ރައްޔިތުންގެ މަޖިލިސްގެ މަކުނުދޫ ދާއިރާއަށް ވާދަކުރައްވާ ޔަޝްފާ ޢަބްދުލްޣަނީ ގެ ކެމްޕެއިން ހަރަކާތްތަކެއް 2 ރަށެއްގައި މިއަދު ކުރިއަށް އެބަގެންދެއެވެ. ޔަޝްފާގެ ރަސްމީ ކެމްޕެއިން އެޖެންޓް މުޙައްމަދު ވަޖީހު ވިދާޅުވީ މިއަދު ހެނދުނުއްސުރެ ކުރިއަށްދިއައީ ކުމުންދޫގެ އެކި ގެގެއަށް ވަނުމާއި ވަކިވަކި ފަރުދުންނާ ބައްދަލު ކުރެއްވުމެވެ. މެންދުރު ކުރީގެ ވަގުތެއްގައި ޔަޝްފާވަނީ މަކުނުދޫއަށް ވަޑައިގެންފައެވެ. މެންދުރު ފަހުން މަކުނުދޫގެ އެކި އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކާ ބައްދަލު ކުރައްވާނެއެވެ.

މިއަދު ހަވީރު 4:30 ގައި މަކުނުދޫގައި ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުން އޮންނާނީ ޔަޝްފާގެ ކެމްޕެއިން ޖަގަހައިގައެވެ. މި ބައްދަލުވުމުގައި ޔަޝްފާ ޢަބްދުލްޣަނީގެ އިތުރަށް ރަށުގެ އެކިއެކި ބޭފުޅުންނާއި ދާއިރާގެ އެކިއެކި ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ކުއްލި ހައިރާން ކުރަނިވި ކަންތައްތަކެއް އޮންނާނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިންވެސް މަކުނުދޫގައިވަނީ ކަންމަތި ބައްދަލުވުންތަކެއް ބޭއްވިފައެވެ.

މިރޭ ކުމުންދޫގައިވެސް ޔަޝްފާ ޢަބްދުލްޣަނީ ބައިވެރިވަޑައިގަންނަވާ ޖަލްސައެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކެމްޕެއިން ފެށުނީއްސުރެ ވަރަށް ގިނަ ފަހަރުމަތިން ޔަޝްފާ ވަނީ ކުމުންދޫއަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވާފައެވެ. އަދި އެރަށުގައި އަންހެނުން ބަރުވެރި ކުރުމަށް ރަށުގެ އަންހެން ކުދިނަ ކޮޅަކާގުޅިގެން ޖަމްޢިއްޔާއެއް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަރުވާ

    ޔަޝްފާޔަށް ކާމިޔާބު ދެއްވާށި. އާމީން

    9
    1
  2. ދަވޭ

    އެޖެންޑާ ނަވާރަ ކާމިޔާބު ވެއްޖެނަމަ އިބޫގެ ވެރިކަމުގައި ސިއްކަ ޖެހޭނެއޭ ސަބަބަކީ އެއިރުން ކެނެރީގެ ނަޝީދު ހުންނާނީ މަޖްލީހުގެ ރައީސް ކަމުގެ މަގާމް ގައި އަދި މަޖްލީހުގެ މެޖޯރިޓީ އޮންނާނީ އޭނާގެ ފުލް ކޮންޓްރޯލް ގައި ދެން ރައީސް އިބޫ ޖެހޭނީ އޭނާ ބުނާ ބަޔަކަށް ފަޅު ތައް އޭނާ އަށް ކަޓް އަޅާ ގޮތަށް ވިއްކާލަންއޭ މިނޫން ގޮތެއް މިއަކު ނޯންނާނެއޭ މީ ރައީސް އިބޫ ވިސްނަން ޖެހޭނެ ކަމެކޭ...

  3. ޢަލީ

    ޔަޝްފާއަށް ކާމިޔާބަށް އެދެން...