ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ދެ މިލިއަން ރުފިޔާ، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ފޭރިގެންފިއެވެ.

މިއަދު މިފްކޯގެ ފައިސާތައް ފޭރި ގަނެފައި ވަނީ މިފްކޯގެ ވޭނުންނެވެ. "ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ވިލާކޮލެޖާ ދިމާ، ބޭރު މަގުންނެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ "ވަގުތު"އަށް ވިދާޅުވީ ފޭރިގެންފައި ވަނީ މައި އޮފީހުން ފެލިވަރަށް ގެންދިޔުމަށް ވޭނުގައި ގެންދިޔަ ފައިސާ ކަމަށާއި، ފޭރުނު އިރު ވޭންގައި ތިބި މިފްކޯގެ މުއައްޒަފަކަށާއި، ޑްރައިވަރަކަށްވެސް އަނިޔާވެފައިވާ ކަމަށެވެ. ވޭން ހުއްޓުވުމަށްފަހު ކޯރާޑިއަކުން ހަމަލާދީ، ބިއްލޫރި ގަނޑު ތަޅާލާފައިވާ ކަމަށްވެސް ސީއީއޯ ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ހާދިސާ ހިންގާފައިވާއިރު މިދިޔަ ހަފްތާ އާދިއްތަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) ބޭންކް ކާއިރިން ވަނީ 2.3 މިލިއަން ރުފިޔާ ހެލްމެޓް އަޅައިގެން ތިބި ބަޔަކު ފޭރިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ހޯރަބޭ

  ޔާމީނުގެ ފަހުލަވާނުން

  2
  31
  • Anonymous

   ރައްޔިތުންގެ ފައިސާ މިސަރުކާރުން ފޭރެނީ. ފޭރޭ ސަރުކާރު. މަސްވެރިންގެ ފައިސާ ކޮޅު ނުދީ ކެމްޕޭނަށް ލާރިއެއްކުރަނީ.

   7
   1
 2. މުހައްމަދު

  "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިސްމާއިލް ވިދާޅުވީ މިމަހު 12 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މަސްވެރިނަށް ނުދެވި ހުރި ފައިސާ ދިނުމަށް މިރޭ ފޮނުވޭނެ ކަމަށެވެ.

  9
  3
 3. ޞިއިހު

  ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ފުލުުހުންގެ އެހީތެރިކަމަށް ސަރުކާރު ހިއްސާވާ ކުންޕުނީ ނޭދުނީ ކީއްވެގެންތޯ؟ މިކަމުގައި ގޯހެއް އެބަވޭ

  25
  • ދދދދދ

   ނޭދޭނެނު. އޭރުން ނުއެއް "ފޭރެވޭނެ"ނު.. ފޭރޭ ސަރުކާރު.

   20
   1
   • ހުމާ

    ރަނގަށް ތިބުނީ. މިއީ ރައްޔިތުންގެ މުދާ ފޭރޭ ސަރުކާރު.

    6
    1
 4. ނާޙީ

  ތީގައިވާނެ ތިތަނުގެ މުވައްޒަފެއްގެ އަތެއް.

  27
 5. ޤަސް

  ތިޔަ ކަމަކީ ތިޔަ އޮފީސްތެރެއިން މައުލޫމާތު ބަޔަކަށް ދީގެން ވަރަށް ރޭވުން ތެރިކަމާއި އެކު ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ބެެލެވޭ.

  29
  1
 6. ހެލްމެޓް

  ތިޔަ ހެލްމެޓެއް އަޅާ ވާހަކަ ދައްކަން ފެށީއްސުރެ މިކިޔަނީ ތިޔައީ ކުރަން ހެޔޮވަރުކަމެއް ނޫނޭ މިތަނުގައި ހާލަތު އޮތްގޮތުން. ފުލުހުންގެ ކިބައިގައި ކުށްވެރިން ހޯދާނެ ހިތްވަރެއް ނެތް. ހާލަކުން ފަހަރަކު ހޯދައި ހުކުމްކުރިޔަސް ޖަލަށްލައިގެން ގެންގުޅެވޭނެހައި ހިތްވަރެއް ސިޔާސީ ވެރިންގެ ކިބައިގައި ނެތް. މިވަރުގެ ތަނެއްގައި ވަގުންނާހެދި ނުކުޅަދާނަވެގެން މީހަކު ދަންތުރައެއް ހެދީމާ އެމީހާއަކީ ބޮޑު މުޖުރިމަކަށް ހަދައިގެން މި ނޫސްތަކުގައި ލިޔެފި. މިއީ ހާލަތު ހުރި ގޮތަކީ. އަދި ކުރިޔަށް އޮތްތަނުގައި ފެންނާނެ ލައްކަ ކުޅިވަރު. ނޫސްވެރިން ލިޔަން ތިބޭތި. ކިޔަން އަހަރުމެން ނިކަމެތި ރައްޔިތުން ތިބޭނަން.

