އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މާރިޗް މަހުގެ 30 ވަނަ ދުވަހު ބާއްވާ ހާއްސަ ފެތުމުގެ އިވެންޓަކަށް، ވަކި ވަގުތުކޮޅަކަށް ކ.ފުނަދޫއާއި މާލެ އާއި ދެމެދު ބަންދު ކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ ފެތުމުގެ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ލައިފް ގާރޑް އެސޯސިއޭޝަންގެ ފަރާތުން ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ، 30 މާރިޗު ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އިން 6:00 އަށް ކ. ފުނަދޫ އާއި މާލެ އާއި ދެމެދުގައި ކަމަށެވެ،

އަދި އެ އިވެންޓު ބޭއްވުމަށް ހަމަޖައްސާފައިވާ ސަރަޙައްދަށް ކަމާއިނުބެހޭ އުޅަނދުފަހަރު ވަނުމަކީ މަނާ ކަމެއްކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި އެ ސަރަޙައްދާއި ކައިރިން ދަތުރުކުރާ އުޅަނދުފަހަރުވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމާއެކު ދަތުރު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެެވެ.