ހުޅުމާލެ އިން މިރޭ ކަރަންޓް ކެނޑިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ އިން ކަރަންޓް ކެނޑުނީ މިރޭ 21:30 ހާއިރު އެވެ.

ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނީ ހުޅުމާލެ އިން ކަރަންޓު ކެނޑުނީ އެންމެ ބޮޑު އެއް ޖަނެރޭޓަރު ކުއްލި އަކަށް ނިވުމުން ކަމަށެވެ.

ކަރަންޓް ކެނޑުނުތާ ގަޑިއެއްހާރު ވާން ކައިރިވެފައި ވަނިކޮށް މިހާރު ވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދޭން ފަށާފައެވެ.

އެންމެ ބޮޑު އެއް ޖަނެރޭޓަރު ކުއްލި އަކަށް ނިވެން މެދުވެރިވީ ކީއްވެ ކަމެއް ސްޓެލްކޯ އަކުން ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިންސާފު

    ނުނޭ ނުނޭ! އިބޫ ސަރުކާރުގަ ކަރަންޓް ނުދާނެ އެނގިއްޖެ! ކަރަންޓު ދާނީ ހަމަ އެކަނި ތަރައްގީގެ ބާނީ ރައީސް ޔާމީން ސަރުކާރުގަ އެކަނި. ކޮންފަދަ ބޮޑެތި މަލާމާތް ތަކެއް ރައްދުކުރި އޭރުގަ! ވިސްނާލުން ރަނގަޅު!

    17
    1
  2. ޕްރައިވެޓް

    ސަރުކާރުގެ ވައުދު ފުއްދަނީ... ?

    16
  3. ސެމްސަން

    މިސަރުކާރުން ކަރަންޓް އަގުހެޔޮ ކޮށް ދިނީއެއްނުންތަ ބިލައް އަރާވަރު ކުޑަވާނެ ކަރަންޓް ކެޑެންޏާ

    15
  4. ޙަސަނު

    ޖަޒީރާ ރާއްޖޭގެ ޢުފާވެރިކަން މި ފެނިގެންދަނީ!

    15