އަދާލަތު ޕާޓީ އޮތީ އެމްޑީޕީގެ ސިޔާސަތުތަކަށް ދެލޯ މަރައިގެން ކަމަށާއި ދެލޯ މަރާފައި ހުރަސްތައް ގިރާކުރަން ތައްޔާރަށް އޮތީ އަދާލަތު ޕާޓީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ އަހްމަދުގެ ކެމްޕޭން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެއްވުމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓަށް އަދާލަތު ޕާޓީން ތާއިދު ކުރަން ނިންމެވިކަން ވެސް އިއުލާން ކުރައްވާފައެވެ.

މިރޭ ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީ އާއި އެމްޑީޕީ އެކުގައި ތިއްބާ ދެން އެބޭފުޅުންގެ ސަފުތައް ފޫއަޅުވާލާ، ސަރުކާރަށް ގުޑުމެއް ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ ފުރިހަމަ ދިވެހިރާއްޖެއެއް ހުށަހެޅުމުގެ އުފާވެރިކަން. މަޖިލިސް 19 ގެ މަޤުޞަދަކީ ގަދަރުވެރި ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުން. އެމްޑީޕީ މަޖިލީހަށް މިހުށަހަޅަނީ 19 ޤާނޫނީ އޮނިގަނޑެއް. ބޯހިޔަވަހިކަން، ލުއި ލޯނު، އިންސާފު ހޯދައިދިނުން. މި ސިޔާސަތުތަކަށް އަދާލަތު ޕާޓީ އަށް އެއްބަސްވެވޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިޤުތިޞާދީ ކަންކަން ކުޑަކޮށް ނަމަވެސް ރަނގަޅު ކުރެވިދާނެ ސިޔާސަތެއް ވެސް ހުށަހެޅިދާނެ ކަމަށާއި ނަމަވެސް އިންސާފު ނެތްނަމަ އެއްވެސް ވިޔަފާރިއެއް ކުރިއަށް އަރައިގެން ނުދާނެ ކަމަށެވެ. އެހެންކަމުން އެންމެ މުހިންމު ކަމަކީ އިންސާފު ގާއިމް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައި ވެސް އިންސާފު ނެތުނީމާ އިޤުތިޞާދު ކުރިއަރައިގެންނެއް ނުދާނެ. އެމްޑީޕީން ބޭނުންވާ ކަންކަން ފުރިހަމަ ވާނީ އިންސާފު ގާއިމް ކުރެވިގެން." ނަޝީދު ވިދާޅުވިއެވެ.

19 ވަނަ މަޖިލީހުގައި އެމްޑީޕީ އާއި އެކު އަދާލަތު ޕާޓީން މަސައްކަތް ކުރުމަށް ނިންމުމަކީ ވަރަށް ބޮޑަށް ލިބޭ އުފަލެއް ކަމަށް ވެސް ނަޝީދު މިރޭ ތަކުރާރުކޮށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ފަތުޙުﷲ އަހްމަދު މިހާރު ވަނީ އިންތިޚާބު ވެފައި ކަމަށެވެ. އެއީ އޭނާ އަށް އަދާލަތު ޕާޓީގެ ތާއިދު ލިބުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިރޭ ވަނީ އިންތިޚާބުން މޮޅުވާ ފަރާތްތަކުން ވެސް ހިތްތިރިކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

"މޮޅާއި އެކު ހިތްތިރިކޮށްފައި ކުރިއަށް ދާން ޖެހޭނެ. އެއީ އަޅުގަނޑުމެން ބޭނުންވާ ސިޔާސީ ހަރަކާތް. އަޅުގަނޑު ދެކެނީ މާފަހުން މީގެ އެތައް އަހަރެއް ފަހުން ދިވެހިން ތާރީޚް ބަލާއިރު މިރޭ ފެންނާނެ. މިރެއަކީ ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް މުހިއްމު ފިޔަވަޅެއް އެޅުނު ރެއެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެސް އަދި 2013 ވަނަ އަހަރު ވެސް ރިޔާސީ އިންތިޚާބަށް ފަހު ދިވެހިންނަށް ފެނުނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. "ރިޔާސީ އިންތިޚާބަށް ކުރިމަތިލަނީ އެއްކޮށް. ނަމަވެސް މަޖިލިސް އިންތިޚާބުގައި ވާދަމިކުރަނީ ކުނިޖެހިފައި އޮތް. އެހާ ހިސާބުން ވައުދުތައް ފުއްދަން ސަރުކާރަށް އުނދަގޫތަކެއް ދިމާވި. ނަމަވެސް މިފަހަރު އެކަން ބަދަލު ވަމުން އަންނަތަން އެބަފެނޭ." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކިނބޫ

