ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި ތިއްބެވުމަށް ފަހު އިދިކޮޅު ފަރާތްތަކާއި ގުޅި ޔާމީންގެ ސަރުކާރު ނޭވާ ހޮޅިއަށް އަޅުވާލި 12 މެންބަރުންގެ ތެރެއިން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަށް އިއްޔެ އޮތް މަޖިލިސް އިންތިޚާބުގައި ނާކާމިޔާބާއި ކުރިމަތިވެއްޖެއެވެ.
12 މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅުވުމަށް މެދުވެރިއެއްގެ ރޯލް އަދާކުރެއްވި، އަދި އޭގެ ތެރެއިން ބައެއް މެންބަރުންނަށް ރިޝްވަތު ހަވާލު ކުރުމުގައި ވެސް ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ވެސް އިއްޔެ އޮތް މަޖިލިސް އިންތިޚާބު ވަނީ ނާކާމިޔާބުވެފައެވެ.
12 މެންބަރުންނާއި ޔާމީންގެ ސަރުކާރުގެ ގުޅުން ގޯސްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވި ހިސާބުންނެވެ. އެމައްސަލަ ހޫނުވެ އެންމެ ފަހުން ގަރާރުގައި ސޮއި ކުރެއްވި މެންބަރުންގެ ގޮނޑި ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގެން ގެއްލުވާލި އެވެ.
12 މެންބަރުންގެ ތެރެއިން ތިނަދޫ ދެކުނު ދާއިރާއަށް އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާއަށް މުހައްމަދު އަމީތާއި އުނގޫފާރު ދާއިރާއަށް އިލްހާމް އަހްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ތިމަރަފުށީ ދާއިރާއަށް މުހައްމަދު މުސްތަފާ ނިކުތީ އެމްޑީޕީގެ ޓިކެޓްގައެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވާދަކުރެއްވީ އެމްއާރްއެމްގެ ކެންޑިޑޭޓުންގެ ގޮތުގައި އަމިއްލަ ގޮތުންނެވެ.
ދެން ތިއްބެވި މެންބަރުން ވާދަ ކުރައްވާފައިވަނީ އަމިއްލަ ގޮތުންނެވެ. އެއީ މައްޗަންގޮޅީ ދެކުނު ދާއިރާއަށް އަބްދުﷲ ސިނާނާއި އިހަވަންދޫ ދާއިރާއަށް މުހައްމަދު އަބްދުﷲ ފުވައްމުލަކު އުތުރު ދާއިރާއަށް އަލީ ޝާހު އަދި ދިއްދޫ ދާއިރާއަށް އަބްދުއްލަތީފް މުހައްމަދު އެވެ.
ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ވިލިނގިލި ދާއިރާގެ ގޮނޑި ސައުދު ހުސައިން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދާ ވާދަކޮށެވެ.
2009 ވަނަ އަހަރު ހޮވި މަޖިލިސް އިންތިޚާބަށް ފަހު ޕާޓީ ބަދަލު ކުރި ގިނަ ބޭފުޅުންނަށް ވެސް 2014 ވަނަ އަހަރު މަޖިލިސް އިންތިޚާބު ދިފާޢެއް ނުކުރެވެއެވެ. އޭގެތެރޭގައި މިހާރުގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ ހިމެނުނެވެ.
މިމީހުން ޖިހޭނެ މިކަމުގެޒިންމާ ނަގަން
ހަގީގީ ބާޣީންނަށް މާތްﷲ މިއޮތީ އެމީހުން ހިންގި ބަޣާވާތުގެ އަދަބު ދެއްވާފައެވެ. މީސްތަކުން ކުރާ ނުބައި ކަންތަކުގެ އަދަބު ދުނިޔެމަތީގައިވެސް ދައްކަވާނެކަމަށް ވެއެވެ. ޢިބްރަތް ޙާސިލްކުރައްވާށެވެ.
ހިތުން މާމޮޅު ބަޔަކަށް ވެގެން ގައުމު ފުންޑާލަން ގަޑުބަޑު ހެދީ. ރާކަނިމަސް ކެވިފަތީބޭނެ. ބަލަންތިބޭ 2020 އޭޕްރީލް 06 އަންނައިރު މިމީހުނާ އަދި ސަރުކާރު ޕާޓީޔަށް ގޮނޑި ދޭން ވޯޓު ދިންމީހުން ހޭރޭތަން. މިގައުމެއް ނެތް. .
