ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އާލީ ވޯޓިންގް އާއި ޕޯސްޓަލް ވޯޓިންގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ޢާއްމުންނަށް ބޭނުންވާ ބައެއް މަޢުލޫމާތުތައް ހާމަކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ބޭއްވުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގެ އިންތިޒާމުތަށް ފައްކާކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރުވެސް ކުރަމުންދާކަމަށެވެ.
ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅޭއިރު، އެކަށީގެންވާވަރަށް ރީ-ރަޖިސްޓަރ ނުވުމުން މީގެތެރެއިން ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވަނީ ވޯޓުލުމުގެ ހައްޤުން މަޙުރޫމްވެފައިކަމަށެވެ.
މި މައްސަލަ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ހައްލުކުރުމުގެ ގޮތުން، އެއިންތިޚާބުގައި ޕޯސްޓަލް ވޯޓިންގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
މި އިންތިޒާމުގެ ދަށުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަކި ވޯޓުލުމުގެ އަދަދަދެއް ނެތި ދުނިޔޭގެ ކޮންމެ ތާކު ހުރެގެންވެސް ވޯޓުލެވޭނެ. މި ދިމާވަނީ މެލޭޝިއާ ފަދަ ޤައުމުތަކުގައި ދުވެގހިން ގިނަވީމަ މާ އުނދަގުލަކާ ދިމަލެއް ނުވޭ. އެކަމަކު އޮސްޓްރޭލިއާ އަދި ނިއުޒިލެންޑް ފަދަ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެހެންތަނަކަށް ވޯޓުލާން މިދަނީ. މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ޕޯސްޓަލް ވޯޓިން ތަޢާރަފްކުރަނީ." ޝަރީފް ވިދާޅުވިއެވެ.
ޕޯސްޓަލް ވޯޓިންގެ ޚިދުމަތާއިއެކު، ވޯޓުލުމުގެ ކަންތައްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ މޮނީޓަރުންނާއި އޮފިޝަލުންނަށް ރީ-ރަޖިސްޓަރ ކުރުމަކާ ނުލައި އާލީ ވޯޓިންގެ އިންތިޒާމުގެ ދަށުން ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ވޯޓުލުމުގެ ކަންތައްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ މޮނީޓަރުންނާއި އޮފިޝަލުންނަށް ރީ-ރަޖިސްޓަރ ކުރުމަކާ ނުލައި އާލީ ވޯޓިން އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންމިދަނީ އިނގޭތޯ." ޝަރީފް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ ވޯތުފިށިތައް ގައުމުން ބޭރުގަ ބަހަޓާ ކަބަރެއް ދުވަކުވެސް ނާހަން
ޣައުމުން ބޭރުގަ ހިޖުރަކޮށްގެން އުޅޭމީހުންނަށް ވޯޓް ލެވޭކަށްނުޖެހޭ
ލޯކަލް އިންތިޚާބުގަ އެރަށެއްގަ އުޅޭބަޔަކު ވޯޓް ލުން މުހިންމީ
ކެލާގަ ދިރިއުޅޭތާ 20 އަހަރުވެފައިވާމީހަކު ނިލަންދޫގަ ރަޖިސްޓްރީ އޮތީމަ އުފަން ރަށައއްވެގެން ދޭވޯޓަކުން އެތަނަކައް ވާފައިދާއެް އޮންނާނެހެން ހިޔެއްނުވޭ
މިގައުމުގައި 100000 (ސަތޭކަހާސް) ބަންގާޅިންއެބަތިބި އެކަމަކު ބަންގާޅި ސަރުކާރުން ބަންގާޅުމީހުން ވޯޓް ލާކަށްމިގައުމުގައި ފޮއްޓެއްނުބަހައްޓާ އަހަރެމެންތާއިދުކުރާކަމެއްނޫން ބޭރުގައުމުތަކުގައި ވޯޓް ފޮށިބަހައްޓާކަށް މިއީބޭކާރު ފައިސާ އިސްރާފުކުރަންކުރާކަމެއް
ހއ ދިއްދޫ މާލެ ފޮށި ވޯޓްލާންފެށީ 43މިނެޓްފަހުން އެތަނުގެ އޮފިސަލުން އަންގަނީ ތައްގަނޑެއްނެތިގެންނޯ ލަސްވަނީ މިކަހަލަ ކޫސަނި ކަންތައްވަރަށްދިމާވާނެ
ހައްގުން މަޙުރޫމުވަނިއްޔޭ ކިޔައިގެން ކަލޭ އަނގަ ނާރުވައްޗޭ އިނގޭ މިހިރަ ވޯޓުވަގާ....!!! މިދިޔަ ރިޔާސީ އިންތިޚާބުގައި ކަލޭ ކިތައްމީހުންގެ ޙައްގުތައް ދިރުވާލީ އޭނ....؟