  20
  2
 7. ާވަތުބަތާނަ

  ތީ ރޭވިގެން ހިނގާފައި އޮތްކަމަކާ ވައްތަރީ،

  27
 8. އައިކް

  ކިހިނެއް އެމީހުންނަށް ވޭނުގައި ފައިސާ ހުރިކަމެެއް އިގުނީ. ކޮންމެ ވެސް ނުބައެއް އެބައުޅޭ

  28
 9. އަލްޖަޒީރާ ރާއްޖެ

  Neighborhood policing or community oriented policing.
  I would say jazeera policing

  މަގުމަތިން ފޭރުން މައްސަލައެއް ނޫން، މީގަ ބޮޑަށް ބަލަނީ ކަފިހުރަސް މަތިން ފޭރޭތޯ، އަދި މިހާ ތަނަކަށް ކަފި ހުރަސް މަތިން ނުފޭރޭ އެހެން ވިއްޔާމު އޯކޭ

  ކުރީގަ އެމް ޑީ ޕީ ސަރުކާރުގަވެސް ރާއްޖޭގަ ފޭރުމާއި ތިޖޫރީ ވައްކަން އިންތިހާއަށް މައްޗަށް ދިޔަ ރާއްޖޭގަ ހިގާ ދިޔަ އެންމެ ބޮޑު ފޭރުން ކެމްޕަސް ފިހާރައިގެ ފޭރުން ހިގާފައިވަނީ އޭރުގަ، މިއީ ވަރަށް ޕްލޭން ކުރެވިގެން ތިމަން މެންނަކީ ވައްކަން ނުކުރާ ބައެކޭ ބުނެ ފައިސާ ހޯދަން މިމީހުން ގެންގުޅޭ އުކުޅެއް

  19
 10. އެލެކްސް

  ދެން އެކުދިން އަތުން ލާރިކޮޅު ހޯދާ އެޖެންޑާ19 އަށް ހަރަދުކޮއްލާ.

  22
 11. އަހުމަދު

  ފޭރޭމީހުންނަށް އެނގޭތަ ވޭނުގައި އެވަގުތު (2000000.00) ދެ މިލިއަންރުފިޔާހުންނަކަން މީ ރާވައިގެންކުރާކަންތައް ކޮންމެވެސްބަޔަކާ މިކަންތަކާގުޅުންއޮންނާނެ ކިހެނެއްތޯ ފޭރޭމީހުންނަށް އެނގެނީ

  23
 12. ސަޓޯ

  މީގެ ޒިންމާ ނަގަން ޖެހޭނީ ސޭޓު އަންހެނުން ނަހުލާ

  25
  6
 13. ނާބެ

  ތި ވާނީ ޔާމީނު ކުރިކަމަކަށް

  3
  31
 14. ފޭރުން

  ” إِنَّمَا جَزَاء الَّذِينَ يُحَارِبُونَ اللّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَاداً أَن يُقَتَّلُواْ أَوْ يُصَلَّبُواْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ ” މާނައަކީ: ”މާތް ﷲ އާއި އެކަލާނގެ ރަސޫލާއާއި ދެކޮޅުވެރިވެ ހަނގުރާމަ ކޮށް އުޅޭ މިހުންނާއި ފަސާދަ ކުރުމުގެ ގޮތުން ބިމުގައި މަސައްކަތް ކޮށް އުޅޭ މީހުންގެ ޖަޒާއެއްކަން ވާކަން ކަށަވަރީ، އެ ބައި މީހުން ޤަތުލުވެވުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާ ގޮތުގައި އެބައި މީހުންގެ އަތްތަކާއި ފައިތައް ބުރި ކުރުމެވެ. ނުވަތަ ރަށުން އަރުވާލުމެވެ. އެހެނީ އެބައި މީހުންނަށް ދުނިޔޭގައިވެސް ހުރީ ނިކަމެތި ކަމެވެ. އަދި އާޚިރަތުގައި އެބައި މީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ.”
  އެންމެ ކުޑަމިނުން ފޭރޭމީހުން ޖަލަށް ލުމުގެ ބަދަލުގައި ތައުޒީރުގެ ދަށުން އެމީހުންގެ ހުރިހާ މުދަލެއް އަތުލުމަށްފަހު ސޯމާލިޔާ ކަހަލަ ހިސާބަކަށް ޑީޕޯޓްކޮށް ރައްޔިތުކަން ހަމަ ބާތިލްކޮށްލަންވީ. އެކަމަކު މަށަށް އެންމެ ރަަނގަޅީ ފޭރޭމީހުންގެ ހަތަރެސްފައި ހަމަ ބުރިކޮށްލުން.

  39
  1
 15. އަބުލޯ

  މަސްވެރިންގެ ކޭޝްކާޑަށް ޖަމާކުރަންހުރިފައިސާކޮޅޮތިގެއްލުނީ ހާދަދެރަކަމެކޭތިދިމާވީ ސަރުކާރުންޖެހޭނެ މިކަމަށްވަރަށްހަރުކަށިފިޔަވަޅުއަޅަން؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  21
  1
 16. ސައީދު

  ޔަގީން ތިވާނީ ވަރަށް ރޭވިގެން ބަޔަކު ކުރިކަމަކަށް

  35
 17. ޙަސަން

  މިއީ ހަމަ ވަގު ސަރުކާރުގެތެރެއިން ރާވައިގެން ހިންގާ ފޭރުމެވެ. ފެބްރުއަރީން ފެށިގެން މިހާތަނަށް ފެލިވަރަށް މަސްކިރުވި ދޯނިފަހަރަށް އެއްވެސްވަރަކަށް ފައިސާދީފާ ނުވާއިރު އެންމެ ދެމިލިޔަން ރުފިޔާ މިއީވެސް އަރަތެކެވެ. މަސްކިރުވާ ތަނުގެ ސްޓާފަކު މަޢުލޫމާތު ދޭގޮތުގައި 29 މިލިޔަން ރުފިޔާ މިހާރުވެސް މަސްވެރިންނަށް ދޭން އެބަ އޮތެވެ. ޔާމީންގެ ސަރުކާރުގައި ހަފްތާއެއް ފައިސަދިނުން ލަސްވިޔަސް ކާލިގަނޑުޓީވީގައި ފޮކުނު ފޮކުން މިހާރު އަޅެ ފޮކިބަލާށެވެ. މަހަށް ރުފިޔާނުދޭތާންގާ ޑިސަލްވެސް ވަނީ ކޮންޓްރޯލްކޮށްފައެވެ. ރީދު ކާއްތައިގެން ފުމެކުޅުނު މަސްވެރިން ކޮބައިހެއްޔެވެ؟

  38
  1
 18. ގަމާރު

  މަސްވެރިންގެ ފައިސާކޮޅު ނުދޭންވެގެން ކުޅެލި ޑްރާމާއަކާ ބޮޑަށް ވައްތަރީ..! ލޮލް

  48
 19. މަސްވެރިޔާ

  ހަހާ މިއީ ފައިސާ ގެންދިއަ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިި މީހުންގެ ރޭވުމަކަށްވެދާނެ. ފައިސާ އުފުލަންޖެހޭނީ ސިއްރު ވެހިކަލްތަކުގަ ޕޮލިހުންގެ ބެއްލެވުމުގެ ދށުން. ވެރިން އިސްތިއުފާ ދެއްވުން މުހިންމު. އަނެއްކާ ކެމްޕެއިން ދުވަސްވަރުދޯ.

  18
 20. އަފީ

  ސޭޓުއަންހެނުންހެލްމެޓުއަޅައއިގެންފޭރޭހުރިހާފައި
  ސާގެޒިއްމާނަގަންޖެހޭނެ މިދެންމާމޮޅުމީހކައްވެގެން
  މިނިސްޓަރުކަންލިބުނީމަ މާމޮޅުކަމެއްކޮއްލީމަވާންވީ
  ހުރިހާކަމެއްތިއޮތީވެފާ؟ފިރިހެނުންދިފާޢުކުރާގޮތައް
  ހެލްމެޓުދިފާޢުނުކުރެވޭނެތިވާނީސޭޓުއައްހެނުން
  އެޖެންޑާނަވާރަހާސިލުކުރަންހިންގިޖަރީމާއެއްހެން
  ސޭޓުއަންހެނުންކަހަލަފުޅިމަދުއުގުރިންތަންތަނައް
  ހިޔޮވަރުކުރަންލީމަވާންވީހަތަރެތިވެފަތިއޮތީ؟
  ތީހުވަރަފުށިންސޭޓުގެނާއަތުންއަބުރާފަންކާއެއް