މި އިންތިހާބުގެ ދިމާވި އެއްމެ ރަނގަޅުކަން ތީ
ފައިސާއަށް ގޮނޑި ވިއްކާމީހުން އެއްވެސް ދާއިރާއަކުން ހޮވާފައެއްނެތް ވިލިނގިލީ މީހުން ފިޔަވައި... ގަމާރުވިޔަސް ބޮޑުވަރު?
الحمد لله. ލިބެންވީ ތިވަރު ބޮނޑިއެއް ނޫން. ދެންވެސް ލިބެން އޮތް ކެއްސެއް ލިބުން ދުއާއަކީ.
އުނހު! މާދަމާވެސް އަންނާތި މަޖިލީހު ފާރުމަތިން ފުމެން! ދެން މަޖިލީހު ފާރުމަތިން ފުމުނިއްޔާ ކަންފަތުގައި ހިފައިގެން ގެންދާނީ ޖަލަށް!
ތިއޮތީ ވާނެ ގޮތްވެފަ. ކަރުބުޑުގަ ހިތިރަހަލައިފި އެއްނު ރަގަޅައް،، ރައްޔިތުންގެ ގައިގަ ކޮޅުފައިންޖެހީ
ކޮބައިތަ ރިސްވަތު ބައްލަވައިގަތް ލޯޔަރު ވައްޑޭ އަމީތު މުހައްމާ މުސްތޮފާ މިބައިގަނޑައް ބިސްކެވިއްޖެދޯ؟؟
މިހިރަ އިލްހާމުގެ އަންހެނުންވެސް ވެލިދޫ މީހުން ބޭނުންކޮށްގެން ފިރިމީހާ ސަލާމަތްކޮށްގެން ފަހުން މި ސަރުކާރަށް ފުސްމޫނު ދައްކައިގެން ދުވީ. ތާހިރު ވެއްޖެއެއްނުން.ހާލުގަ ޖެހުނު ދުވަހު ސަލާމަތްކުރި މީހުން ބޮލުގަ ކޮޅުފައިންޖެހީ.. ދެންތިބޭ ރާކަނިމަސް ފިހެގެންކައިގެން.
ހުންނާނެ ރާކަނި މަސް ކެވިފަ.
އެމްޑީޕީ ގެ ދާއިރާ އެއްގެ ގޮތުގައި ކުރި އަރަމުން އަންނަ ވިލިނގިލި ދާއިރާ އަށް ލިބިގެން ދިޔަ ނިކަމެތިކަމެކެވެ. މިކަމުގެ އިހުމާލުގައި އެމްޑީޕީ ލީޑަރ ޝިޕްއިން މިނިވަން ކެނޑިޑޭޓްގެ ގޮތުގައި ވާދަކުރި ސައުދު ހުސެއިންނަށް ނުސީދާކޮށް ސަރުކާރު ތެރެއިން ކަކަން ފަސޭހަ ކުރުމަށް ބަޔަކުދިޔައީ އެމްޑީޕީ މެމްބަރ އާއި ދެކޮޅަށް ކުރަމުންނެވެ.
ހައްހައްހާ ތި 11 އެއްޗައް ހުންނާނީ މިހާރު އޮފު ފިލާފަ... ހިނި އަންނަނީ
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
މާ މޮޅުތަކެއްވާނެކަމައް ރައީސްޔާމީން އައް ޖެއްސުންކުރީމަ މިހާރު ގަރުދިޔަސޫޕް ލިބޭނެ 12 ބުރާންތިން ދެންޖެހޭނީ މަހައްނިކުންނަން އައިނެއްފެނޭތޯ
ތިޔަބައިގަޑައް މައުމޫނު ދިން ވަރައްބޮޑު ކެއްސެއް.. ރިއަލިޓީ މެންނައް ހީވާކަހަލަ މައުމޫނު ބުނެފިއްޔާ އަތަކީ ފައޭ.ފަޔަކީ އަތޭ..ފެންނަން ހުރިހަގީގަތަކީ އެމްޑީޕީ ނަގާފަ ދެން މަޖިލިސް ގޮޑިއެއް ނެގޭނީ ރައީސްޔާމީންގެ ސަޕޯޓައް..ނޫނީ ގާސިމްގެ ސަޕޯޓައް..އަދާލަތު މައުމޫނު އަކީ ވަރައްބޮޑު ފެއިލިއާއެއް.
މައުމޫނު އުފެއްދި 12 ވަގުން..ރާކަނި މަސްކެވިފަ ތިބޭނޫ..ރިއަލިޓީ ވެފަ އޮންނާނީ..