ހުޅުމާލޭ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ އަލީ ނިޔާޒްގެ ފަސް މިލިއަން ޑޮލަރުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އިންތިޚާބާ ދިމާކޮށް އަލީ ނިޔާޒްގެ މަސްލަހަތު އޮންނަ މެލޭޝިއާގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ އަކީ ރިޝްވަތުގެ ގޮތުގައި ބެހުމަށް ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެމައްސަލަ އޭސީސީން ބަލައިދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވެއެވެ.

އަލީ ނިޔާޒްގެ މަސްލަހަތު އޮންނަ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެފައި ވާއިރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މެލޭޝިއާގެ ކޮމާޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ރާއްޖޭގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވާފައިވާ ލިޔުމެއްގައި ވެސް ނިޔާޒްގެ ފައިސާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

އެލިޔުމުގައި މެލޭޝިއާގެ ޑޯޗޭ ބޭންކްގެ ނިޔާޒްގެ އެކައުންޓަކަށް ފަސް މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް މެލޭޝިއާ ފުލުހުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ. މިލިޔުމުގައި މެލޭޝިއާގެ ކޮމާޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ކޮމިޝަނަރ އޮފް ޕޮލިސް ރާއްޖޭގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަށް ދަންވާފައި ވަނީ މެލޭޝިއާގެ އެކި ބޭންކްތަކަށް ރާއްޖޭގެ އެކި ފަރުދުން ޖަމާކުރަމުންދާ ފައިސާގެ ތެރެއިން ގޮތް ނޭނގި ޖަމާވަމުންދާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތައް ރާއްޖޭގެ ފުލުހުންގެ މުއައްސަސާގެ އެދުމުގެ މަތިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ނިޔާޒްގެ މައްސަލައެއް ބަލައި ދިނުމަށް އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅިއިރު އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރިޝްވަތު ދޭ ކަމުގެ ޝަކުވާތައް އެއޭސީސީއަށް ހުށަހަޅަމުން އަންނާތީ އެފަދަ މައްސަލަތައް ބެލުމަށް އޭސީސީން ފުލުހުންގެ އެހީތެރިކަމަށް މިއަދު ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ދިސްވޭ

    ރައްޔިތުން މިސަރުކާރަށް މަޖްލީހުގެ މެޖޯރިޓީ ދޭން ޖެހޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް މަމެން ޕިންކީން ނަށް ނުފެނެއޭ ވަޒީފާ އަށް މީހަކުވެސް ވައްދައިގެން އެމީހަކު ފުރަތަމަ ތިން މަސް ދުވަހު ޕްރޮބޭޝަން ޕީރިއަޑް ގައި ޕާރފޯމް ނުކުރިނަމަ އެފަދަ މީހަކު ވަޒީފާ އިން ވަކި ކޮށްލަނީއޭ އެގޮތުން ބަލާއިރު ރައީސް އިބޫގެ ވެރިކަމުގައި ރައްޔިތުން އެދުނު އެެއްވެސް ކަމެއް ކޮށް ނުދެއޭ ކެނެރީގެ ނަޝީދު އެދިގެން ސްކޫލް ތަކުގައި ހެދުނު ނާސްތާ ދިނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުން އެދުމުން މީ ރައްޔިތުން ކަންފަތް މަތީ އަތް ދަމާފައި ރައީސް އިބޫ ލެޑުން ނޫންތޭ...

    34
    1
  2. ކުރޭކުރޭކުރޭ

    ރައީސް އިބޫގެ ސަރުކާރަށް ދިވެހި ރައްޔިތުން މެޖޯރިޓީ ދޭން ޖެހޭނެ އެއްވެސް ސަބަބެއް މަމެންނަށް ހޯދާ ހޯދާ ނުފެނުނޭ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާ ވައްސެއް ހޯދާ ދިނުމަށް ޓަކައި ކޮށްދިން އެއްވެސް މަސައްކަތެއް މަމެންނަށް ފެންނާން ނެތޭ އޭނާ ދެން ހޮވަނީ އެއީ ކިއެއްކުރަންތޭ ބަންޑާރަ އުސޫލުން މަޖްލީހުގެ މެމްބަރު ކަން ކުރާ މީހުން ބޭނުމެއް ނޫނޭ މަމެން ބަދަލު ކުރަންވީއޭ އޭނާ ހަމަ މިހާރު ބަދަލުކުރޭ ކުރޭ ކުރޭ