  10
  1
 21. ގާނޫނު

  ވަކިވަރަކަށް ވުރެ ގިނައިން އެއްތަނުން އަނެއް ތަނަށް ފައިސާ އުފުލޭނީ ފުލުހުންގެ ސެކިއުރިޓީގައި

  18
 22. ފާތުމަ

  ތީހަމަ ރޭވިގެން ކުރާކަންތައް.ވޭނުގައި ފައިސާގެންދާ ކަން އިނގިގެން ދޯ ފުރަތަމަ ވޭނާ ދިމާލަށް ދާނީ.

  22
  1
 23. ޖީ

  ޖީޓީއޭ ކުޅުނު ކުދިން އެބަ ފެނޭ.

  10
 24. ދޮގެއް؟

  ތި ނުވާނެ މި ސަރުކާރު ތެރޭ ބައެއް ނޫން އެހެން ބަޔަކަށް. ވައްކަން ކުރުމުގެ އާ ގޮތެއް މިމީހުން މިފަހަރު ރާވާފަ މިއޮތީ. މުޅިންވެސް "ފޭރުން". ރީލޯޑޭގެ ކަމަކަށްވެސް ވުން ހަމަ ދުރެއް ނޫން "ގޭގަ" ހުންނަވާއިރު އޭނާގެ ގޭންގްތަކަށް ކަންކަން ޕްލޭން ކޮށްދީ ހަދަން ފިސާރި ވަގުތުވެސް ލިބޭނެނު.

  11
 25. ހެހެހެ

  ވަރަށް ފައްކާ. މަސްވެރިންނަށް ނުދީ ހުރި ފައިސާ ދީ ހަމަވީ.

  10
  1
 26. ޢަލީ

  މަސްވެރިންނަށް ފައިސާ ދޭކަށް ރަށްރަށަށް ފައިސާ ފޮނުވާކަށް ނުޖެހޭނެ، ބިލް މިފްކޯއަށް ފޮނުވުމުން އޮޑިވެރިޔާގެ އެކައުންޓަށް ޓްރާންސްފަރކުރާނީ، އޮޑިވެރިޔާ ފަޅުވެރިންގެ އެކައުންޓްތަކަށް ތްރާންސްފަރ ކުރާނީ، ތި އުޅެނީ ގޯހެއް، ތިކަން ވަރަށް ރަނގަޅަށް ތަޙުޤީޤުކުރަންޖެހޭނެ.

 27. ރުހީނާލް

  އަދިވެސް ހެލްމެޓާ އަނެއްްއެއްޗަކާ އަޅުވާ، މީކީ ތިހެލްމެޓް އަޅައިގެން ދާކަށް ތަނެއް އޮތް ގައުމެއް ނޫނޭ އަމްދަކުން، މިހާރު ތި ހެލްމެޓަކާ ހެދި ހުޅުމާލޭގެ ވިޔަފާރި ދައްވެއްޖެ، ޒަރޫރީ ބޭނުމަށް ނޫނީ ބްރިޖުމައްޗަށް އެރުން ހުއްޓިއްޖެ، އެއް ސަރުކާރުން ފަސޭހަޔާ ހިތްހަމަޖެހުން ރައްޔިތުންނަށް ގެނުވީމަ އަނެއް ސަރުކާރުން ކުރަނީ ހަމަ ޖެއްސުން، ދެން މީހަކު ބްރިޖަށް ނޭރީމަ ގޮވާލާނެ އަސްތާ! އެކްސިޑެންޓް މިހާރު ވަރަށް މަދުވެއްޖޭ....އެކްސިޑެންޓް މަދުވެފަ ވައްކަން ތާ މިގިނަވަނީދޯ

  8
  3
 28. ޢަދުލު އިންސާފު

  ފޭރިގަތް 2 މިލިޔަން ރުފިޔާގެ ޒިންމާނަގަންޖެހޭނީ އިބޫސާލިހު.

  12
  2
 29. އަދުލުއިންސާފު

  ފޭރިގަތް ދެމިލިއަން ރުފިޔާގެޒިންމާ ނަގަންޖެހޭނެ އިބޫސާލިހު .

