނޫނީ ހައްތަހާ ދަރާނީ އައި އެމް އެފްގެ ރިޕޯޓްގައި ވަނީ މިއަހަރު އަދި އަންނަ އަހަރުވެސް ރާއްޖޭގެ އުފެއްދުން ތެރިކަން ދާނީ ދަށަށޭ އެކަމު ޔާމީންގެ ފަސް އަހަރު ބަލައިލަ ބަލަ އުފެއްދުްންތެރިކަން ދިޔައީ މަތިވަމުން.....ލޯނު ނުދެއްކިއްޖެ ހާލަތުގައި ދައްކާނެ އެކައުްންޓެއް ހެދީ ކަާކު 100 މިލިއަން ޑޮލަރ ވެސް ދައުލަތުގެ ހަޒާނާގައި ރައްކާ ކޮށްދީފައި އެބަހުރި އެވެސް މިހާރު ދަނީ ނަގަމުން ... ކިކުރާނީ

    11
    1