ރާއްޖޭގެ އެންމެ ފުރަތަމަ އަތަރު ބްރޭންޑް އޫދް އަލް ސަބާޔާ އިން ފިރިހެނުންނަށް ހާއްސަ އާ ވައްތަރެއްގެ އަތަރެއް ތައާރަފް ކޮށްފިއެވެ.

އޫދް އަލް ސަބާޔާއަކީ އަމިއްލަ އެތައް ވައްތަރެއްގެ އަތަރާއި ސެންޓާއި، ލޯޝަނާއި އަދިވެސް އެތައް ޕްރޮޑަކްޓެއް ތަައާރަފް ކުރުމާއެކު، ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރާއި ޕާފިއުމް ރާއްޖެ ގެނެސް ވިއްކަމުން އަންނަ ކުންފުންޏެކެވެ.

މިފަހަރު އޫދް އަލް ސަބާޔާއިން ތައާރަފްކޮށްފައި ވަނީ ފިރިހެނުންނަށް ހާއްސަ އަތަރެއް ކަމަށްވާ ވުޑީ އިންޓެންސްއެވެ. މިއީ އޫދް އަލް ސަބާޔާގެ އަމިއްލަ ޕްރޮޑަކްޓެކެވެ. މި އަތަރަކީ ކޮލެޓީގެ ގޮތުން ވަރަށް މޮޅު، އަދި އެއް ދުވަހަށް ވުރެ ގިނައިރު ވަސް ހުންނަ އަތަރެއް ކަން ފާހަގަކޮށްލެވެއެވެ.

މިހާރުން ފެށިގެން އޫދް އަލް ސަބާޔާގެ މާލެ އަދި ހުޅުމާލެ ފިހާރައިން މި އަތަރު ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އަދި ހުޅުމާލެ އައުޓްލެޓް ހުންނާނީ ހުޅުމާލެ ނިރޮޅު މަގު ގޯޅި ދޭއްގައެވެ.

ރާއްޖެއަށް އަމިއްލަ އެތައް އުފެއްދުންތަކާއި މަޝްހޫރު އެތައް ބްރޭންޑެއްގެ އުފެއްދުންތައް ގެނެސް ވިއްކަމުން އަންނަ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ.