ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށް ފަހު އެމަނިކުފާނު ވެސް ޗުއްޓީއަށް އަވައްޓެރި ސްރީލަންކާ އަށް ވަޑައިގެންފިއެވެ.

މައުމޫން ޗުއްޓީ އަށް ވަޑައިގެންނެވި އިރު އިންތިޚާބު ކާމިޔާބު ކުރަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޗުއްޓީ އަށް މިހަފްތާގައި އިނގިރޭސިވިލާތައް ފުރައިވަޑައިގެންފައެވެ.

މައުމޫން ޗުއްޓީއަށް ލަންކާ އަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އާއި އެކުގައެވެ.

މަޖިލިސް އިންތިޚާބުގައި މައުމޫންގެ ތާއީދާއި އެކު 20 ބޭފުޅުން ވާދަކުރެއްވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވުނީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށް އެކަންޏެވެ.

މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމާއި، މައުމޫންގެ އަރިސް ބޭކަނބަލެއް ކަމަށްވާ ފާތިމަތު ނާދިރާ އަށް ވެސް އިންތިޚާބު ކާމިޔާބެއް ނުކުރެއްވުނެވެ.

އިންތިޚާބަށް ފަހު މައުމޫން ވިދާޅުވީ މިއުޅެނީ ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރަން ކަމަށާއި ނަމަވެސް ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރެވޭނީ އިންތިޚާބުގެ މާހައުލަކީ ނަޒާހަތްތެރި މަޖިލީހަކަށް ވެގެން ކަމަށެވެ.

"އެއާއި ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބޭއްވޭ އިންތިޚާބެއްގެ ނަތީޖާ އަކީ ޙަޤީޤަތުގައި ތެދު ނަތީޖާ އަކަށް ނުވާނެ." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވެސް ބައްދަލު ކުރައްވާފައެވެ. މައުމޫން ރައީސް ޞާލިހާއި ބައްދަލު މިކުރެއްވީ ޕީޕީއެމް އަނބުރާ ހޯއްދަވައި ދެއްވަން ރައީސް ޞާލިހް ވެވަޑައިގެންނެވި ވައުދު އަދިވެސް ނުފުއްދަވާ ކަމަށާއި އެވައުދު ވަރަށް އަވަހަށް ފުއްދަވައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިތާ ދެހަފްތާ ވާން ކައިރިވެފައި ވަނިކޮށެވެ.

އިއްޔެގެ ބައްދަލުވުމަށް ފަހު މައުމޫން ވިދާޅުވީ މަޝްވަރާކުރެއްވި ހުރިހާ ކަމަކާ ބެހޭ ގޮތުން ވެސް އެއްބަސްވެވޭ ކަމަށާއި އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފެހުރިހި

    ވެލާނާގެ އިބުރާހިމް ދީދީހެން ލަންކާގަ ހުންނަވާ.. ރާއްޖެއައް ދެން ރަގަޅުވާނީ މައުމޫން ސިޔާސީ ކަންކަމުން ދުރައްގޮސް ލަންކާގަ އުޅޭ ދިވެހި ކުދިންނައް ގުރުއާން ޓީޗަރަކައް ވެގެން ހުރިއްޔާ..

    14
  2. މނ

    ވާނެ6އެތި ވެނިމުނީ. އުޅެން ނޭގުނީމަ ވާގޮތް ތިފެންނަނީ. އެދުމައިގެން ފޯވެފަ.

    13
  3. އަޙްމަދް

    މައުމޫނަށް ލިބުނު ބޮޑު ނާކާމިއާބީއަކީ الله އަހަރުމެން ނަށް ލެއްވި ރަޙްމަތެކެވެ.
    الحمدالله:

    13
  4. ޒަމީލާ

    މިކަލޭގެޔަށް ހުންނާނީ މިހާރު ރާކަނިމަސް ކެވިފަ!

    15
  5. ސައިބޯނި

    އެމްއާެރުއެމް ހެދީ ލައްކަމޮޅެއްވަނެކަމަށްތަ ބެއްޔާ. އަނެއްކާ ޕީޕީއެމް ހޯދަން. މިފަހަރު ޕީޕީއެމް ބެއްޔާ ނަގާފިއްޔާ އެންމެން ބަދަލުވާނީ ޕީއެންސީއަށް. ތީ ތާއިދުއޮތް މީހެއްނޫން

    16
  6. އަހޫ

    ޔާމީނު ރިޔާސީ އިންތިހާބުން ބަލިވީންސުރެ ޗުއްޓީގަ. އަމިއްލަ ޕާޓީގަނޑު ކުދިންނަށް ކެންޕޭން ކޮށްލަން ދާން ނުކެރުން. މައު ވިއްޔާ އެވަރުވެސް ކުރިތާ. ހުވާ އަހަރުންނަށް މިހާ ދަށްކޮށް މިދަނީ މި ޔާމީނު ސޮޑުކަމުން :/

    1
    7
  7. އަލީ

    އިރު އިރު ކޮޅާ ރައީސް ސާލިހާ މިބައްދަލް ކުރަނީ ކޮންކަމަކުތަ މީހުންނަށް ހީވާނެ މީނާ ބުނާ ގޮތަށޭ ގައުމު ހިންގަނީ ... ޔާމިން އިރުގައިވެސް މި މައްސަލަ ބޮޑުވި އަބަދު ބައްދަލް ކުރަން ކިޔަނީ ބައްދަލު ކުރާ ކޮންމެ ފަހަރަކު ސީނާ ޒާހިރަށް ރާޝިދާ ޔޫސުފަށް ބަޮޑު މަގާމެއް ދޭން ބުނާނީ ދެންވެސް ކުރިގެ ބާ މީހުންނަށް ...ދެން އެދުނީ ކެބިނެޓާ ހަފްތާއެކު އެއްފަހަރު ބައްދަލް ކުރަން ތިމަންނަ ވެރި ކަމުގައި ބައްދަލް ކުރަމޭ ކެބިނެޓް ނުބާއްވަނީ އޭ މިކަހަލަ ވާހަކަތައް މިހާރު ކެބެނެޓް އަބަދު ބާއްވާތޯ.. ދެން އެދުނީ ރައީސް އޮފީހުގައި މީނާ އަށް ޚާއްސަ ކޮޓަރިއެއް ހަދަން އަދި ރާއީސް ގެ އެޑްވައިޒަރަކަށް ވާން .... އެކަން ނުވީމާ ރުޅި ގަދަވި ...މިހާރު ރައީސް ސޯލިހަށް ވެސް އެދުއްޕާން އެޖެހެނީ ޔަމިންހާ ހަރުކަށިކަން އަދި ނުދައްކަނީ ... މިހާރު ލީޑަރގެ ބައްދަލް ވުންވެސް ތޮޅި އަށް ދިޔައީން ނޫންތޯ .....