ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މަސައްކަތް ކުރެވޭނީ، އެޕާޓީގެ އަސްލު ވެރިންގެ ބެލުމުގެ ދަށަށް ޕާޓީ ގެނެވުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިގޮތަށް ވިދާޅުވީ، ޕީޕީއެމް އޭގެ ހައްގުވެރިންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު އަދި ނުފުއްދަވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެވައުދު ފުއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ދާދިފަހުން ވިދާޅުވެފައި ވަނިކޮށެވެ.

އަމީތު ކުރެއްވި ޓްވީޓެއްގައި މިކަމަށް އިޝާރާތްކުރައްވާ ވިދާޅުވެފައި ވަނީ، ޕީޕީއެމް ހައިޖެކް ކޮށްފައިވާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނުވަތަ އެއްކޮޅު ޕާޓީއެއްގެގޮތުގައި ވެސް ޕީޕީއެމް އަށް މަސައްކަތް ކުރެވޭނީ އެ ޕާޓީ މިނިވަންވެ، ޕާޓީގެ އަސްލެ ވެރިންގެ ދަށަށް ޕާޓީ ގެނެވުނު ދުވަހަކުން ކަމަށް އަމީތު ވިދާޅުވިއެވެ.

"ޕީޕީއެމް އޮތީ ހައިޖެކް ކޮށްފަ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައިވެސް، އެއްކޮޅު ޕާޓީއެއްގެ ގޮތުގައި ވެސް ޕީޕީއެމް އަށް މަސައްކަތް ކުރެވޭނީ އެ ޕާޓީ މިނިވަންވެ، އެ ޕާޓީގެ އަސްލުވެރިންގެ ބެލުމުގެ ދަށަށް ޕާޓީ ގެނެވުނު ދުވަހަކުން،" އަމީތުގެ ޓްވީޓުގައި ވެއެވެ.

ރައްޔިތުން މަޖިލިސް އިންތިޚާބުގައި މައުމޫންގެ ތާއީދާއި އެކު ވާދަކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ކެމްޕޭން ޓީމްތަކާއި އެކު ރޭ ބޭއްވެވި ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ މައްޗަށް ބަޔަކު މިހާރު ވެރިވެގަނެގެން ތިބީ ޝަރީޢަތައް ނުފޫޒު ފޯރުވައިގެން ޙުކުމް ކޮށްގެން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފަހުން ޕީޕީއެމްގެ މައްސަލަ މައުމޫނާއި އެއްކޮޅަށް ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީނާއި އެއްކޮޅަށެވެ. އެހެންކަމުން ޕީޕީއެމް މައުމޫނަށް ލިބުމުގެ ފުރުސަތު ބަންދު ވެއްޖެ ކަމަށް ގަބޫލުކޮށް މައުމޫން ވަނީ އެމްއާރްއެމްގެ ނަމުގައި އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

މައުމޫނަށް ޝަރީޢަތް މެދުވެރިކޮށް ދެން ޕީޕީއެމް ލިބެން އޮތް ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުން ޕީޕީއެމްގެ މައްސަލައިގައި ކޮށްފައި އޮތް ޙުކުމް ރިވިއުކޮށް، މައުމޫން ކޮޅަށް އަލުން މައްސަލަ ނިންމުމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ޕީޕީއެމްގެ މެންބަރުންގެ ގޮތުތަ ތިބި އެންމެން ޕީޕީއެމުން ވަކިވެ މުސްކުޅިބެއަށް ތިޕާޓީ ހަވާލުކުރުމަށް ގޮވާލަން.

    35
    5
  2. އަށްލަކަބެއްޔާ

    ތިބުނާ ޕީޕީއެމް އަސްލުވެރިންނާ އެކު ބައިއަތުހިފުމުން ވީގޮތް ވަރަށް ރީތިކޮއް ކަލެޔަށް މިހާރު އޮންނާނީ ފެނިފާ .ޕީޕީ އެމް ގެ އަސްލުވެރިންގެ ބައިންގަޑުގަ އެލިގެން އޮވެބަލަ ކަލޭ. ފުޅާކޯލިޝަނުގެ ފާޓުން ވެސް ތަންކޮޅެއް ކަލެޔަށާ ކަލޭގެ 10 ބައިވެރިންނައް ނުލިބުނު ދޯ

    48
  3. ައަހުމަދު ތަކުރާބެއްޔާ

    އަމީތޫ ޔިޔާހެން ބޭކާރު ހަޅޭނުލަވާ ހިތްވަރެއް ހުރިއްޔާ ބެއްޔާ އަތުލަފިކޮއްގެން ނުކުމެ މެމް ޢާރު އެމް ވުޖޫދަށް ގެނެސް ބަލަ މިހާދުވަސްވީއިރުވެސް ތިކަމެއްނުވިއެއްނު ދެންކޮން އަގަޔެއް އަރުވާކަށްތަ މިހާރުވެސް ބެއްޔާ އެދުވަނީ ރައީސްކަމައްއައުށް ވީ ވައުދު ތަކުގެ ތެރެއިން ބެއްޔާއަށް ޕާޓީ ހޯދަދޭން ބުނިބުނުން ފުރިހަމަކޮއްދޭށޭ ކިޔާ ރޮއި ހޭރި ދެފައި ތަޅަމުން އެދުވަނީ އަމީތޫ ފާޓުފުޅާ ކޯލިޝަނުން ބޭރުކުރުމުގެ ކުރިން ދެންވެސް 19 ވަނަ މަޖިލީހުގެ މެންބަރުން ގެ ބޮލަށް ހުތް ފެލާއިގެން ގެށުންގަޑެއް ގަށާލެވޭތޯބަލާބަލަ ބެއްޔާ ގެންގުޅޭނެ ހަލަން ވަރަށް ފައްކާ ފުރޭނިގަޑެއް

    44
  4. ޢިބިލީސް

    މިދެން ކާކު

    30
  5. Anonymous

    ޢަނހާ މުޅިން ހިމޭންވެ ގެއްލިފަ ހުރެފަ ޚަބަރެއް ވެލައިފި. ހ

    24
    2
  6. ޚުރުއްސާނު

    މިދެން އަޅެ ކާކުތަ. މާ ދިޔާސީ ވެގެން މިއުޅެނީ. ރީތި ރޯޅިއެއްގަ ތިއޮތީ ދުވަސްގޮއްސަ. ޢަދިވެސް ރިޝްވަތު ނަގައިގެން ބަޣާވާތްކޮށް ވެރިކަން ވެއްޓޭތޯބަލާ. ކަލޭ ކުރި ކަންތައްތަކުގެ ހިތި ރަހަ ﷲ ދެއްކެވީމަވެސް އަދިވެސް ފުއްޕާފަ ވެރިކަން ކުރަން. ޕާޓީ ހިންގަން. ތިމާ ބެއްޔާއަށް އަޅުދާސްތު ވެގެން އަދިވެސް ލާރިއެއް ލިބޭތޯދޯ. ދެން ނުހުންނާނެ ބަލާލާނެ މީހަކު. ފޮށި ތަންމަތި ބަދެގެން ރަށަށްދޭ.

