ފުވައްމުލަކުން ފުރައިގެން އައްޑުއަށް ދަތުރުކުރި ފެރީއެއްގައި އިން އަންހެނެއްގެ ހާލު ދެރަވެގެން ރިޕޯޓް ކުރުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކުން ފުރައިގެން އައްޑޫ ސިޓީ ފޭދޫ އަށް ދަތުރުކުރި އެމްޕީއެލްގެ ފެރީއެއްގައި އިން އަންހެނެއްގެ ހާލު ދެރަވެގެން ސިއްހީ އަވަސް ފަރުވާއަށް ހިތަދުއަށް ގެންދިއުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަންހެން މީހާ އަށް ދިމާވީ ސިއްހީ ކޮން މައްސަލައެއް ކަމެއް އެއްވެސް އިދާރާއަކުން ސާފުވާ ގޮތެއް ނުވިއެވެ.