ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާ އަށް، ވާދަކުރައްވާ، އަޙުމަދު މުހައްމަދު، އާއްމު ނަމުން ނަމަ، ފަޒާ އަޙުމަދު، ނިކުންނަވަނީ އެ ދާއިރާއަށާއި މުޅި އައްޑޫ އަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވަރުގަދަ ޢަޒުމުގައެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމް ދީނާއި ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަށްތެރިކޮށް ހިތުމާއި، ޤައުމިއްޔަތުގެ ފުން ކުލުނާއި، ތިމާ ނިޞްބަތްވި އަތޮޅަށާއި ރަށްވަންތަ ކަމަށް އަބަދުމެ ލޯބިވެ، އިޙްތިރާމު ކުރުމަކީ، ހެޔޮ ބަދަލެއް ގެނައުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އަޙުމަދު ޤަބޫލުކުރައްވައެވެ.

މީގެ އިތުރުން، ޤަވާއިދުން މަޖިލީހަށް ހާޟިރުވެ، މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދާއިރާގެ ރައްޔިތުން ތަމްޞީލްކޮށްދޭ މެމްބަރުގެ ޙައިޞިއްޔަތުން ދާއިރާ ފަޚުރުވެރިވާފަދަ ޚިދުމަތްތަކެއް ކޮށްދެވުނު ދަރިއެއްކަމަށް ވުމަށް ގަދައަޅާ ކުރުމަކީވެސް އަޙުމަދު ގެ އެއް ޢަމާޒެވެ.

ފަޒާ އަޙުމަދަކީ ބިޒްނަސް އެންޑް އެކައުންޓުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްގެން ހުންނެވި، ޤާބިލް ބޭފުޅެކެވެ. އަމިއްލަ ވިޔަފާރީގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ އަޙުމަދަކީ 2005 ވަނަ އަހަރުން ފެށިގެން ސިޔާސީ މަސައްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވަމުންގެންދަވާ ބޭފުޅެއްވެސް މެއެވެ.

ތައުލީމީ ހަޔާތަށް ފަހު ރަށަށް ބަދަލުވެ ވަރަށް ހަނިގޮތަކަށް ފެށި ވިޔަފާރި އަތޮޅުގައި އެންމެ ނަންހިނގާ އެއް ވިޔަފާރިއަށް ބަދަލުވެގެން ދިޔައިރު އައްޑު އަތޮޅަށާއި އެ ދާއިރާގެ ގިނަ ބަޔަކަށް އެކި ގޮތްގޮތަށް އެއީ ލިބުނު ލުއި ފަސޭހަ އެކެވެ. ރާއްޖޭގައި މަޝްހޫރު ވިޔަފާރީގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް އަހުމަދު ނިންމެވީ ރަށަށް ބަދަލުވެ ބައްޕަގެ ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމަށެވެ. އަހުމަދު ވަނީ އައްޑޫ ސިޓީގެ ވިޔަފާރިވެރިން ހިމެނޭ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފެއްދުމަށްޓަކައި ވެސް ވަރަށް ގިނަ މަސަކަތް ކުރައްވައިފަ އެވެ.

ތަރައްޤީ އަކީ ރައްޔިތުން ހޮވާ މެމްބަރުގެ ޖީބުން ކުރާ ކަމަކަށް ނުވިއަސް ލިބޭ ހައިސިއްޔަތު ބޭނުން ކޮށްގެން ތެދުވެރިކަމާއި އިޚުލާސްތެރި ކަމާ އެކު މަސަކަތް ކޮށްފި ނަމަ ކިތަންމެ މައްސަލަތަކަކަށް ހައްލު ހޯދި ދާނެކަމަށް އަހުމަދު ގަބޫލު ކުރައްވަ އެވެ. އައްޑޫ ސިޓީ އަދި ޚާއްސަކޮށް ހިތަދޫ އުތުރު ދާއިރާ އަށް ވެސް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެކިއެކި މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި ބައްދަލުކޮށް އެފަދަ ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދުމާ އަދި ކަންތައް ނުކުރެވި ދިގުލައިގެން ދާނަމަ ރައީސުލް ޖުމްހޫރިއްޔާ އަށް ހުށަހަޅައިގެން މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އަހުމަދު ވިދާޅުވެ އެވެ.

އަޙުމަދު މުޙައްމަދުގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން

އަހުމަދު ވިދާޅުވާ ގޮތުގައި އައްޑޫ ތަރައްގީކޮށް އައްޑޫގައި ތިބި ފަންނުވެރި ހުނަރުވެރި ގާބިލު މީހުންނަށް ފުރުސަތު ލިބި އިގުތިސާދީ ތަނބަކަށް ހަދައިގެން ނޫނީ ރާއްޖެ އަށް ބީޕީޓީ އަދި ޖީއެސްޓީން ވެސް ކުރިއެރުން ނުހޯދޭނެ އެވެ. އައްޑޫން ދައްކާ ބީޕީޓީ އާއި ޖީއެސްޓީން ވެސް އައްޑޫ އަށް ހިއްސާ ދޭން ޖެހޭ ކަމަށް އަހުމަދު ވަކާލާތު ކުރައްވަ އެވެ. މިކަން މިގޮތަށް ހަދައިގެން ނޫނީ ލާމަރުކަޒީ ވެސް ނުހިންގޭނެ ކަމަށް އަހުމަދު ވިދާޅުވެ އެވެ.

"މި ކަމަށް އޮތް ހައްލަކީ ރައްޔިތުން މަޖިލިސް ޒިންމާދާރުވުން. އެކަމަށް އޮތް ހައްލަކީ ރައްޔިތުން ފޮނުވާ މަންދޫބުން އަމާނާތްތެރިވުން. ތެދުވެރިކަމާ އެކު މަސައްކަތް ކުރުން. ﷲ ގެ އިރާދަފުޅާއި އެކު އަޅުގަނޑަށް އެ ފުރުޞަތު ލިބިއްޖެކަމަށްވާނަމަ، އައްޑޫ އަތޮޅަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދޭނަން" އަހުމަދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިޑޫ

    ފަޒާ އަހްމަދު އަކީ ރާއްޖެއަށް ހެޔޮ ބަދަލު ގެންނާން މަސައްކަތް ކުރި މީހެކޭ ސްޕެޝަލީ 2008 ވަނަ އަހަރު އެތަން މަމެންނަށް ވަނީ ވަރަށް ގާތުން ފެނިފައޭ ފަޒާ އަހްމަދު އަކީ އެއީ އޯޕަން މައިންޑެޑް މީހެކޭ މަމެން ތާއީދު ކުރަމޭ ފަޒާ އަހްމަދު އަށް އައި ގޮޓާ ނޯ ބޮޑީ ޓު ރިޕްލޭސް ހިމް ސޯ އައި ޑޫ ސަޕޯރޓް ހިމް ސޯ އައި ޑޫ އައި ޑޫ އައި ޑޫ އައި ޑޫ ލައިކް ހިމް އޯއް އޯއް ޑާންސް ޑާންސް ޑާންސް ޑާންސް...

  2. ޫޔިތތިު

    ރަނގަޅު ވާހަކައެއް

    8
    1
  3. ދދދދދދ

    އެމްޑީޕީ މީހުންނަކަށް ހެޔޮ ބަދަލެއް ނުގެނެވޭނެ. ތީ ހެޔޮ ގޮތް ދަންނަވެސް ބައެއް ނޫން.