    16
  7. މައުމޫނުގެ ބްރީފްކޭސް

    ބުނަން ވާހަކައެއް ސިޔާސީޕާޓީއަކީ ވަކިމީހެއްގެ މިލްކެކަމަށް ހެދިދުވަސް މިހާރު ފާއިތުވެއްޖެ. ސިޔާސީޕާޓީއެ ރަޖިސްޓްރީ ކޮއްދެނީ3000މީހުން ހަމަވީމަ. ތިޔަބުނާ ހައްގުވެރިޔާއާ އޭނަގެ އާއިލާ ސޮއިކުއްގެން ރަޖިސްޓްރީ ކޮއްދޭނަމަ މިހާރު މރމ ރަޖިސްޓްރީވެފައޮތީސް. އެހެންވީމަ ޕޕމ އަކީ ވަކިމީހެއްގެ ހައްގެނޫން. ދެރަކޮއްލަން މައުމޫނުބުނި ޕއ ގެމީހުންނާ ހަވާލުކޮއްލަނިކޮށް މރމއަށް މީހުންހަމަކޮށް ޕާޓީ ރަޖިސްޓްރީކޮއްަފަ މިހާރުއޮންނާނީ އެޕަވަރުހުރި ގްރޫޕެ ޕއ ގްރޫޕަކީ. ތިވަރުގެ ތާއިދެ އޮތްބަޔެއްނަމަ ޕާޓީހެދިފަ މިހާރުއޮންނާނީ. ދެންވެސް ޕޕމއާ ވައިއެޅެންނުހަދާ ގޮނޑިވިއްކައިގެންލިބުނު ލާރިން ވިޔަފާރިއެ ފަށާއިގެން ެުޅެންވީނުން ތީ މިހާރު ރައްޔިތު ބަލައިގަންނަމީހެއް ނޫންކަން ގަބޫލުކޮއްގެން މަޑުންހުރޭ ރޔާމީންގެ ތާއީދާ ޕޕމގެ މަސައްކަތުން ތިގޮނޑިލިބުނީ އެކަން ސާބިތުވެއްޖެނުން މިހާރު. ރައްޔިތުން ތިބިފަޅިޔާ ބްރީފްކޭސް ހުރިފަޅި ވަކިވެއްޖެކަން މިހާރުއިގޭނެ.

    25
    1
  8. ނަންްް

    ކޯޓުން އަމުރެއް ކޮށްގެން ބަޔަކާ ހަވާލު ކޮށްފަ އޮތް ޕާޓީއެއް ރައީސުލްޖުމްހޫރިއްޔާ އޭގެ އަސްލު ވެރިންނަށް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވި ވިދާލުވުމަކީ ޝަރުއީ ނިޒާމުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވުން ނޫން އެހެން ކޮންކަމެއްބާ! އަދި މިކަމަށް ހިތްވަރު ދީ ވާހަކަ ދެއްކި މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ހިތްވަރު ދިން މީހުން ނޫންބާ!

    33
    2
  9. މަސްވެރިޔާ

    500 ވޯޓް ނުލިބުނު ސިޔާސަ ބޭފުޅާ، އެއްވެސް ސިޔާސީ ޕާޓީއަކީ ވަކިމީހެއްގެ މުދަލެއްނޫން، އެއީ އުސޫލާއި ޕާޓީތަކުގެ ޤާނޫނާއި، ޕާޓީ ހިންގުމަށް ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައިވާ ގޮތަށް ހިންގާ ސިޔާސީ ބޮޑީއެއް. އެއީ ޝަޚުސެއްނޫން.
    ޕީޕީ އެމްގެ މިހާރުގެ ރައީސަކީ ރ.ޔާމިން. ތިކަހަލަ އަމީތާބުމެން ރަގަޅުވާނީ ތިޔަ ްް ޤަބޫލްކުރާ ފިކުރުގަތިބުން. ތި ތިއްބެވީ އިޚުލާސްތެރިކަމެއްނެތީމަ ވަރަ އެލިފަ. ސިޔާސީ އެއްވެސް އުރައްޕެއްނެތް. ﷲ ސބވތ. އިރާދަފުޅުން 2023 ވާނީ ރ.ޔާމިނަށް ފަހި އަހަރަކަށް، އިންޝާﷲ ވީވިލް ކަމްބެކް ...

    33
    1
  10. އަފީ

    ޕޕމ ގެ ހައްގުވެރިންނަކީ ޕޕމ ގެ އާންމު މެމްބަރުން! މި އާންމު މެމްބަރުން މި ތިބީ ރައީސް ޔާމީން އާއިއެކު ވީ އެއްޗެއްވާން! ޕޕމ ހައްގުވެރިންނަކީ މައުމޫނު އާއި ނަސްރީނާގެ އެއްޗެއް ނޫން! ސަލާމް