    ކަލޭ ވަރެއް ނެތް. ޖޭޕީ ބޭރު ކޮށްފި. ދެން އަދާލަތު. އެއަށްފަހު މައުމޫން. ތި ގެންދާ ތަރުތީބުވެސް ބަރާބަރު. ކަލެއަކީ ފައްކާ މީހެއް އިނގޭ. ހަހަކެކެކެ

    76
    2
  2. ޢަފްލާ

    ކަލޭ ރަލުން ފެންވަރާލާ އޭގެ ފަހުން އެއިން

    80
    4
  3. ގިވްއިން

    ތިން ދާއިރާއެއްގައި އަދާލަތުގެ ތާއީދު އެމްޑީޕީއަށް ހިބައިން ދިނުން އެއީ އަދާލަތުން ކެނެރީގެ ނަޝީދަށް ލެސަން އެއް ނަގާ ދިނުމަށް ޓަކައި އޭނާ ކުރިމަތީ އޭނާ ލަދުގަންނުވާލުމަށް ޓަކައި އޭނާ ސައިޒުން ކަނޑާ ތިރި އަރުވާލުމަށް ޓަކައި ކުރި ވަރަށް ރަނގަޅު ކަމެކޭ ކެނެރީގެ ނަޝީދުގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫނޭ މާލޭ ދާއިރާ ތަކުގެ ގޮނޑި ތަކަކީ ރުކުމާ އެވާދަ ކުރަނީ އެއީ ކެނެރީގެ ނަޝީދުގެ އަމާ ބަފާގެ ތަރިކަ މުދަލެއް ނޫނޭ މާލޭ އޭރިޔާ ގެ ގޮނޑި ތަކަކީ ތިޅާ ހޭދެބައިވެގެން ނޫޅޭށޭ ސުވަރާ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

    47
    1
  4. ދިޔާނާ

    އަޅެ ޢިމްރާނުވެސް މަށެއް ކުރިޔަކުން ހިޔެއް ނުކުރަން މިހާ މަޤާމަށް ދަހިވެތި މީހެއް ކަމެއް. އިސްލާމް ދީނޭ ފކ ކިޔާފަ އަނގަ އަރުވާނެ ކަމެއް ނެތް. ތީ ފައްކާ މުނާފިގެއްކަން ރައްޔިތުންނަށް އެނގި ހާމަވެއްޖެ. އެޖެންޑާ 19 އަށް ނޫނެކޭ ބުނޭ!

    80
    3
  5. ސިފައެކޭ

    އަދާލަތު ޕާރޓީ އަކީ ގުޅިގެން މަސައްކަތް ކުރެވިދާނެ ޕާރޓީ އެކޭ އެކަމަކު އެކަން ޕީޕީއެމްގެ ވެރިކަމުގައި ބޮޑު ވަގެއް ކަމުގައިވާ ބްރޯ އެ ދޭތެރެ އަށް ވަދެގެން އަދާލަތު ނަގާ އެއްލާލީއޭ އެހެން ނަމަ މިއަދުވެސް މަމެން ޕިންކީން ތިބޭނީ ވެރިކަމުގައޭ މަމެން އަދާލަތުން މިހާރު ވެސް އެކުވެރިކަން ކުރިއަށް ނެރެން ކެނެރީގެ ނަޝީދު ފަދަ އަމިއްލަ އެދުން ބޮޑު ސެލްފިޝް މަކަރާއި ހީލަތުން ފުރިގެންވާ މީހަކާއި އެކު މަސައްކަތް ކުރަން އުޅުން އެއީ ވެސް އަދާލަތުގެ ރަނގަޅު

