އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ ތެރެއިން ނަގުދުކޮށް، ފައިސާ ލިބިފައިވާ މީހުންގެ ލިސްޓެއް އާންމުކުރަން އުޅޭ ކަމުގެ އިޝާރާތެއް، ޕީއެންސީގެ ރައީސް އަދި ފޮޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ޕްރެސްގައި އަދުރޭ އެފަދަ އިޝާރާތެއް ދެއްވާފައިވާ އިރު، އެ މައްސަލައިގައި ފައިސާތައް ބަހާލި އެސްއޯއެފް ކުންފުނީގެ އެކައުންޓުން، ޓްރާންސްފާ ކޮށްފައިވާ އެކައުންޓްތަކުގެ ތަފްސީލުތައް އޭސީސީން ވަނީ އާންމުކޮށްފައެވެ. އޭސީސީން ނެރުނު ތަފްސީލީ ރިޕޯޓުގައި ރަށްތައް ވިއްކާފައިވާ ގޮތާއި، އޭގެ ތަފްސީލުތައްވެސް ހިމަނާފައިވާ އިރު، ނަގުދުކޮށް އެފައިސާ ދީފައިވާ މީހުންގެ ލިސްޓް އޭގައި ހިމަނާފައެއް ނުވެއެވެ.

މިއަދުގެ ޕްރެސްގައި އަދުރޭ ވިދާޅުވީ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ލިސްޓެއް ނެރެން އުޅޭ ކަމަށާއި، އެ ލިސްޓަކީ ހިޔާނާތުގައި ފައިސާ ނަގުތުކޮށް، ލިބުނު މީހުންނޭ ބުނެ ނެރޭ ލިސްޓެއް ކަމަށެވެ. އަދުރޭ ވިދާޅުވީ އެއީ ޖަރީމާއެއް ކަމަށާއި، އެއީ އެޖެންޑާ 19 ކާމިޔާބުކުރުމަށް ފޯރުވާ ނުފޫޒެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ ލިސްޓްގައި ކުރީގެ ރައީސް ޔާމީންގެ ދެ ކަނބަލުންނާއި، އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ވާދަކުރައްވާ ގިނަ ބަޔަކު ހިމެނޭ ކަމަށާއި، އްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު ބަންދުގައި ބަހައްޓައިގެން ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންތި މަރުޔަބު

    މިވެސް ކޮރަޕްޝަނާ ފަސާދައިގެ ސަރުކާރެއް ފަސާދައިގެ ސަރުކާރުން ތިހުރިހާކަމެއް ކުރާނެ ތީވެސް ކެންޕެއިން

    18
    4
  2. ޝައްކެއްނެތް

    އިބޫއަށް ދެލައްކަ ޑޮލަރު ، މައުމޫނަށް ދެލައްކަ ޑޮލަރު ، އަންނިއަށް ފަސްލައްކަ ޑޮލަރު ، ޢިމްރާނަށް ބައިލައްކަ ޑޮލަރު ، އިމްތިޔާޒްފަހްމީއަށް އެއްލައްކަ ޑޮލަރު ލިބިފައިވޭ! ހާމަކޮށްލަން ކެރޭނެބާ؟