ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މަގުބޫލު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާގެ އަބަޔާ ބްރޭންޑް ނޫރް ބައި އޯއޭއެސްއިިން ހާއްސަ ޑިސްކައުންޓެއް ލިބޭ އޮފަރއެއް ފަށައިފިއެވެ.

އަބާޔާއަށް ހާއްސަ ނޫރް ބައި އޯއޭސް ހުޅުވީ މެއި މަސް ތެރޭގައެވެ. އެ ފިހާރައިން މޮޅު ކޮލެޓީގެ އަބާޔާ އާއި މޫނު ބުރުގާ ލިބޭނެއެވެ.

ނޫރް ބައި އޯއޭއެސް އިން ބުނީ، މިއަދުން ފެށިގެން އެ ފިހާރައިގައި ކުރިއަށްގެންދާ ހާއްސަ އޮފަރއެއްގެ ދަށުން ވަކިވަކި އައިޓަމްތަކަކުން %40 އާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ. މި އޮފަރ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.

ނޫރް ބައި އޯއޭއެސް ފިހާރަ ހުންނާނީ މާފަންނު ދަކަންދާ މަގުގައެވެ.

ނޫރް ބައި އޯއެސްގެ ފޭސްބުކް ޕޭޖަށް މި ލިންކް މެދުވެރިކޮށް ވަދެވޭނެއެވެ. އެ ފިހާރައިގެ ނަމްބަރަކީ 9335757 އެވެ.