ރާއްޖޭގެ އެންމެ ފުރަތަމަ އަތަރު ބްރޭންޑް އޫދް އަލް ސަބާޔާއިން ފިރިހެނުންނަށް ހާއްސަކޮށް ނެރުނު އަތަރެއްގެ ސެންޓު ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

އޫދް އަލް ސަބާޔާއަކީ އަމިއްލަ އެތައް ވައްތަރެއްގެ އަތަރާއި ޕާފިއުމް، ލޯޝަނާއި އަދިވެސް އެތައް ޕްރޮޑަކްޓެއް ތަައާރަފް ކުރުމާއެކު، ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރާއި ޕާފިއުމް ރާއްޖެ ގެނެސް ވިއްކަމުން އަންނަ ކުންފުންޏެކެވެ.

މިގޮތުން އަލް ސަބާޔާއިން ފިރިހެނުންނަށް ހާއްސަ ވުޑީ އިންޓެންސްގެ ނަމުގައި އަމިއްލަ އަތަރެއް މިދިޔަ ޖުލައި މަހު ރާއްޖެއަށް ތައާރަފް ކުރިއިރު، އެތައް ބަޔަކަށް މި އަތަރް ކަމުދިޔައެވެ. މި އަތަރަކީ ކޮލެޓީގެ ގޮތުން ވަރަށް މޮޅު، އަދި އެއް ދުވަހަށް ވުރެ ގިނައިރު ވަސް ހުންނަ އަތަރެއް ކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން މިފަހަރު ހާއްސަ ކަމަކީ މި އަތަރްގެ ސެންޓު ރާއްޖެއަށް ތައާރަފް ކުރުމެވެ. މިގޮތުން މީގެ އަތަރަށް ލިބުނު ތަރުހީބު ބޮޑުވެގެން ދިއުމާއެކު ވުޑީ އިންޓެންސްގެ ސެންޓު ރާއްޖެއަށް ތައާރަފް ކުރަން ނިންމީއެވެ.

އަދި މި ވައްތަރުގެ އަތަރްގެ ވަސް ދެ ދުވަސް ވާއިރުވެސް ގަމީހުން ވަސް ނުދާ ކަމަށް ކަސްޓަމަރުން ބުނެއެވެ. އެހެންކަމުން މި ވައްތަރުގެ ސެންޓަށް ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމީ ޔަގީން ކަމެކެވެ.

މިހާރުން ފެށިގެން އޫދް އަލް ސަބާޔާގެ މާލެ އަދި ހުޅުމާލެ ފިހާރައިން މި ސެންޓު ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އަދި ހުޅުމާލެ އައުޓްލެޓް ހުންނާނީ ހުޅުމާލެ ނިރޮޅު މަގު ގޯޅި ދޭއްގައެވެ.

ރާއްޖެއަށް އަމިއްލަ އެތައް އުފެއްދުންތަކާއި މަޝްހޫރު އެތައް ބްރޭންޑެއްގެ އުފެއްދުންތައް ގެނެސް ވިއްކަމުން އަންނަ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ.