ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން މިއަދު ސިފައިންގެ ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިއުމާއި އެކު 2012 ވަނަ އަހަރު އެމްޑީޕީ މެންބަރުން ސިފައިންގެ ޝަރަފްގެ ހިނގާލުމަށް ހުރަސް އެޅި ހަނދާންތައް ގިނަ ބަޔަކު މީސް މީޑިއާގައި ހިއްސާ ކުރަމުން އެބަގެންދެއެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން 2012 ވަނަ އަހަރުގެ އޭޕްރިލް 21 ގައި މާލޭގައި ބޭއްވި ޝަރަފްގެ ހިނގާލުމަށް އެމްޑީޕީ އާއްމު މެންބަރުން ހުރަސް އަޅާ ޝަރަފްގެ ހިނގާލުމުގައި ބައިވެރިވަމުން ދިޔަ ސިފައިންނާއި ވަރަށް ހަޑިހުތުރު ބަހުން މުހާތަބު ކޮށްފައިވެއެވެ.

އަދި ބައެއް ސިފައިންނަށް ހަމަލާ ދޭން ވެސް އެދުވަހު އެމްޑީޕީ މެންބަރުން މަސައްކަތް ކުރިއެވެ.

ނަމަވެސް ސިފައިން ވަނީ އެދުވަހު ވެސް ރޭވިފައި އޮތް ގޮތައް ސިފައިންގެ ޝަރަފްގެ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީ މެންބަރުން 2012 ވަނަ އަހަރު ސިފައިންގެ ޝަރަފްގެ ހިނގާލުމަށް ހުރަސް އެޅީ 2012 ފެބްރުއަރީ 07 ވަނަ ދުވަހު އޭރުގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ބަޣާވާތް ކޮށްގެން ކަމަށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު ނަޝީދު ވިދާޅުވުމުންނެވެ.

ސިފައިންގެ އިތުރުން އެދުވަސްވަރު ފުލުހުންނަށް ވެސް އެމްޑީޕީ މެންބަރުން ހުރަސް އަޅާ، ވަކިވަކި ފުލުހުންނާއި، ފުލުހުންގެ އާއިލާތަކުގެ މެންބަރުންނަށް ހަމަލާ ވެސް ދީފައިވެއެވެ.

މިއަދު އޭގެ ހަތް އަހަރު ފަހުން މާލޭގައި ސިފައިންގެ ހިނގާލުން ކުރިއަށް ގެންދިޔަ އިރު ފެނުނު މަންޒަރުތަކާއި އެކު އޭރުގެ ހަނދާންތައް މީސް މީޑިއާގައި ހިއްސާކުރަމުންދާ ފަރާތްތަކުގެ ތެރޭގައި އޭރު ސިފައިންގެ އާއި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކެޔޮޅު

    އެމްޑީޕީ ގިނަ މެމްބަރުންގެ ކިބައިން ފެންނަނީ ޖަންގަލީގެ އުސޫލުތަކާ އަހުލާގު ދުރޫސުލްއަހުލާގުގެ ކަންފުޅެއްވެސް ނެތްދޯ؟؟

    124
    7
  2. ޏަމް

    އެމްޑީޕީގެ މީހުންނަކީ ހަޔާތްކުޑަ ޖަންގަލީ އެސޫލަށް ތަބާވާ ނާތަހުޒީބު ލާދީނީ ބައެއް .

    35
    4
  3. ލައިލާ

    ލަދެއް ހަޔާތެއްނެތިގެން އުޅޭ މީހުން ދޯ މިއީ

    51
    6
  4. އެމްޑީޕީ މީހާ

    އެމްޑީޕީ އަކީ ދިވެހި ރައްޔިތުން އެ ޕާރޓީ އަކަށްޓަކައި ފަޙްރުވެރިވާ ޕާރޓީއެއް. މި ރައްޖޭގައި އޮތް ޙުދުމުހުތާރު ވެރިކަމެއް ނިންމާ، ސަރުކާރުން ކުރަމުން އާ ކަންކަމަށް ރައްޔިތުމީހާ އަށް ވެސް ބަސް ބުނެވޭނެ ގޮތް ހެދި ޕާރޓީ. ގ. ކެނެރީގެ މުޙައްމަދު ނަޝީދު އަކީ ދިވެހި ބަޠޮލެއް

    20
    74
  5. ސަލާމަތެއްނެތް

    މީ އެމްޑީޕީ މީހުންގެ ފެންވަރު...

    53
    8
  6. ބަރުގޮނު

    މިވެސް ޙަޤީޤަތް. ރަޢިއްޔަތުން ލޮލުން ދެކި އަތުން ހިފާފައި ހުރި ކަންތައްތައް. ރާއްޖޭގައި ޒަމާނުއްސުރެ އޮތް ރީތި އިޖްތިމާޢީ އަޚްލާޤާ ސުލޫކު ނެއްތާލީ ހަމަ އެމް.ޑީ.ޕީ. މަޖްލިސް ތަޅުމުގައި ޤާނޫނު އަސާސީ ފައިދަށުލާ ކޮޅަށް އަރާފައި މިއަދު މިނިސްޓަރުކަން ކުރަން މާރިޔާމެން ލަދު ނުގަނޭ. މަޖްލިސްތެރޭ ކުނިވަށިގަޑު ބޮލުގައި އަޅާގެން ނަށާ މަޖުލިސް ގެ ޢިއްޒަތާ ހައިބަތު ހަމަ ގަސްތުގައި ވައްޓާލީ އެމް.ޑީ.ޕީ. މިއަދުގެ ޓްއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ބޮޑު ވެލައެއް ގޮޑުދޮށަށް އަރާހެން މަޖްލިސް ގެ މޭޒުތަކު މައްޗަށް އަރާ ގެއްލުންދިން . މިމީސްމީހުން ތެދުވެރިކަމެއް ހުރިނަމަ މިނސްޓަރުކަމާ ޙަވާލުވުމުގެ ކުރިން ރަޢިއްޔަތުން ކިބައިން މަޢާފަށް އެދުނީސް.

    57
    5
  7. އަލީ

    މިގައުމު ހަމަމަގަށް އެޅޭނީ ލާދީނީ ގަންޖާ ބޯ މިފަސްގަނޑުން ބޭރުކޮށްގެން.

    34
    3
  8. ލަދު

    އެމް.ސީ ހަމީދު އިންޓެލިޖެންސް އިން ބޭރު ކުރުމުގައި އަޙްމަދު ޔައުޤޫބް އަކީ އެކަކު. އަދިވެސް އޭނާ ހުރީ އިންޓެލިޖެންސްގައި. އޭނާއަށް ހީވާ ކަހަލަ އޭނާގެ އަމިއްލަތަނެކޭ.
    އަދި އޭނާގެ އާއިލާ މީހުންވެސް އެތަނުގެ ޑިޕާޓްމަންޓް ތަކަށް ވައްދާލައިގެން އުޅެނީ.
    ސީ.ޕީ ވާނެ މިކަންތައް ބަލަން.

    6
    17
    • Anonymous

      އާނ. ސީޕީ އާއިލާގެ ތަރިކަ މުދާ ފުލުހުންގެ އިދާރާއަކީ. އެނޫން ބަޔަކު ނުވަންނާތި ފުލުސް އޮފީހަށް

  9. ޙަމޮދީ

    އެމްޑީޕީ ސަޕޯޓަރުންނަކީ ހަޔާތްކުޑަ ގޮތް ކުޑަ ލަދެއްހަޔާތެއް ނުބަލާ ވަރައް ގޮތްކުޑަ ބައެއް މިހާރު ކީތްކުރަންތަ ދަރިންފަތި ގޮވައިގެން ގޮސް ބޭންބަލަން ތިބެނީ ވެރިކަންލިބުނީމަ، މިބަލާވެރިކަމުން ސަލާމަތްވާނީ ކޮންދުވަހަކުން ބާއޭ ހިތައްއަރާ