    16
    14
  6. އެޖެންޓް

    އައްނި މިފަހަރު ތިބުނީ ރަގަޅު ވާހަކައެއް.އަދާލަތު ލޯމަރާލީ ފެންނަކަންކަންވެސް ނުފެންނާތީ. ކަންފަތްވެސް ބީރު ދޫއޮތަސް ވާހަކަ ނުދެއްކޭމީހުން އަދާލަތުގަތިބީ. ތިގެންދާ19އަށް އަދާލަތު ތާއިދުކުރީ މިރެއަކުނޫން. މޑޕއާއެކު ކޯލިޝަންހެދި ހިސާބުން މޑޕގެ ސިޔާސަތަކީ އަދާލަތުގެ ސިޔާސަތު. މޑޕގެ ލާދީނީ ސިޔާސަތަށް އެއްވެސްބަހެބުނިތަ؟މިނިވަންކަން ގެއްލި ދިޔާދަތު ގެއްލި ހަފުސްވާއިރު އެއްމެގާތުން މިކަންއިގޭނެ އިވޭނެ މީހަކަށް އިމުރާނު ކެބިނެޓްގަ އިންނައިރު މިކަންނޭގޭމީހެ ދެންކޮންކަމެ އަދާލަތަށް ދެކޮޅުހެދެންއޮތީ؟

    63
    1
    • ހަސަނު

      ކޮންތާކު މި ޖެހުނީ އަދާލަތަށް ހެޔޮ މޑޕ ގެ ސިޔާސަތުގަ ދީނެއް މިއްލަތެއް ނެތަސް ރާއްޖޭގެ މިނިވަންކަން މުޝްރިކުންގެ އަތް މއްޗަށް ދޫކޮއްލައިގެން އެޖެންޑާ 19 އަށް ބޯ ލަނބައިގެން ދީނީ ތާކިހާ އަޅައިގެން އެތިބީ އެކަކު މެލާޝިޔާގަ އަނެކަކު މިނިސްޓރ ކަމުގަ. އެޖެންޑާ 19 އެ ފެށުނީ ނިއުޒީލޭންޑްގެ 2 މިސްކިތުން. ދެން ހަން ނޮޅެންދެން އަތް ޖަހާ.

      24
  7. އިކްރާމް އަބުދުއްސައްތާރު

    ކޮބާ މިފަހަރު ކީއްވެ ކެންޑިޑޭޓުން ނުނިންމީ..؟

    އަދާލަތަށް ދާއިރާދޭން ޖެހިލުންވެ މަކަރާއި ހީލަތް ހެދި ހަނދާ އަހަރުމެން އެބަހުރި.. އެމްޑީޕީން ހެދި ގޮތަށް ޔައުނީ "ކެންޑިޑޭޓުން" ނިންމި ގޮތަށް، މިފަހަރު ރައިޔަތުން ނިންމާނީ އެމްޑީޕީ އަށް ރާވިއްކާ.. އެމްޑީޕީގެ ސިޔާސަތައް ވޯޓުނުދޭން..

    ދެން ލަލަލާ...!

    19
  8. ހ

    އެންމެންނަކީ ވިޔަފާރިކުރަންޖެހޭ ބައެއްނޫން. ކީކޭތަ ތިކިޔަން އުޅެނީ

    14
  9. ހުވަދޫބެ

    ވަރަށް ސަލާމް
    ރީތި ވެއްޖެއެއްނު އެބުނީ އަހަރެމެން ދީނޭ ކިޔައިގެން ކޮއްމެ ވާހަކައެއް ދެއްކިޔަސް ރާއްޖެއަށް އެހެން ދީންތައް ތަޢާރަފްކުރިޔަސް އަދާލަތުން އަޅައެއް ނުލާނޭ! ރަހަ ރަނގަޅު އެއްޗެއް ބވއޖ އެއްނު! ވަރަށް ޝުކުރިއްޔާ! ޢަދާލަތު ޕާރޓީ

    23
  10. ވެރިން

    އަދާލަތު އޮތީ ލޯމަރާއިގެނެއްނޫން އެމީހުންގެ ބޮޑުންގެ ލޯކުރިމައްޗަށް ބޮޑެތި މަގާމުގެ ފަރުދާ އެއް ވައްޓާލާފަ އޮތީ އިންތިހާބު ނިމެންދެން.އިންތިހާބު ނިމޭއިރަށް ލާދީނީ ނަށީދު އެމީހުންނަށް ހަދާލާ ގޮތް ބަލިން ތިބޭތި.އެއިރުން ލޮލާ ބޮލާ ހުރިހާތަނެއްވެސް ހުޅުވޭނެ.

