މިއަދު ހެނދުނު 8:00 ން ފެށިގެން ކުރިއަށްދާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ބަންދު ކުރުމަށް އިލެކްޝަން އިން ކަނޑައެޅި ވަގުތާއި ހަމައަށް ވޯޓުލީ މީހުންގެ އަދަދު މަދުވެއްޖެއެވެ.
އެލެކްޝަން އިން ބުނީ، މަޖިލީސް އިންތިހާބުގައި 18:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 207360 މީހުން ކަމަށެވެ. ވޯޓު ލުމުގެެ ހައްޤު 264442 މީހުންނަށް ލިބިފައި ވެއެވެ. އެހެންކަމުން 57082 މީހުން ވޯޓު ލާފައެއް ނުވެއެވެ. ވޯޓް ލާން ނިކުމެފައި ވަނީ ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 78.4 އިންސައްތަ މީހުންނެވެ.
މިއަދު ބޭއްވި މަޖިލިސް އިންތިޚާބުގައި ޖުމްލަ 386 ކެނޑިޑޭޓުން ވާދަކުރެއްވިއެވެ.
މިފަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުކަމަށް މީގެ ކުރިންވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް ލާން 89.2 އިންސައްތަ މީހުން ނިކުތެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި ވޯޓް ލާން ނިކުމެފައި މިވަނީ ރިޔާސީ އިންތިޚާބަށް ވުރެ މަދު ބައެކެވެ.
ނަމަވެސް 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ވުރެ އިންސައްތަ އިން ބަލާއިރު ވޯޓް ލާން ނިކުތް މީހުންގެ އަދަދު ގިނައެވެ. 2014 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ވޯޓް ލާން ނިކުތީ 77.33 އިންސައްތަ މީހުންނެވެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓް ލުން ކުރިއަށް ދިޔައިރު، ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓް ލުން ކުރިއަށް ދިޔައީ މައްސަލަތަކެއް ދިމާނުވެ ވަރަށް އަމާން ކޮށެވެ.
އެކަށީގެންވާ ސަބަބެއްނެތި ވޯޓުނުލާމީން ނާމެދު ފިޔަވަޅެއް އެޅުން މުހިންމު، ހިހޫތަނުން ކާލުމުގެ ފުރުސަތުނުދެވޭނެ
ާ