ބޯރޑިންގ 19 އާދަމް ތައުފީޤް ކެމްޕޭންގެ ޚާއްސަ ހަރަކާތެއް މިރޭ ކުރެންދޫގައި ބޭއްވުމުގެ ތައްޔާރީތައް ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ.

ކުރެންދޫގެ ގިނަބައެއްގެ ތާއީދާއެކު ކުރިއަށް ގެންދާ މިހަރަކާތުގައި ރެއިންބޯ ސުފުރާމަތިން ނަމުގައި ޖާފަތެއް އޮންނާނެ ކަމަށް ތައުފީޤް ކެމްޕޭން އޮފީހުން މަޢުލޫމާތު ދެއްވައެވެ.

އާއްމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޖާފަތް ހިނގަމުންދާނީ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާ އެކުގައި ކަމަށް ކެމްޕޭން އޮފީހުން މަޢުލޫމާތު ދެއްވައެވެ.

މި ޙަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުންވެސް ކުރެންދޫ އަށް އައިސް ފައިވާ ކަމަށް ތައުފީޤްގެ ކެމްޕޭން ޓީމުން މަޢުލޫމާތު ދެއްވައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ، ކުރެންދޫ އަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ސަޕޯރޓަރުން ވެސް މިއަދު ހެނދުނު ކުރެންދޫއަށް އައިސްފައިކަމަށް މަޢުލޫމާތު ލިބެއެވެ. މި ޙަފްލާގެ ލައިވް ކަވަރޭޖް އާދަމް ތައުފީޤްގެ ކެމްޕޭން ފޭސްބުކް ޕޭޖުން ގެނެސްދޭ ގޮތަށް ހަމަޖެހިފައިވެއެވެ.

މަޖިލިސް 19 ކެމްޕޭން މުޅި ރާއްޖޭގައި ފޯރި އާއިއެކު ކުރިއަށް ދާއިރު، އާދަމް ތައުފީޤްގެ ކެމްޕޭން، ބޯރޑިންގ 19 ފާހަގަ ކުރެވިފައިވަނީ ވަރަށް ތަފާތު ފުރިހަމަ، ވަރުގަދަ ކެމްޕޭނެއްގެ ގޮތުގައެވެ. ވަރަށް ފުރިހަމަ މެނިފެސްޓޯ އަކާއި އެކު ކުރިއަށް ދާ މިކެމްޕޭންގައި ކުރެންދޫދާއިރާ އަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުން ދާކަން ފާހަގަ ކުރެވެއެވެ.