ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން މިގޮތަށް އަމުރުކުރީ ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ މައުމޫން ހަމީދު ވިދާޅުވީ ކޯޓުން މިއަދު ނިންމި ނިންމުމުން އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. އަދި ރައީސް މައުމޫން މިހާރު ވެސް ހުންނެވީ ގާނޫނާއި ހިލާފު ބަންދެއްގައި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ރައީސް މައުމޫން ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއިރު އެމަނިކުފާނުގެ މައްޗަށް ދެ ދައުވާ ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ކުއްލި ހާލަތުގެ ދަށުން ރައީސް މައުމޫންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

އެގޮތުން ފަނޑިޔާރު އަލީ ހަމީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ބަންދުގެ މުއްދަތު މިހާތަނަށް ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަހީހީހަލާކު

    މިއަދު އެމީހުން ނަށް އެނގޭނެ އެދުވަހު ހިތި ދިން މީހުންގެ ވޭނީ އިހުސާސް. މި އު ވެއްޖިއްޔާ މި މަނިއްޕުޅު ހުންނާނި ޖަލުގަވެސް އަރާމުގަ އަނިޠަކުރާކަށް ސިފައިން ނުވަންނާނެ ދަންވަރަކު..ޖަލު ހެދުނަ ލައްވާފަ ގޮޅީގަ ބައިންދާ

  2. ސަލީމު

    މިރޭ މިރުޒާގަށް ގުޅާނީ

  3. އޮޅާލާ

    މައުމޫން ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން އަމުރުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން ޕިންކީންގެ ވެރިކަން އެމެން ރަންރީނދޫ ބޮޑޭ ކިނބިގަހޭ އާއި ރެޑޭމެން ކޯރޑިނޭޓް ކޮށްލާ އުއްތަމައޭ އަށް ކަޓް ފީންނެއްް ދީގެން އެމެން ހީކުރީ އެމެން ކުރާ ދަ ނަހަލާލު އަމުރަކަށް މަމެން ތަބާވާނެ ކަމަށްތޭ މަމެން ނުވާނަމޭ އެގޮތަށް ތަބާ ތަމެން ނެރޭ ދަ ނަހަލާލު ކޯޓް އަމުރު ތަކަށް. ހުންނާނެ މިހާރު ރަނގަޅު ލެސަން އެއް ނަގާދެވިފައި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ހެދިގެން އުޅޭ ރަނޑުންނަށް. މީމަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. އެއްގޮތެއް ވެސް ނެހެދޭނެއޭ ހަމަ މަހަށް ދާން ޖެހޭނީ ނަސްރޭ މެން މަހަށް މަހަށް މަހަށް ދޭބަލަ. ކާލާ މަންނަ ޖެހޭނީ މަމެން ޕިންކީން ނާއި ޖެހުނީމާ އޮޅާލަން އޮޅާލާ އޮޅާލާ އޮޅާލާ.

  4. މައުމޫނިޒަމްޑެޑް

    ﷲ އަކްބަރު އަނިޔާވެރިންގެ ފަހުދުވަސް ކޮޅު ދައުރުވާ ގޮތް ނިކަން ދެކެބަލަ އެއްކަލަ ތިރީސް އަހަރު ވެރިކަންކުރި ޖައްލާދު ކަލޭގެ... އަޅުގަޑުގެ ބައްޕައަށްވެސް މީނާ ހާދަ ހަޓްކާއެއް ދެއްކިއޭ އެންމެ ފަހުން ހޭ ވެސް އަހާނުލާ އޮޅުމަކުންނޭ ބުނެ އެވެސް 3 އަހަރު ޖަލުގަ ތޅުވާފަ ދޫކޮށްލީ ...

  5. އައިކުޑް

    މައުމޫނުގެ ޝަރީއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމުން އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތޭ ޝަރީއަތަށް އެއްބާރު ލުން ދީގެން މަމެން މިދޭ ބަޔާްން ތަކުގައި ސޮއި ކުރަމުން ދާންވީއޭ އެއިރުން ތިޔާ ޝަރީއަތް ނިމި ބަންދުން ފިލާފާނެ އެއް ނޫންތޭ. އޯއް ޔޭއް އިޓްސް އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި. އޯއް ޔޭއް. އައި ރިއަލީ ލައިކް އިޓް.

  6. އެޕީލްއިޓް

    މައުމޫން ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން އަމުރުކޮށްފިތޭ. އެހެންތޭ އެއަމުރު ކުރީ އެއީ ކްރިމިނަލް ކޯޓުން ނޫންތޭ. ލައްބައޭ. ދެން އެހެން ކަމަށްވާނަމަ އެވާނީ ލާރޖް ކޮށް ސައްހަ ހުކުމަށޭ ދެން ތަމެން އެންމެ ރަނގަޅު ވާނީ ބަސް އަހައިގެން އެހުކުމް ތަންފީޒު ކުރަން އުޅުނިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ. ނާނާނާ ނާނާނާ ނާނާނާ އައި ވުޑް ހޭޓް ޓު ބްރޭކް ޔުއަރ ހާރޓް ބަޓް ކޯޓުން ހުކުމް ކުރުމުން ދެން މަމެން ކިއެއްތޭ ކުރާނީ ވައި ޑޯންޓް ޔޫ އެޕީލް އިޓް. އެޕީލް އެޕީލް އެޕީލް ޕްލީޒް. އޯއް ޔޭއް.

  7. އަޙްމަދް

    ވަރަށް ރަނގަޅު ތި ނުރައްކާތެރި މީހާ ޖެހޭ ބަނދުގައި ބަހައްޓަން.

  8. ބުއްޅަބޭ

    ކިރިޔަށްބާރަށް! ނަޝީދަށް ނުކުރެވުނު ކަންތައްތައް މިރަ ކުރަމުންދަނީ!

  9. ޢަލިފުޅު

    ނަޝީދު ބޭނުންގޮތްވެ ނިމުނީއެވެ. އަދިވެސް ބައެއް މީހުން އެބަތިއްބެވެ. ރައީސް ވަހީދު ތަސްމީނު މިމީހުންވެސް ޖަލަށްލާން އޭނާ ބޭނުންވެއެވެ.