    23
  11. ކިންގފިޝަރ

    އަދާލަތުވެސް ލޯމެރީމަތާ ވައްޓާލަން ފަސޭހަވާނީ. ޝެއިޚް އިމްރާން ގޮތަށް ޝެއޚް ނަޝީދު ދެން ކިޔަންވީ. މީގެފަހުން ޝެއިޚް އިމްރާނަަކަށް ދީނޭ ކިޔައިގެން އެއްޗެއް ނުބުނެވޭނެ. ދީނާ ދެކޮޅު ފިކުރުގެ މީހަކަށް ތާއީދުކުރުމުގެ މާނައަކީ ދީނަށްވުރެ އަމިއްލައެދުން ބޮޑުވުން. ފިސާރި ބޮޑު ލާރިގަނޑެއް މިހާރުވާނީ ދީފައި ދެ ލޯ މެރުމަށް.

    17
  12. ޕޮފުބާ

    ކާފަރުންގެ ސިޔާސަތެއް އެމްޑީޕީ ގެންގުޅެނީ

    17
  13. ޔަގީން

    ރަަގަޅުހަމަ އެއްގޮތެއްވެސް ނޯންނާނެ

    2
    7
  14. ނަލަނަލަ

    އެމްޑީޕީއަށް މިފަހަރު ފެނިގެންދާނެ މަޖިލިސް އިންތިޚާބުގައި ދިވެހިން ނިންމާގޮތް. ވަރަށް ވާހަކަ.

    16
  15. މިގޭ

    ލާދީނީ ރާބޯ ކަލޭގެ ކަލޭގެ ދެލޯ ހަމަޔަށް ހުޅުވޭތަ !
    ހާދަ ސައިޒުވެގެން ނޭ ދޯ ތިއުޅެނީ.
    މިފަހަރުގެ ވޯޓާމެދު މުސްލިމުން ވިސްނާތި. ގައުމު މުޅިން ލާދީނީ ކޮށްފޮ ހޭއަރާށެވެ.
    މީމަގޭ ފަހުބަސްކަން ނަންނަމުއެވެ.
    ފަހުން ދެރަވާނެއެވެ.

    17
  16. ޙަސަނު

    ކިރިސްޓިއަން ޖެޒުއިޓް ޝައިތާނު

    20
  17. ބެއްޔާ

    އަދާލަތު އުވާލަންވީ. ޕާޓީގަތިބީ އިމްރާނަުއާއިި ސިދަތާގެ އާއިލާ މީހުންއެކަނި. އެއީ އެޖެންޑާ19 މިރާއްޖެއިން އިސްލާމްދީން ނައްތާލުމުގެ ސިޔާސަތަށް 100 ޕަސެންޓް ތާއީދުކުރާމީހުން.

    19
  18. އެންދެރި

    ދީނީ ގޮތުން ބަލާ އިރު އަންނި ފަހަތައް އެރޭނެ ގޮތެއް ނުފެނެއެވެ.

    18
  19. އެމް ޑީޕީ

    އަދާލަތުގެ ނަން ބަދަލުކުރަން ފެނޭ! އަދާލަތުގެ މިހާރުގެ ޢަމަލުތަކާއި ނަމާއި ނުގުޅޭ!

  20. ޖަމީ

    ކާމިޔާބީ އޢައި އެކު ހިތްތިރިކުރުމ،ަށް ނަޝީދު ގޮވިއަކަސް އެމްޑީޕީ ރިޔާސީ އިންތިޚާބްގައި މޮޅުވުމުން އެއްމަސް ދުވަސް ވަންދެން އިދިކޮޅު މީހުންނަށް މަލާމާތް ކޮށް ހަޖޫ ޖަހާ ޑާންސްކޮށް ތާރަ ޖަހާ އޫދު ޖަހާ ފަޓާސް ޖަހާ އިދި ކޮޅުމީހުންނަށް ކުރިމަލާމާތް ނުދެކެންދޯ ނަޝީދު އަކީ ބަހާ ޢަމަލު ދިމާނުވާމީހެއް. ޚޮދު އެމްޑީޕީ އަކީ ވެސް ދައްކާ ވާހަކަ އާ ޢަމަލު ދިމާނުވޭ ކުރިމަސްއްކަތް މިތިބީ ބަލްން. ކޮންމެ އުފަލެއްގެ ފަހަތުގައި ހިތި ކަމެއް އޮންނާނެކަން ދަންނާށެވެ.