    30
  3. ކަޓްމޭން

    މަޖިލީހުގެ މެމްބަރުން ވައްކަން ކުރާ ނަމަ މިނިވަންކަމެއް ނޯންނާނެ ކަމަށް ކެނެރީގެ ނަޝީދު ބުނާނަމަ މިސަރުކާރު ވެރިކަމަށް އައި ފަހުން ސަރުކާރުގެ ކުންފުނި ތަކުގެ ތިޖޫރީގައި ހުރި ފައިސާ ތައް މިލިއަނުން ޖިޕްސް ތަކަށް އަރުވައިގެން ގެންގޮސް ފޭރިގަތީ ކަމަށް ހަދާ އެފައިސާ ގަނޑު ބަނޑު އަޅާލި ބަޔަކު ބަނޑު އަޅާލި އިރު ވެސް ޕޮލިހުންނަށް މިކަން ނުހޯދުނީ އެއީ ކިއެއްވެތޭ ކެނެރީގެ ނަޝީދު ވައްކަން ކުރާ ވާހަކަ ނުދެއްކިއްޔާ މާ ތާހިރުވާނެއޭ ބޫމް ބޫމް ގަތީ އެއީ ޖީއެމްއާރު ކަޓޭ ދޯ...

    29
  4. މިއާ

    ފުލުހުން ނަކައް އެއްވެސް މައްސަލައެއް އިންސާފުވެރި ކަމާއެކު ތަހުޤީގުނުކުރެވޭނެ އެތަންތާގަ ތިބިބޮޑުންނަކީ ކޮރަޕްޓުގެ ބޮޑުން

    31
    1
  5. އެބަހުއްޓޭ

    އެޖެންޑާ ނަވާރައިގައި އޮތް މިނިމަމް ލޭބަރ ވޭޖް ގާނޫނު އެޕްލައި ކޮށްފިނަމަ މާލޭގެ ހޮޓަލެއްގެ ކަޅު ސައިތައްޓެއްގެ އަގު އުޅޭނީ 10 ރުފިޔާ އަށޭ ކެނެރީގެ ނަޝީދު ވެރިކަމަށް އައުުމުގެ ކުރިން 25 ލާރި އަށް ހުރި ކަޅު ސައިތަށި އޭނާ ވެރިކަމަށް އައިސް ނަގަން ފެށި ޖީއެސްޓީގެ ސަބަބުން 2 ރުފިޔާ އަށް ބަދަލު ވެގެން ދިޔައީއޭ މިހިރީއޭ އިންފްލޭޝަން މަތިވިވަރު މިނިމަމް ލޭބަރ ވޭޖް އަކީ އެއީ އަދި މިއަށް ވުރެން ނުރައްކާ އެއްޗެކޭ ގައުމު ތަކުގެ އިކޮނޮމީ ކޮލަޕްްސް ވެފައި

    23
  6. ދިސްވޭ

    ކެނެރީގެ ނަޝީދު އެންމެ ބޮޑަށް އަޑަށް ބާރުލާފައި ބުނަނީ އެއީ އިންކަމް ޓެކްްސް ނަގައިގެން މިގައުމު ތަރައްގީ ކުރެވޭނެ ކަމަށޭ ނުވާނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ އޭނާ އަކީ އިގްތިސާދުގެ އަލިފުބާ ވެސް ދަންނަ މީހެއް ކަމަށް މަމެން ގަބޫލެއް ނުކުރަމޭ އެއީ ސަބަބަކީ އެއީ މިހާތަަނަށް އޭނާ ކުރި ވިޔަފާރި އަކީ ބޭންކް ރަޕްޓް ވުން އިއުލާން ކުރުން ނޫން ކަމެއް ކޮށްފައިވާ ވިޔަފާރި އެއް ނޫނޭ ގާސިމް އިބްރާހިމް މެން އިންކަމް ޓެކްސް ނެގުމާއި ދެކޮޅު ހަދާނަމަ ގާސިމް އަށޭ ތާއީދު ކުރަން ޖެހޭނީ...

    22
  7. ބުރޯ

    ތިޔައީ އެމްޑީޕީ ގެ ކެންޑިޑޭޓުން ބެހުމަށް ނަސީދު އާއި ޖީއެމްއާރުން ގުޅިގެން ދިވެހި ދޮންވެލި ކަޒަކިސްތާނުގެ ހާން ސަތީރު ހޮޓާލަށް ވިއްކާ ލިބުނު ފައިސާ ގެ ބައަކަށް ވުން އެކަށީގެންވޭ ތިޔަ ފައިސާވާނީ އެފައިސާގެތެރޭން ނަސީދު ޖަމާކުރިފައިސާ އަކަށް.

