ރާއްޖޭގެ އެންމެ ފުރަތަަމަ، އަދި އެންމެ ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ އޫދް އަލް ސަބާޔާ ބޮލުގެ އިސްތަށިގަނޑާއި ގަޔަށް (ހެއާ އެންޑް ބޮޑީ) އަށް ޖެހުމަށް ހާއްސަ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި ނެރުނު މިސްޓް ސްޕްރޭއެއް ގިނަބައެއްގެ ތަރުހީބު ލިބިއްޖެއެވެ.

މިއީ ވަރަށްވެސް މީރުވަސް ދުވާ ސްޕްރޭ އެކެވެ. އޯއޭއެސް އިން މައުލޫމާތުދިންގޮތުގައި މި ޕްރޮޑަކްޓް ތައާރަފް ކުރުމާއެކު ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ. އަދި ޕްރޮޑަކްޓަށް ލިބުނު ބޮޑު ތަރުހީބާއެކު، މި ޕްރޮޑަކްޓް މިހާރު ވަނީ ރަސްމީކޮށް ބާޒާރަށް ނެރެފައެެވެ.

"ފުރަތަމަ އަސްލު ނެރުނީ ޑިމާންޑް އޮތް ވަރެއް ބަލަން، އެކަމަކު ހީކުރިވަރަށް ވުރެ ޑިމާންޑް ވަރަށް ރަނގަޅު، މިހާރު މި ނެރެނީ ރަސްމީކޮށް.". އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވިއެވެ.

އެކަމަކު މިފަހަރު މި ޕްރޮޑަކްޓް ރަސްމީކޮށް ބާޒާރަށް ނެރެން ނިންމާފައި ވަނީ ހައި ކޮލެޓީގެ ފެންވަރުގައެވެ.

އޫދް އަލް ސަބާޔާއިން ފުރަތަމަ ނެރުނީ މި ވައްތަރު މިސްޓްގެ ދެ ވައްތަރެކެވެ. އެއީ އަންހެނުންނާއި ފިރިހެނުންްނަށް ހާއްސަ ދެ ވައްތަރެކެެވެ. މިއީ އިސްތަށިގަނޑަށް ޖެހުމުން އިސްތަށިގަނޑަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދެވޭ ފެންވަރުގެ ޕްރޮޑަކްޓެއްކަން ފާހަގަކޮށްލެވެއެވެ.

އޫދް އަލް ސަބާޔާއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖެއަށް އާ އުފެއްދުންތަކެއް ނެރެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޕްރޮޑަކްޓްތައް ލިބޭގޮތް ހެދުމެވެ.

މީގެ ކުރިން އޫދް އަލް ސަބާޔާއިން އަމިއްލަ ޕާފިއުމް، އަމިއްލަ އަތަރް، އަދި ލޯޝަނާއި، އެއާ ފްރެޝްނާ ރާއްޖެއަށް ތައާރަފްކޮށްފައިވާއިރު، އެތައް ބައެއްގެ ސަމާލުކަންވެސް މި ޕްރޮޑަކްޓްތަކަށް ލިބިފައި ވެއެވެ.

އޫދް އަލް ސަބާޔާގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އެ ފިހާރައިގެ ނަމްބަރަކީ9495757 އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފީސްޒާ

    އެއްޗެއް ނުލިބުނަސް ތި ގަންނަ ހިތެއް ނުވެ.

    2
    4
  2. ވާނުވާ

    ޢަދުލުވެރިކަމެއް ނެތިއްޔާ، އުލު ބޭންދިޔަސް، އެ މިންވަރުވެސް ކުޑަވާނެ ފަނޑިޔާރަކަށް