ދިވެހި ރާއްޖެގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން 500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވާސީޓީން ދަސްވެނިވި ދަރިވަރުންނާއި، ސެޓްފިކެޓާއި އެވޯޑް ވަނީ ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އައިޔޫއެމް އިން ރޭ ބޭއްވި ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން - ފޮޓޯ: އައިޔޫއެމް

އިސްލާމިކް ޔުނިވާސިޓީން ބުނީ، އެ ޔުނިވާސިޓީން 500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ ކަމަށާއި، 325 ދަރިވަރުން ސެޓްފިކެޓް ހާސިލް ކުރި ކަމަށެވެ. އޭގެ ތެރޭގައި، މާސްޓާސް ހާސިލް ކުރި 105 ދަރިވަރަކާއި، ޕޯސްޓްގެރެޖުއޭޓް ހާސިލް ކުރި، 48 ދަރިވަރަކާއި، ޑިގްރީ ހާސިލް ކުރި 107 ދަރިވަރަކާއި، ޑިޕްލޮމާ ހާސިލް ކުރި 67 ދަރިވަރުންގެ އިތުރުން، ސެޓްފިކެޓް ލެވެލް ހާސިލް ކުރި 246 ދަރިވަރަކު ހިމެނެއެވެ.

އައިޔޫއެމް އިން ރޭ ބޭއްވި ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން - ފޮޓޯ: އައިޔޫއެމް

އެ ޔުނިވާސީޓީން ބުނީ، ރޭގެ ހަފްލާގައި އެ ޔުނިވާސިޓީގައި ކިޔަވަމުންދާ ރާއްޖެއިން ބޭރުގެ ތިން ދަރިވަރަކުވެސް ދަސްވެނިވެފައިވާކަަމަށެވެ. އެއީ މާސްޓާސް ޑިގްރީ ހާސިލްކުރި ތިން ދަރިވަރެކެވެ. އެއީ ސައުދީ އަރަބިއްޔާގެ ދަރިވަރަކާއި، ސްރީލަންކާގެ ދެ ދަރިވަރެކެވެ.

ރޭގެ ހަފްލާގައި އެ ޔުނިވާސިޓީން ދޭ "ބެސްޓް ސްޓޫޑެންޓް އެވޯޑް" އަށް ދަރިވަރަކު ވަނީ ހާސިލްކޮށްފައެވެ.