    19
  8. ޝައިޚް

    ޔާމީނާ، ގާސިމާ 2 މީހުންކައިރީ ބުނޭ އެ2މީހުން ކަހަލަ ރިސްވަތު ހިފާ މީހުނެއްނޫނޭ ނިޔާޒްމެނަކީ، އެންޓި ކެމްޕެއިންކުރަންވެސް ދަސްކުރާށޭ،

    4
    18
    • Anonymous

      ތީ ލާދީނީ ޝޭޚެއް ދޯ؟ ތިވައްތަރު ސޭކުން ދަންނަން. އަދާލަތުން. ދެން ކެނެރީ ނަޝީދު ބުނާ އެއްޗެއް އިރުއިރުކޮޅާ ތަރުޖަމާ ކޮށްދޭ މޑޕ ސޭކުންވެސް އުޅޭ

  9. ބޮޑުތިލަދުންމަތި

    މޭކަރަން ފެށީ ދޯ
    ނިޔާ އައް އޮތް ތާއީދު ފެނުނީމަ

    4
    16
    • Anonymous

      އޭނާއަށް ތާއީދު އެބައޮތްތަ؟ މަށަކަށް ނޭނގޭ ތިކަމެއް. މަ އުޅެނީވެސް ހުޅުމާލޭަގަ.

  10. ޝަހީދު

    މިހާރު ރައްޔިތުންނަށް ބަނަވަގުންނާއި މުލުވަގުންނަކީީ އެމް.ޑީ.ޕީީ ބޮޑުންކަން ސާފުވާނެކަމަށް އުއްމީދު ކުރަމެވެ.

    19
    1
  11. ޢިޔާބު

    ހަހާއި.. މޮޅެތި ސަވާބު ހޯދާލައޭ ތަންތަނުންް... އެކަމަކު ވަގަކީ ޔާމީނޯ....ހެހެ

    17
  12. އާއްމު މީހެއް

    މީނާ ކޮރަޕްޓް ވާނޭ ވަރު ވިސްނާލާ....އުތުރުޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކައް ހުރި އިރު ފެލިވަރުގަ ހުރެފަ ފާހާނާ ކޮއްލަންވެސް ލޯންޗްގަ ދާނީ ހިންނަވަރަށް،،،ފެލިވަރު އޮފީހުން މެސް ރޫމަށް ވެސް ކާރުކޮޅުގަ..

    20
  13. ސިމާ

    މީ ހަމަ ބޮޑު ވަގެއް.

    17
  14. ފުރެންޑް.

    ތީހަމަ ހަގީގަތަށްވެސް ރަގަޅު ހަބަރެއް. އެލާ ފައިސާއަކީ ހިންނަވަރަށާއި ހުޅުމާލޭ ދާއިރާއަށް ރިސްވަތުގެ ގޮތުގައި ބިހަން ދީފައިވާފައިސާ. މިހާރުވެސް ހިންނަވަރު އަދި ހުޅުމާލޭ ދާއިރާޔައް ދަނީ ލާރިބަހަމުމް. އިބޫ އާއި އޭނަގެ މުޅި އާއިލާ ދަނީ ސަރުކާރުތެރޭގައި ލާރިޔާއި ނުފޫޒްފޯރުވަމުން.

    18
  15. މަންޖެ

    މޑޕ ގައި ތިބޭނީ ހުސް މިކަހަލަ ވަގުން،، ރިޝްވަތާއި ވައްކަމުންގޮސް ފުރިފައި، ކޮބާތަ އެ އުޅޭ ރާބޯ ގަންޖާ އަންނި ފުރޭތަ، ނިކަން އެއްޗެކޭ ބުނެބަލާ މިކަމާއި ބެހޭގޮތުން ވައްތަރު ވައްތަރަށް ދީނީ މީހުންނަށް ހަޅޭއްނުލަވާ، ލަދުން ބޯހަލާކު.

    18
  16. ޖަޒީރާ

    ޖަޒީރާވަންތަ މީހުންގެ ކިބައިން ވައްކަމުގެ މައްސަލަތަށް ފެންނަލެއްގިނަ. އަދި މިމީހުން އެހެން މީހުންނާ ފިމާލަށް ވަގަށް ގޮވާވަރުވެސްގިނަ. މައްސަލައެއްނޫން ޖަޒީރާ ސިފަވަންތަކަންއެއީ..... ހިހިހިހި

    14
  17. ރާފު

    ބަލާލީމަވެސް ނުލަފާ ގެންގްސްޓައިލް ވަގެއް ވައްތަރު ޖަހާ. ޢިހަށް ރޭ 1 މިކިޔަން ޑޮލަރ ހުޚުމާލޭގަ 12ރ އަށް މާރު ކުރި. އޭގެންވެސް އެގޭ މީ ހިލޭ ލިބޭ ޑޮލަރ ފުންޏެއްކަން. 15.42 ރ ހުއްޓާ 12ރ އަށް ޑޮލަރ މާރު ކުރާނީ ފައިސާ ދޮވެގެން ނޫނީ ޖަރީމާތައް ހިންގެއް ނެތީމާ. ގޭން ގުރޫޕުތައް ވަރަށް ތަނަވަސް މި ދުވަސްކޮޅު.