  12
  2
 30. ޔަޢުޤޫބް

  މީ މަސްވެރީންނަށް ދޭން ބުނި ފައިސާ ނުދޭން ވެގެން ސަބަބެއް ދައްކަން ޖެއްސި ސްޓަންޓް އެއް.
  މިހަަރު ބަނކ މެދހުވެރި ނުކޮށް ފައިސާ ފޮނުވާތަ؟

 31. ަާާާާާީީީަަަަަހިހާ

  މީ ޕީޕީއެމް މީހުންކުރާކަމެއް ސަރުކާރު އަގުވަށްތޓަންވެގެން

 32. ހަރުބަސް

  ފޭރިގަތް 2 މިލިޔަން ރުފިޔާގެ ޒިންމާނަގަންޖެހޭނީ އިބޫސާލިހު.

 33. ާAhmed

  ސީއީއޯ ވަގުތުން އިސްތިއުފާދީ. ތިޔަހާގިނަ ރުފިޔާ އުފުލާފަ ތިހުރީ ކަނޑުކޮހަކު ކުރާނެ ގޮތަށް. މިފަދަ ނާގާބިލުކަން ފަޅާއެރީމާ މީނާ މަގާމުގައި ބަހައްޓާނީވެސް ކަނޑުކޮހެއް. ތިޔަފަދަމީހުން މަގާމުން ދުރުކުރުމަކީ ޤާނޫނެއް ނެތިގެން ނުވެފަ އޮންނަންޖެހޭނެ ކަމެއްނޫން. މަގާމުގައި ބަހައްޓައފިނަމަ ދޭހަވަނީ ބައިވެރިވުން.

 34. Anonymous

  މޑޕ ކެމްޕޭނަށް ދިން ފައިސާ. މަކަރުވެރި ހީލަތްތެރި ރޭވުން. ނަހުލާ މަގުތަނަވަސް ކޮށްދިނީ މޑޕ ފޭރެނީ.

 35. Anonymous

  ކެމްޕޭނަށް ފޭރުވީ. މިފްކޯވެރިން ރާވައިގެން މަސްވެރިންނަށް ފައިސާ ނުދީ ޕާޓީ ކެމްޕޭނަށް ފައިސާ ދެނީ. މިއީ ފޭރުން. ރައްޔިތުންގެ ފައިސާ ރޯމާ ދުވާލު ފޭރެނީ.

 36. މަހޭޝް

  ވަރަށް ވައްތަރުދޯ ރޭވިގެން ކުރާ ކަންތައްތަކާ ރޭވިގެން ކުރިޔަސް ކޮންމެ ގޮތަކަށް ކުރިޔަސް ތިވާނީ ޔާމީނުގެ ކަމަކަށް

  1
  3
 37. އަލީ

  ތީގަ ވަރަށް ބޮޑު ރޭވުމެއް އުޅޭހެން ހީވޭ. ހަމަ ގައިމުވެސް ތިތަނުގެ ވެރިއެއްގެ ނުވަތަ މުވައްޒަފެއްގެ އަތެއް ނޫޅޭނަމަ ވަގުންނައް ތިހުރިހާ މައުލޫމާތެއް ނޭންގޭނެ އަނެއްކާ ތިހާގިނަ ފައިސާ ގެންދާއިރު ސިފައިންގެ އެހީތެރިކަން ނުހޯދާ ތިދިޔައީވެސް ތިކަމައް މަގުފަހިކުރަންކަމަށް ވަރަށް ބޮޑައް ޝައްކު

 38. ރާޒީ

  ހެލްމެޓަކީ ރާއްޖެއަށް ކަމުދާއެއްޗެއް ނޫން. ސްޕީޑުދަށްކުރުވައިފަ ހެލްމެޓު އުވާލަންވީ. އެހެންނޫނީ ފޭރުން ގިނަވާނެ ކުރިޔަށްވުރެ. މީ މަ ކުރިންވެސް ބުނި ވާހަކަ. އެކަމަކު މާމޮޅުކަމަކަށް ވެގެން ހެލްމެޓުއަޅުވައިފި. ދެން ކުޅިބަލަންތިބޭ. ކުފޫހަމަނުވާ މީހުންނަށް މިނިސްޓަރުކަން ދިނީމަ އަދި ބޮލުގަ ގޯނިވެސް އަޅުވާނެ.