ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރައްވާ، މަތީނަކީ، މަތީ ޘާނަވީ މަރުޙަލާއިން ފެށިގެން މާސްޓަރޒް އާއި ހަމައަށް ރާއްޖެއިން ބޭރުން ކިޔަވާ ވިދާޅުވެގެން ހުންނެވި ޢިލްމީ ބޭފުޅެކެވެ. މިގޮތުން ބަޙްރައިން، ޤަތަރު އަދި މެލޭޝިއާއިގައި ތަޢުލީމު ޙާޞިލްކުރައްވާފައި ވެއެވެ. މަތީނަކީ ފަންނީގޮތުންނާއި ލީޑަރެއްގެ ގޮތުން ޤާބިލް، 20 އަހަރު ދުވަހު ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުން ފަރިތަކަމާއިއެކު ވާހަކަ ދައްކަވާ، ޤާބިލްކަމާއިއެކު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރެއްވޭނޭ ބޭފުޅެކެވެ. ކިޔަވާ ވިދާޅުވި ދުވަސްވަރު ޤައުމީ ވާހަކަދެއްކުމުގެ މުބާރާތްތަކުން ރަން ވަނަތައް ހޯއްދަވާފައިވެއެވެ.

މަތީނަކީ ހުޅުދުއްފާރު، އުނގޫފާރު އަދި މާކުރަތުގައި ޢާއިލީ ގޮތުންނާއި ރަޙްމަތްތެރިކަމުގެ ގޮތުން ގާތް އެތައް ބަޔަކު ތިބި، ދާއިރާއަށް ނިސްބަތްވާ ދާއިރާގެ ދަރިއެކެވެ.

އުނގޫފާރު ދާއިރާ ހިމެނޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަޖުރިބާގެ އަލީގައި ދާއިރާއަށް ބޭނުންވާ ކަންކަމާއި، ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ސާފު ތަޞައްވުރެއް މަތީން ގެންގުޅުއްވައެވެ. އަދި، މަސްތުވާ ތަކތީގެ ވަބާއިން ޒުވާނުން ދުރުކޮށް، ކުށް މަދު އަމާން މުޖުތަމަޢުއަކަށް ދާއިރާގެ ރަށްތައް ހެދުމަކީ މަތީނުގެ ތަޞައްވުރެކެވެ.

ކަންމިހެން ކުރިއިރު، ކުރިއަށް އޮތް އިންތިޚާބުގައި މަތީނަށް ވޯޓުދޭންވީ ކީއްވެތޯ، މި ސުވާލު އުފައްދަވާ ބޭފުޅުންނަށް، މަތީން ގެ ޚިދުމަތްތެރިކަމާއި، ޢިލްމީ ޤާބިލްކަމަށް ބައްލަވާލެއްވުމުން، އެ ސުވާލުގެ ޖަވާބު ލިބިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެއިން

    ކިތައްމެ ގާތް ބަޔަކު ތިއްބަސް ރައްޓެހިން ތިއްބަސް އިސްވެ މީހަކާއި ކަމެއް ނެތިއްޔާ ވާހަކަ ނުދެއްކޭ ނުފެންނަ މީހަކާ ގާތްވާނެ ގޮތެއް އޮންނާނެބާ ، މާތީންއަކީ މޮޅު މީހަކަށް ވެދާނެ ބޮޑެތި މާގާމްތައް ފުރާފަހުރި ބޭފުޅަކަށް ވެދާނެ އޭގެ ފައިދާ ދާއިރާއަށް ވިބާ؟؟؟ ވޯޓަށް ނޫނީ ގާތް ރައްޓެހިންނާ ރަށުމީހުން ފެނޭބާ؟؟؟ ބޮޑާ މީހެއްގެ ގޮތުގައި ފެންނަ ކިބުރުވެރި ފޮނި މީހެއްގެ ގޮތުގައި ސިފަވާ ، ތިމާތިމާއަށް ވެފައި ހުރި ބޭފުޅެއްތީ؟؟؟؟؟ ވަރަށް ވާހަކަ!

    7
    27
    • ޒަވިޔަނި.

      ދޮގުވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. މަތީނު އެންމެނާވެސް ގާތް ގުޅުމެއް ބާއްވަވާ. އިސްވެ މީހުންނާ ސަލާމްގޮވާ ވާހަކަދައްކާ އަބަދުވެސް. އެހީތެރިކަމަކަށް އެދިއްޖެ ނަމަ އެހީތެރިވެދޭ. ކޮންމެ މަޤާމެއްގަ ހުންނެވިޔަސް. ޢަދި މަޤާމެއްގަ ނެތަސް.

      13
      3
  2. އަފީ

    މަތީނު އަކީ ވަރަށް ބަރާބަރު މީހެއް! ވަރަށް ސިމްޕަލް މީހެއް! ވަރަށް ރައްޓެހިންނަށް ހެޔޮ މީހެއް! މަތީން ވަރަށް ރަގަޅަށް ދަންނަން! އުނގޫފާރު ދާއިރާއަށް އެންމެ ރަގަޅު ޗޮއިސް އަކީ މަތީންކަން ހަމަ ޔަގީން!