    13
  18. ތަކުރު

    އެގުންޑާ19

    17
  19. Anonymous

    އިންޑިޔާއިންނާ އިޒްރޭލުން މަޖްލިސް ގަތުމަށް ދޭ ފައިސާ ޖަމާކުރަނީ ތި ނިތާޒުގެ އެކައުންޓަށް.

    18
  20. ޒަކީ

    سبحانالله. މީނަވެސް؟ މިއޮތީވާ ގައުމެއް. ވަރަށް ސަލާމް.

  21. ރަށްދު9

    އެޖެންޑާ 19 ހުސްވަގުން ތިބޭނީ

  22. ދދ

    ބޮޑެތިވަގުން މޑޕ ގައި ހިނޭކަމަށް ތާއަބަދު
    ކިޔަމުން ބުނަމުން މިދަނީ ސަބަބެއް ނެތިއެއް ނޫނެވެ އަތްކަޑަން ޖެހޭ ވަރުގެ އެއްތަށް ވަގުން
    މޑޕ ގައި އެބަތިއްބެވެ ދުވަހަކުވެސް ތެދުވެރި
    ކަމާއި އަމާނާތްތެރިކަން އެމީސްމީހުންގެ ކިބައިން
    ނުފެންނާނެއެވެ މިފަދަ މީހުން މަޖީހަށް ވެއްދުމަކީ
    އިންތިހާއަށް ބިރުވެރި ނުރައްކާތެތި ކަމެކެވެ

  23. ގލޅ

    ތިޔަ ފައިސާގައި ކެނެރީގެ މީހާގެއަތެއް ވާނެކަމަށް
    ވަރަށްގޮޑަށް ބެލެވެއެވެ މަކަރާއި ހީލަތާއި ވައްކަމުގެ ހުނަރުތައް ވަރަށް ރަނގަޅަށް އޭނާ
    ދަންނަކަން އޭނަގެ ސަފްހާއިން އެނގެން އޮވެއެވެ

  24. Anonymous

    މީނަ މީ ކިނބުލުގެ ކޮއްކޮ އެއްތަ؟ ކޮންމެވެސް މީހަކު މި ސާފުކޮށްދީބަލަ.

  25. ޢަދުލު

    ކާމިނީގެއާއިލާވެރިކަންކުރީމާއާއިލާވެރިކަންކެރަފާއާއިލާވެރިކަންކުރީމާއޯކޭމިހާރުއެވަރުނުވެގެންމަޖިލީހުގަވެސްކެރަފާއާއިލާމީދެންކިހާބޮޑުވެއްޖެކަމެއްތަކޮންމެހެންވެރިކަމާމެންބަރުކަންދޭންޖެހޭތޯ ބަލަކުރީގައިދިކޮޅުގަތިބެގެންފެލިއެރުވީކީކޭކިޔާފަތޯ މިހާރުހަދާންނެތުނީތޯމަޖިލިސްބޭނުންވެގެންއުޅެނީރައްޔަތުންގިއްގަޅުވާލަންމީހަގީގަތް ހުރިހާދިވެހިރަތްޔަތުންވިސްނަވާރަގަޅަށްނިންމަވާ

  26. އަފީފާ

    ހުޅުމާލެއައް
    އެމުޑީޕީ ގެފަރާތުންކުރިމަތިލާފަހުރީބޮނޑުވަގެއްނުހޮވާތި
    މިސަރުކާރުގާތިބީހުސްވަގުންއެއްމެމަތިންފެށިގެން
    އެއްމެތިރިއާޖެހެންދެންހުސްވަގުން
    އޮޅުވާލިވޯޓަކުންއައިސަރުކާރުމިހާރުވެސްއޮޅުވަމުން
    މިހާރުވެސްމިގެންދަނީ؟؟؟؟؟؟

  27. އެލެކްސް

    ތިޔައީ ވަގެއް އިބޫ އަކީވެސް ނަޒާހަތްތެރި މީހެއް ނޫން. ޙުސް ދޮގު ވެރިން.

  28. ދޮގެއް؟

    ވަގު ވަގު ވަގު މާސިންގާ ވަގުން ތިއުޅެނީ. ބޮޑު ބާޣީ ބައިގަނޑު އެހެން މީހުންނަށް ބާޣީއޭ ގޮވާހެން ވަގަށްވެސް އެބަ ގޮވައެއްނު. ހުސް ވަގުން. އެންމެގަނޑު ޖަލަށް ލާ އިބުރޭ. ކަލޭވެސް ލެވޭ.

  29. ނަޒާހަތް ތެރިޔާ

    ހާދަހާ ނަޒާހަތް ތެރި މަޖިލީހެކޭ ދޯ....