ދިވެހިންގެ މެދުގައި މަޤުބޫލު ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑްކަމުގައިވާ އޫދް އަލް ސަބާޔާ ބްރޭންޑްގެ އަތަރު ހުޅުމާލެއިންވެސް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ހުޅުމާލޭގައި ހިންގަމުންދާ "ޝަރޫ މާޓް"ފިހާރައިން އޫދް އަލް ސަބާޔާ ބްރޭންޑްގެ އަތަރުތައް މިރޭ 8:00 އިން ފެށިގެން ވިއްކަން ވަނީ ފަށާފައެވެ. މި ފިހާރައަކީ އޫދް އަލް ސަބާޔާ ބްރޭންޑްގެ އޮތޮރައިޒް ޑިސްޓްރިބިއުޓާއެވެ.

އެެހެންކަމުން އޫދް އަލް ސަބާޔާ ބްރޭންޑްގެ މަޝްހޫރު ގިނަ ވައްތަރުތައް މި ފިހާރައިން ލިބެން ހުންނާނެއެވެ. އަދި މިހާރު މާލޭގައި ހިންގަމުން އަންނަ އެ ބްރޭންޑްގެ އެއްޗެއް ހުޅުމާލޭގެ މި ފިހާރައިން ހޯދަން ބޭނުންނަމަ، ރިކުއެސްޓް ކުރެވޭނެކަމަށްވެސް އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވިއެވެ. ޝަބީން ވިދާޅުވީ، މި ފިހާރައިން އެ ބްރޭންޑްގެ ތަކެތި ލިބޭނީ މާލޭގެ ފިހާރައިން ވިއްކާ އަގުގައި ކަމަށެެވެ.

މި ފިހާރަ ހުންނާނީ ޗަަނބޭލީ 7 ނަމްބަރު ގޯޅީގައެވެ.

އޮންލައިން ޕޭޖަކުން ފެށި އޫދު އަލް ސަބާޔާ އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދައިފައިވާ އަތަރު ބްރޭންޑެެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ބްރޭންޑްގެ އެތައް ވައްތަރެއްގެ އަތަރާއި، ޕާފިއުމް ވިއްކުމަށް މާލޭގެ އިތުުރުން، އައްޑޫގައިވެސް ވަނީ ފިހާރައެއް ހުޅުވާފައެވެ.